މިރޭގެ ޖަލްސާގައި މާމިގިލީގެ ރައްޔިތުން ބައިވެރިވަނީ --
ހަބަރު
07 Oct 2025 | 01:45
މާމިގިއްޔަށް ހޮސްޕިޓަލާއި އައިޔޫއެމްގެ ކެމްޕަހަކާއި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް

އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގައި އދ. މާމިގިއްޔަކީ ލާމަސީލު ކާމީޔާބީއެއް ހޯދާފައިވާ، އަދި އެރޮނގުން ކުރިއަށްދިއުމުގެ ޝައުގުވެރިކަން އޮތް ރަށެއްކަން ފާހަގަކުރައްވާ އެ ރަށުގައި ގިނަ މަޝްރޫއުތަކެއް ހިންގަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ. 

އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާމިގިއްޔަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އެ ރަށަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މި ޖަލްސާގައި ވަނީ މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން ---

ތައުލީމީ ދާއިރާގެ ކުރިއެރުމަށް ކުރައްވަމުން ގެންދަވާ އިތުރު މަޝްރޫއެއްގެ ގޮތުގައި ރަށުގެ ސްކޫލު ތަރައްގީ ކުރުމުގެ މަޝްރޫއު ފާހަގަކުރައްވައި، ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް އެ މަސައްކަތްތައް ނިމޭނެކަމުގައި ވިދާޅުވެފަ އެވެ.

ދިވެހިރާއްޖެ އުފެދިފައި އޮތް ގޮތަށް ބަލާއިރު ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ސަރުކާރުން، ދެމެހެއްޓެނިވި ތަރައްގީއަށް ހާއްސަ އިސްކަމެއް ދެއްވާކަން ތަކުރާރުކުރައްވާފައެވެ. އެގޮތުން މާމިގިލީގެ ތަރައްގީ އަށްޓަކައި ކުރައްވަމުން ގެންދަވާ، އަދި ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދަވާނެ ބައެއް މަޝްރޫއުތަކުގެ މައުލޫމާތު، އެމަނިކުފާނު ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

މިރޭގެ ޖަލްސާގައި މާމިގިލީގެ ރައްޔިތުން ބައިވެރިވަނީ --

މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން، މާމިގިލީގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމާއި، ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ރަށުގައި ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވައި، މި މަޝްރޫއުތަކަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރިއަށް ގެންދަވާނެ މަޝްރޫއު ތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ވެސް ދާދި އަވަހަށް ފަށައި، ނިންމާލެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި މާމިގިލީގެ ރައްޔިތުން ބައިވެރިވަނީ --

އަދި މިގިއްޔަކީ ތަރައްގީގެ ނާރެހެއްކަން ފާހަގަކުރައްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް، ރަށުގައި ތިބެގެން ލިބޭނެ އިންތިޒާމުތައް، މި ހިނގާ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ހަމަޖެހިގެންދާނެކަމުގެ ހަބަރުވެސް ރަށުގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އަދި ރަށުގެ ކުނި މެނޭޖުކުރުމުގެ ކަންކަން ވެމްކޯއާއި ހަވާލުކުރައްވާފައި ވާކަމަށާ، މިއަހަރުގެ ތެރޭގައި އެކަންވެސް ފެށިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން މާމިގިލީގައި ޕަބްލިކް ވާކްސް ޔުނިޓެއް ގާއިމުކުރެވި، ވަޒީފާގެ އިތުރު ފުރުސަތުތަކެއް ފަހިކުރެވިގެންދާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީ ކޮށްދެއްވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.