ރައީސް އދ. ފެންފުއްޓަށް ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
06 Oct 2025 | 18:46
ރައީސް މުޢިއްޒު ފަދަ އިހްލާސްތެރި ވެރިއަކު ނުދެކެން: ގާސިމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަދަ އިހްލާސްތެރި ވެރިއަކު އަދި ދެކެވަޑައިނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ, ފެންފުށީ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފެންފުއްޓަކީ ގާސިމް ތަމްސީލު ކުރައްވާ މާމިގިލީ ދާއިރާގައި ހިމެނޭ ރަށެކެވެ. މި ޖަލްސާގައި ގާސިމް ވާހަކަފުޅު ދެއްކެވީ ދާއިރާ ތަމްސީލު ކުރައްވާ މެންބަރުންގެ ހައިސިއްޔަތުންނެވެ.

ރައީސް މުޢިއްޒާއެކު ހުންނެވި ގާސިމް ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. ގާސިމް ވިދާޅުވީ, ގައުމުގެ ކުރިއެރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރެއްވެވި ކަމަށެވެ. އަދި ރާއްޖެ މިއަދު މިދެކޭ ތަރައްގީގެ ފެށުން އައުމުގައި ވެސް ވަރަށް ބުރަ އުފުއްލެވި ކަަމަށެވެ.

ފެންފުށީ އޮތް ޖަލްސާގައި ރައީސް އަރިހު ގާސިމް ބައިވެރިވެވަޑައިގަންނަވަނީ --

ގާސިމް އެ އިޝާރާތް ކުރައްވާ އިސްލާހީ މަސައްކަތުގައި އެމަނިކުފާނު އަދާކުރެއްވި ދައުރާއި މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނު އަސާސީ އެކުލަވާލި މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ކުރެއްވެވި މަސައްކަތްޕުޅަށް ކަަމަށް ބެލެވެ އެވެ.

ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަދަ އިހްލާސްތެރި ވެރިއަކު އަދި ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އެއީ ޚުޝާމަދު ކުރެއްވުމުގެ ގޮތުން ވިދާޅުވާ ވާހަކަފުޅެއް ނޫން ކަމަށެވެ.

"އަޅުގަނޑު ހަމަ ގައިމުވެސް ހެކިވަން ރާއްޖޭގެ ދޮށީ މީހެއްގެ ހައިސިއްޔަތުން -- ގިނަ ކަންތައްތަކެއް ދުށް މީހެއްގެ ހައިސިއްޔަތުން އަދި އަމަލީ ގޮތުން ގިނަ ކަންތައްތަކެއް ކުރި އަދި ކުރަމުންދާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާލަން އޮތީ 2008 ވަނަ އަހަރުގެ ފެށިގެން މިހާތަނަށް އަޅުގަނޑު ނުދެކެެން މަނިކުފާނު [ރައީސް މުޢިއްޒު] މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އެ ހިތްވަރާ އަޒުމާ އެކީގައި ކުރިއަށް, އިޚްލާސްތެރި ނިޔަތެއް އޮވެގެން މަސައްކަތް ކުރައްވާ އެއްވެސް ވެރިއަކު އަޅުގަނޑު ނުދެކެން," ގާސިމް ވިދާޅުވި އެވެ.

ފެންފުށީ އޮތް ޖަލްސާގައި ރައީސް އަރިހު ގާސިމް ބައިވެރިވެވަޑައިގަންނަވަނީ --

ދެހާސް އައްވަނަ އަހަރުން ފެށިގެން މިހާތަނަށް އުފެދުނު ގިނަ ސަރުކާރުތަކުގައި ގާސިމްގެ ބައިވެރިވުން އޮތެވެ. ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދައުރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އެވެ. 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ ގާސިމްގެ ތާއީދާ އެކު އެވެ. އެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުޑަ ދުވަސްކޮޅަކަށް ކުރެއްވި އެވެ.

ރައީސް ނަޝީދުގެ ވެރިކަން ދައުރުގެ މެދުތެރެއިން ބަދަލުވެ ރައީސް ވަހީދުގެ ވެރިކަމުގައި ވެސް ގާސިމްގެ ތާއީދު އެ ސަރުކާރަށް އޮތެވެ. އަދި 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީވެސް ގާސިމްގެ ތާއީދާ އެކު އެވެ. އޭގެ ފަހުން 2018 ވަނަ ރަައީސް ސޯލިހް ވެރިކަމަށް ވަޑައިގަތީވެސް ގާސިމްގެ އެހީތެރިކަން އޮވެގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.