އެޑިއުކޭޝަން މިނިސްޓަރު ޝަފީއު
ހަބަރު
06 Oct 2025 | 15:15
ހުޅުމާލެ ފޭސް ދޭކުން މާލެއަށް 900 އެއްހާ ކުދިން ކިޔަވަން ދަތުުރުކުރޭ: މިނިސްޓަރު

ހުޅުމާލޭގެ ދެވަނަ ފޭސްއިން އެކަނިވެސް މާލެއަށް 900 އެއްހާ ކުދިން ކިޔަވަންދާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މިނިސްަރު ވިދާޅުވީ، ހުޅުމާލޭ ފޭސް ދޭއްގެ ސްކޫލްތަކުން ޖާގަ ނުލިބިގެން އެ ސަރަހައްދުން އެކަނިވެސް 900 އެއްހާކުދިން މާލޭގެ ސްކޫލްތަކަށް ކިޔަވަން އަންނަކަމަށެވެ. އަތްވާ އަދި ވާރޭ ވެހުނު ނަމަވެސް ސްކޫލަށް ދާންޖެހޭ ދުވަސްތަކުގައި ހުޅުމާލެ ފޭސް ދޭކުން މާލެއަށް ގިނަ ދަރިވަރުން ސައިކަލްގައި އަންނަކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލެ ފޭސް ދޭއްގައި މިހާރު އިމާރާތްކުރަމުންދާ ޝަހީދު އަލީ ސްކޫލް ނިމުމާއެކު އަންނަ އަހަރު އެ ހުރިހާ ކުދިންނަށް ޖާގަ ކަށަވަރުވެގެން ދާނޭކަމަށެވެ. ފޭސް ދޭއްގެ ޓަވަރު 16 އަދި 15 ކައިރީ އިމާރާތްކުރަމުންދާ އެ ސްކޫލް ނިންމައި ހުޅުވުމަށް ތައްޔާރުވަމުންދަނީ އަންނަ ޖެނުއަރީމަހުއެވެ. 

ފޭސް ދޭއްގައި އިމާރާތްކުރަމުންދާ ޝަހީދު އަލީ ސްކޫލް.. ފޮޓޯ: ވޮއިސް

މިނިސްޓަރު ވިދާޅުވީ ސްކޫލްގެ ހުރިހާ މަސައްކަތެއް ނިންމައި އަންނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި އެ ސްކޫލުގައި ކުދިން ކިޔަވަން ފަށާނޭކަމަށެވެ.

ސްކޫލް މަސައްކަތުގެ ޕްރޮގްރެސް ވަރަށް ރަނގަޅަށް ދަނީ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ކޮންމެ ހަފްތާއަކު ސްކޫލްގެ މަސައްކަތް ކުރިއަށްދާގޮތް ވަރަށް ރަނގަޅަށް ބަލަމުންދަނީ

މިނިސްޓަރު ވިދާޅުވިއެވެ

މިނިސްޓަރު ވިދާޅުވީ ސްކޫލްގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީހަށް މަސައްކަތް ނިންމާލެވޭނޭކަމަށް ކޮންޓްރެކްޓަރުގެ ފަރާތުން ޔަގީންކަންދީފައިވާކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޝަހީދު އަލީ ސްކޫލަށް ބަދަލުވާން ބޭނުންވާ ދަރިވަރުންނަށް މިދިޔަ މަހު އެ ފުރުސަތު ހުޅުވާލާފައެވެ. މިކަމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ޝަހީދު އަލީ ސްކޫލަށް ވަނުމަށް އެދި ވަރަށް ބޮޑު ޑިމާންޑެއް އެބައޮތްކަމަށާއި، ފޭސް ދޭކުން އެ ސްކޫލަށް ވަނުމަށް ބޭނުންވާ ހުރިހާ ކުދިންނަށް ޖާގަ ލިބޭނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.