ކ. ގުޅީގެ ބިން ހިއްކުމުގެ ތެރެއިން -- ފޮޓޯ: އެމްޓީސީސީ
ހަބަރު
06 Oct 2025 | 12:45
ގުޅީ ބިން ހިއްކުން މަޝްރޫއުގެ 88 އިންސައްތަ މަސައްކަތް ނިންމައިފި

ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 88 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެެވެ. 

އެމްޓީސީސީން ބުނީ ގުޅީގެ އެ މަޝްރޫއުގެ ތެރެއިން ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ 94 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މުޅި މަސައްކަތުގެ ޖުމްލަ 88 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށުން 10.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އެ ބިމުގައި 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުން ކުރިއަށްދާނެއެވެ.

ގުޅީ ބިންހިއްކުމުގެ ތެރެއިން.. ފޮޓޯ: އެމްޓީސީސީ

އަދި 88 މީޓަރުގެ ގޮރޮއިން ޖެހުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

89.63 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ފަށައިފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މި މަޝްރޫއާއެކު 814 މީހުންގެ އާބާދީއެއް އޮންނަ ގުޅީގެ ބިން ދެގުނަ ބޮޑުވާނެއެވެ. ފަތުރުވެރިކަން ކުރިއަރަމުން އަންނަ އެ ރަށުގައި މި ވަގުތު ވެސް 15 ވަރަކަށް ގެސްޓްހައުސް ހިންގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.