ޑާކްރެއިން އެންޓަޓައިންމެންޓްގެ އަލިފާން
ހަބަރު
07 Oct 2025 | 11:56
އަލިފާނުން ދައްކަނީ މުޖްތަމައުގެ އަނދިރި ފަރާތާއި އެކަން ހިނގާ ގޮތް

"މަ ފިލްމެއް ހަދާއިރު ބަލަނީ އެކަން އޮންނަ ގޮތަކަށް ގެނެސްދޭން. މުޖްތަމައު އެކަން އޮންނާނެ ކަމަށް ވިޝްކުރާ ގޮތަކަށް ނޫން ހަދަނީ"

މިއީ ރޭ އޮލިމްޕަސް ސިނެމާ ކައިރިން ހިނގި ނުވަތަ ދުއްވި ބަޔަކަށް ވެސް އެ ސަރަޙައްދުގެ ހޫނުމިން އިޙުސާސްކުރުވި އަލިފާނުގެ ޑައިރެކްޓަރު އަދި އެ ފިލްމުގެ މެއިން ކާސްޓް، ރަވީ ފާރޫގްގެ ގާތުން، ފިލްމުގެ ބަހުރުވައާއި ގުޅޭ ގޮތުން ސުވާލުކުރުމުން އެންމެ ފުރަތަމަ ވެސް ދިން ޖަވާބެވެ. ހަމަ ޔަގީނުން ވެސް، ރަވީ ބުނި ގޮތަށް ފިލްމުން ދައްކުވައިދިނީ މުޖްތަމައުގެ އަނދިރި ފަރާތުގައި އެކަން ހިނގާ ގޮތެވެ. އެމީހުންގެ ބަހުރުވައެވެ. އެމީހުންގެ ލާއިންސާނީ އަމަލުތަކެވެ.

ގާތްގަޑަކަށް ދޮޅު ގަޑިއިރުގެ އެ ފިލްމުން ދިނީ އެތައް މެސެޖެކެވެ. ނުބެހޭ ކަންކަމާއި ނުބެހުމެވެ. އެހެން ނަމަވެސް ގޯސްކޮށް ކަމެއް ހިނގާއިރު، އެކަމަކާ ނުބެހި ހުރުމަކީ އެއަށް ވުރެ ބޮޑު ގޯސްކަމެއް ކަމެވެ. ހާލަތެއްގައި ތާށިވެފައި ހުރި މީހަކަށް ވެސް ބޭނުންވަނީ އެހީތެރިކަމުގެ އަތެއް ކަމެވެ. ސިޔާސީ ނުފޫޒާއި، އެމީހުންގެ އާރާއި ބާރު ބޭނުންކޮށް ހިންގާ އެކިއެކި ޖަރީމާތަކެވެ. މުޖްތަމައުއެއްގެ ހައިސިއްޔަތުން އަހަރުމެން ދައްކަންޖެހޭ އެހެން ނަމަވެސް ނުދައްކައި ދޫކޮށްލާފައި ހުރި ވާހަކަތަކެވެ. އަލިފާނުގެ ގިނިން މީހާ ފިހުމުގެ ކުރިން ދުރުވާންޖެހޭ ވާހަކައެވެ. ހަމަ މި މުޖްތަމައުގައި ވެސް ހިނގާ ނޭދެވޭ އެތައް ކަންކަމުގެ ވާހަކައެވެ.

އަލިފާނުގެ މަންޒަރުތަކެއް..

އެ ފިލްމުގެ އެއް ޑައިރެކްޓަރުގެ ޙައިސިއްޔަތުން ރަވީ ޢާންމުންނަށް ދޭން ބޭނުންވީ ވަރަށް ސާފު މެސެޖެކެވެ. މުޖްތަމައުގައި ހިނގާ ނޭދެވޭ ކަންކަމުގެ ވާހަކަ ގެނެވޭނީ އެމީހުންގެ ސްޓައިލަށެވެ. އެމީހުންގެ ބަހުރުވައަށެވެ. ހަމަ އެގޮތަށް، މި މުޖްތަމައުގައި ރަނގަޅަށް އުޅޭ މީހުންގެ ވާހަކަ ވެސް ގެނެވޭނީ އެމީހުންގެ ސްޓައިލަށެވެ. އެމީހުންގެ ބަހުރުވަ ރީތިވާނެއެވެ. އެ ފިލްމުން ވެސް ފެންނަނީ އެމަންޒަރެވެ.

