ޕިޔުޝް ގޯޔާލް... ފޮޓޯ: ދަ ވީކް
ދުނިޔެ
07 Oct 2025 | 20:14
އެފްޓާ ގައުމުތަކުން 250 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ލިބޭނެ: ޕިޔުޝް ގޯޔާލް

ޔޫރަޕިއަން ފްރީ ޓްރޭޑް އެސޯސިއޭޝަންގައި ހިމެނޭ 4 ޤައުމާއެކު ވެވުނު ވިޔަފާރީގެ އެއްބަސްވުމާއެކު، އިންޑިއާއަށް 250 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އަންނާނެކަމަށް އެގައުމުގެ ވިޔަފާރިއާއި ސިނާއަތާއި ބެހޭ ވަޒީރު ޕިޔުޝް ގޯޔާލް ވިދާޅުވެއްޖެއެވެ.

ޔޫރަޕިއަން ފްރީ ޓްރޭޑް އެސޯސިއޭޝަން (އެފްޓާ) ގައި ހިމެނެނީ ސްވިޓްޒަލެންޑް، ލިކްޓެންޝްޓައިން، ނޯވޭ އަދި އައިސްލެންޑް އެވެ. ގޯޔާލް ވިދާޅުވީ އެ 4 ޤައުމުގެ ވިޔަފާރިތަކަށް އިންޑިއާގައި ވަރަށް ގިނަ ދޮރުތައް ހުޅުވިގެންދާނެކަމަށެވެ. އިންޑިއާއާއި އެފްޓާ ގައުމުތަކާއެކު ވެވުނު އެއްބަސްވުމުގައި، އިންޓަލެކްޗުއަލް ޕްރޮޕަޓީއަށް ޚާއްސަ ސަމާލުކަމެއް ދީފައިވާއިރު، އީޔޫ އާއެކު ގާއިމްކުރުމަށް މަސައްކަތްކުރާ ވިޔަފާރީގެ އެއްބަސްވުންތަކަށްވެސް އިންޓަލެކްޗުއަލް ޕްރޮޕަރޓީއާއި ގުޅޭ މާއްދާތައް އިތުރުކުރައްވާނެކަމަށް ގޯޔާލް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެކި ޤައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކުރިއިރު، އިންޑިއާއިން އެތެރެކުރާ މުދަލުން 50 އިންސައްތަ ނެގުމަށް ނިންމެވިއެވެ. އެމެރިކާއާއި އިންޑިއާއަށް އަދި ވިޔަފާރީގެ އެއްބަސްވުމަކަށް އާދެވިފައިވާ ނުވާއިރު، އިންޑިއާއިން ގެންދަނީ އެތަން ފޫބެއްދުމަށް އެކިއެކި ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމް ކުރަމުންނެވެ. އެގޮތުން މިހާރުވެސް އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އަދި އޮސްޓްރޭލިއާ އާއެކު އިންޑިއާއިން އެފް.ޓީ.އޭ އެއްގައި ސޮއިކޮށްފައިވާއިރު، އެހެން ގައުމުތަކާއެކުވެސް މިމަޝްވަރާތައް ކުރިއަށްދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.