އެއާޕޯޓުގައި ޓެކްސީތަކެއް ޕާކުކޮށްފައި -- ވޮއިސް ފޮޓޯ
ހަބަރު
06 Oct 2025 | 12:57
ސަރުކާރު ޓެކްސީގެ ބްރޭންޑިންގެ ހޯދައިދޭނެ ބަޔަކު ހޯދަނީ

ސަރުކާރުން ފެށުމަށް ނިންމައިފައިވާ މާލެ ޓެކްސީގެ ބްރޭންޑިންގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާ ވެސް  އިއުލާންކޮށްފިއެވެ.

މާލެ ޓެކްސީގެ ޚިދުމަތް ދިނުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށެވެ. އެގޮތުން އެމްޓީސީސީން މިއަދު ވަނީ ދެވަނަ ފަހަރަށް އެ ކުންފުނީގެ ބްރޭންޑިން ހަދައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފައެވެ.

އެގޮތުން އެ އިއުލާނުގައި އެމްޓީސީސީން ބުނީ، އެ ބްރންޑިން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިމަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހުނު މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް އެއް ވެސް ފަރާތަކުން ހާޒިރުވެފައި ނުވާ ކަމަށެވެ.

ސަރުކާރުން ޓެކްސީ ލައިނެއްގެ ޚިދުމަތްދޭން ނިންމީ މާލެ ސަރަޙައްދުގައި ޢާންމުން އޮޕަރޭޓްކުރާ ޓެކްސީތަކާއި އެ ޓެކްސީތައް ދުއްވާ ފަރާތްތަކުގެ ސަބަބުން ގިނަ ކަންބޮޑުވުންތަކެއް ޢާންމުން ފާޅުކުރުމާއި ގުޅިގެންނެވެ. އެގޮތުން މާލެ ތެރޭގެ ދަތުރުތައް ޓެކްސީތަކުން ނުނެގުމާއި އަދި ދަތުރުތަކުން ނަގަންޖެހޭ އަގަށް ވުރެ ބޮޑު އަގެއް ނެގުން ފަދަ ގިނަ ކަންކަން އަބަދު ވެސް ހިނގައެވެ. 

އެކަމަށް ޙައްލެއް ހޯދުމަށް ސަރުކާރުން ޓެކްސީ ލައިނެއް އެމްޓީސީސީއާއި ހަވާލުކޮށްގެން ތަަޢާރަފްކުރަން ނިންމި ނިންމުމާއެކު ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި މި އަހަރު ޚިދުމަތް ފަށާނީ މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. ދެވަނަ ފިޔަވަހީގައި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގައި 2026 އަދި 2027 ވަނަ އަހަރު ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2028 އަދި 2029 ވަނަ އަހަރު ރަސްމާލެ، ގިރާވަރު، އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުށީގައި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވެއެވެ.

މި ޓެކްސީ ތަކުގެ ސްޕީޑް މޮނީޓާ ކުރެވޭއިރު، ސީސީޓީވީ އަދި ޑޭޝްކެމް ހަރުކޮށްފައި ހުންނާނެއެވެ. ދަތުރަށް ހޭދަވި ވަގުތާއި އެހެނިހެން ކަންކަމަށް ހޭދަވި ވަގުތު ވެސް މޮނީޓާ ކުރެވޭނެއެވެ. މި ޓެކްސީ ތަކުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެއެވެ.

މި ޚިދުމަތް ފަރުމާ ކޮށްފައި ވަނީ ގެއްލުން ނުވާނެ، ދެމެހެއްޓެނިވި ނިޒާމެއް ގޮތަށް ކަމަށާއި، މަހުން މަހަށް ނުވަތަ އަހަރުން އަހަރަށް ވިޔަސް ދައުލަތުގެ ބަޖެޓުން ސަބްސިޑީއެއް ދޭން ނުޖެހި ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ކުރިއަށް ގެންދެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.