މިރޭގެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަފުޅު ދައްކަވަނީ --
ހަބަރު
07 Oct 2025 | 01:16
މުޢިއްޒުފަދަ އިޚްލާސްތެރި، ތާހިރުކޮށް ވެރިކަން ކުރައްވާ ބޭފުޅަކު އަދި ނުދެކެން: ގާސިމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަދައިން އިހްލާސްތެރިކަމާއެކު އަދި ތާހިރުކޮށް ވެރިކަން ކުރައްވާ ބޭފުޅަކު 2008 ވަނަ އަހަރުގެ ފަހުން ގައުމު ދެކެފައިނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނު ނިސްބަތްވާ މާމިގިލީގައި މިރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަށުގެ ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ގާސިމް ވިދާޅުވީ ރައީސް މުޢިއްޒު ފަދައިން އިހްލާސްތެރިކަމާއެކު ވެރިކަން ކުރައްވާ ދެވަަނަ ރައީސަކު އަދި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އެ ވާހަކަ ވިދާޅުވަނީ ހުޝާމަދު ކުރެއްވުމަށް ނޫން ކަމަށާ އަދި ރައީސްގެ ޕާޓީ ބޭފުޅަކަށް ވެގެން ނޫން ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާސިމް ވިދާޅުވާ ވާހަކަ އަކީ "ތެދުކަން" ހަގީގަތް ގަބޫލުކުރާ ކޮންމެ ރައްޔިތަކުވެސް ގަބޫލުކުރާނެ ކަމަށެވެ.

"މިހާތަނަށް އަޅުގަނޑު ނުދެކެމޭ 2008 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި އެއްވެސް ބޭފުޅަކު ތިހާ އިޚްލާސްތެރިކޮށް -- ޑރ. މުހައްމަދު މުޢިއްޒުއަށް ވުރެ އިޚްލާސްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު މިހާތަނަށް އަދާކުރައްވާ ބޭފުޅެއް އަޅުގަނޑު ނުދެކޭ," ގާސިމް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަފުޅު ދައްކަވަނީ --

މިރޭގެ ޖަލްސާގައި ގާސިމް ވަނީ އެހެން ރައީސުންނާއި ރައީސް މުޢިއްޒުގެ ތަފާތުތައް ވިދާޅުވެ ދެއްވާފަ އެވެ. ވިދާޅުވީ ރައީސް މުއިއްޒު, އެއްވެސް ބޭފުޅަކަށް ކުޑައިމީސްކޮށް އެއްޗެއް ވިދާޅުވާ އަޑު ނާއްސަވާ ކަމަށެވެ. އަދި ސިޔާސީ ލީޑަރުން ދަމާ ކޫއްތާފައި ގެންގޮސް ޖަލަށް ނުލައްވާ ކަމަށެވެ.

ނަމަވެސް ނިމިގެންދިޔަ ތިން ވެރިކަމުގައި ސުޕްރީމް ކޯޓްގައި ތަޅު އަޅުވާ ފަނޑިޔާރުން ހައްޔަރު ކުރި މަންޒަރުފެނުނު ކަމަށް ވިދާޅުވި އެވެ. މިދިޔަ ވެރިކަންތަކުގައި އެތައް ފަނޑިޔާރަކު ވަކި ކުރެއްވި ކަަމަށާ އެއް ވެރިކަމުގައި ކްރިމިނަލް ކޯޓްގެ އޭރުގެ އިސް ގާޒީ ނިޒާމުން ވެސް ގެއްލުވާލި ކަމަށެވެ.

ގާސިމް ވިދާޅުވީ ތިން ސަރުކާރުން ކަންކުރި ގޮތް ބެލުމުން ހަގީގަތް ފެންނާނެ ކަމަށެވެ.

"މަނިކުފާނަށް ވުރެ [ރައީސް ޑރ. މުހައްމަދު މުޢިއްޒު] އަށް ވުރެ ތާހިރުކޮށް ވެރިކަން ކުރައްވާ އެއްވެސް ވެރިއަކު އަދި މިހާތަނަކަށް މި 2008 ގެ ފަހުން ނާދޭ," ރައީސް މުޢިއްޒަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ގާސިމް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.