"މީގެން މިި ފެންނަނީ ރިއެލްޓީއޭ. ބަހުރުވަ ވެސް ކުރިން ބުނިހެން ނުބައި މީހުންނޭ ނުބައި އެއްޗެހި ކިޔާނީ ވެސް. ރަނގަޅު މީހަކު ނުބައި އެއްޗެއް ނުކިޔާނެ. ރަނގަޅު މީހުން ރަނގަޅު އެއްޗެހި ވެސް ކިޔާނެ. ނަސޭހަތް ވެސް ދޭނެ،" ރަވީ ބުންޏެވެ.

އަލިފާނުގެ މަންޒަރެއްގައި ފްލްމްގެ މެއިން އެކްޓަރު ރަވީ

ރަވީގެ އިބްރާހީމްގެ ކެރެކްޓާއެކު މެއިން ކާސްޓުންގެ ގޮތުގައި ފާތިމަތު މައިހާގެ މަރީގެ ކެރެކްޓާ އަދި ޝަރަފް ޢަބްދުﷲގެ ރާޑޯގެ މުޅިން ތަފާތު ކެރެކްޓާއަކުން ފެންނަ މި ފިލްމުން ދައްކުވަައިދެނީ މާޒީގައި ހިނގި ކަމެއްގެ ސަބަބުން، އިބްރާހިމްގެ އެކަނިވެރި ދިރިއުޅުމެއްގެ ތެރެއިން ވެސް އެހެން މީހުންނަށް އެހީތެރިވެދޭ މަންޒަރެވެ. ކަންކަން ގޯސްކޮށް ހިނގާއިރު، މަޑުން ބަލަހައްޓައިގެން ނުހުރެވޭ އިބްރާހިމްއަށް މަރީގެ ދިރިއުޅުން ބަދަލުކޮށްލާ މަންޒަރެވެ. 

މުޅިން ތަފާތު ކާޓެލްއެއް ހިންގާ ޝީލާ ނަޖީބުގެ ފަރީގެ ކެެރެކްޓާ އާއި މުހައްމަދު ފައިސަލްގެ ކެރެކްޓާއިން ވިޔަފާރީގެ ނަމުގައި ހިންގި އެތަކެއް ޖަރީމާތަކެއްގެ ވާހަކައެވެ. އެ ވިޔަފާރިތަކާއި ބާރުގަދަ ސިޔާސީ މަޤާމުތަކުގައި ތިބި ސިޔާސީންނާއި އޮތް ގުޅުމުގެ ވާހަކައެވެ.

އަލިފާނުގެ މަންޒަރެއްގައި ފައިސަލް..

ކޮންމެއަކަސް، ޑާކް ރެއިންގެ މި އަލިފާން އާންމުންނަށް ހަމަގައިމު ވެސް ކަމު ހިނގައްޖެއެވެ. އަހްމަދު ތޮލާލް (ތޮލް)ގެ ސްކްރިޕްޓަކަށް މުޙައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުވާދުގެ މި ޕްރޮޑަކްޝަނަށް ދޭނީ ހަމަ ސަތޭކައެވެ. ޝިފާއު އާއި ރަވީގެ ޑައިރެކްޝަނަށާއި، ފިލްމުގެ ސިނެމެޓޮގްރަފީ ވެސް ސަތޭކައެވެ. މުޅި ޓީމުން މި ފިލްމަށް ކުރި މަސައްކަތް ބަލާލަން ވެސް ވަރަށް ރީއްޗެވެ. ހަމަ ގިނަ މީހުން ބުނި ގޮތަށް، މިއީ މިފަހުން ނުކުތް އެންމެ ތަފާތު، ޓެކްނިކަލީ ވެސް އެންމެ މޮޅު ފިލްމެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.