ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުالله --
ހަބަރު
06 Oct 2025 | 15:06
މަހާޒް ޓެކްސް ޓްރިބިއުނަލަށް: އަބްދުއްރަހީމް ވިދާޅުވީ އިއްޔެ ކަމުނުދިޔަސް މާދަން ކަމުހިނގައިދާނެ ކަމަށް

ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމުން މި ސަރުކާރުގައި ވަކިކުރެއްވި މަހާޒް އަލީ ޒާހިރު، ޓެކްސް އެޕީލް ޓްރިބިއުނަލަށް އައްޔަނުކުރެއްވުމަށް ފޮނުވުމަކީ ދުނިޔޭގެ އާދަކަމަށް ސިފަކުރައްވައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުالله އެކަން ދިފާއުކުރައްވައިފިއެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވީ މިއަދުގެ މަޖިލީހުގައި ސަރުކާރު ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހުށަހެޅުއްވި ރީއެމްޕްލޯއިމެންޓް ބިލަށް ބަހުސްކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވި ވާހަކަފުޅަށް ރައްދުދެއްވަމުންނެވެ.

އެގޮތުން ސުޕްރީމު ކޯޓުން މަހާޒް ވަކިކުރެއްވި މަހާޒްއަކީ ވެރިކަންކުރާ ޕީއެންސީގެ މެންބަރުންގެ ގާތުގައި "ކޮރަޕްޓް، ނަޒާހަތްތެރިކަމެއް އަދި އޮއްޓަރެއް ވެސް ނެތް" ފަނޑިޔާރެއް ކަމަށާއި، އެފަދަ ބޭފުޅަކު ޓެކްސް އެޕީލް ޓްރިބިއުނަލަށް ރައީސް ފޮނުއްވައިފައިވާ ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.

އަދި އެކަމުގެ ޙަޤީގަތާއި މެދު ސުވާލު އުފެދޭ ކަމަށް ވެސް މެންބަރު މީކާއިލް ވިދާޅުވިއެވެ.

މިއަދު މި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަޅުގަނޑުމެންނަށް އިވިގެން މި ދިޔައީ، އިއްޒަތްތެރި ރައީސް، ދިވެހިރާއްޖޭގެ ޓެކުހުގެ ކަންކަން ބެލުމަށް ދިވެހި ރައްޔިތުންގެ ޓެކުހުގެ ކަންކަމުގައި ގޮތް ނިންމުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކުގެ ތެރެއިން އެންމެ އިސްކަން ދެއްވާފައިވާ ނަމަކީ އެއްކަލަ ޕީއެންސީގެ މެންބަރުންނަށް ދާދިފަހުން ކޮރަޕްޓްވި ނަޒާހާތްތެރިކަމެއް ނެތް، އެއްވެސް ކަހަލަ އޮށްޓަރެއް ނެތް، އެފަދަ ފަނޑިޔާރެއްގެ ނަންފުޅު މިހާރު މި ރައްޔިތުންގެ މަޖިލީހަށް މިވަނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފައި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް 

މެންބަރު އެފަދައިން ވިދާޅުވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވަނީ އެކަމަށް ޖަވާބުދެއްވާފައެވެ.

އެގޮތުން ދުނިޔެ ހިނގާއިރު އެކި ދުވަހު އެކި ގޮތަށް ކަންކަން ހިނގުމަކީ ފިތުރަތުގެ އުސޫލު ކަމަށާއި މި އުސޫލުން، އެއް ދުވަހު ކަމުދާ ލީޑަރަކު އަނެއް ދުވަހު ކަމުނުގޮސް ވެސް ހިނގައިދާނެ ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.

"އެއް ދުވަހު ކަމުދާ ލީޑަރު އަނެއް ދުވަހު ކަމުނުގޮސް ހިނގައިދާނެ، އެއް ދުވަހު އިތުބާރުނުކުރެވޭ ވެރިއަކު އަނެއް ދުވަހު ފެނުނީމަ އިތުބާރު ކުރެވިދާނެ، އެއް ދުވަހަކު އެ ލީޑަރަކާ ނުލާ ދުނިޔޭގަ އުޅެވެން ނޯންނަ ލީޑަރު އަނެއް ދުވަހު އެ ލީޑަރަކާ އެކީ ދުނިޔޭގަ ނޫޅެވޭ ހިސާބަށްވެސް ދާނެ

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުالله

ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމުން މަހާޒްއާއި އެކު ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރައްވާފައިވަނީ ހުސްވި މޭއި މަހުގެ ތެރޭގައެވެ. އެ ފަނޑިޔާރުން ވަކިކުރެއްވިއިރު، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން އޭރު ސުޕްރީމު ކޯޓަށް ވަނީ ހުށަހަޅާަފައެވެ.

އެކަމުގެ ތެރެއިން އޭރުގެ ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމުން ހުސްނުއް ސުޢޫދު ވެސް ވަނީ އިސްތިއުފާދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.