ޕާސްޕޯޓް/އައިޑީކާޑު ހިދުމަތް ހުރިހާ އަތޮޅެއްގައި ފެށުން -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
07 Oct 2025 | 23:15
ޕާސްޕޯޓް/އައިޑީކާޑު ހިދުމަތް ހުރިހާ އަތޮޅުން، ރިޔާސީ ވައުދު ފުއްދަވައިފި

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ފެށޭނެ ގޮތް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅު މިރޭ ފުއްދަވައިފި އެވެ.

ހުރިހާ އަތޮޅަކުން ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ދޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން އައިޑީ ކާޑާއި ޕާސްޕޯޓު ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް އެ ހިދުމަތްތައް އަތޮޅު ތެރޭގައި ފެށުމުގެ މަޝްރޫއު މިދިޔަ އަހަރުގެ ނޮވެންބަރު މަހު އިފްތިތާހު ކުރި އެވެ.

ޕާސްޕޯޓް/އައިޑީކާޑު ހިދުމަތް ހުރިހާ އަތޮޅެއްގައި ފެށުން -- ފޮޓޯ: ރައީސް އޮފީސް

އެ މަޝްރޫއުގެ ތެރޭ ހިމެނިހެން މިދިޔަ 11 މަސް ދުވަހުގެ ތެރޭގައި ވަރަށް ގިނަ އަތޮޅުތަކުގައި ވަނީ ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ފަށާފަ އެވެ.

މިރޭ ވަނީ އދ އަތޮޅުގައި އެ ހިދުމަތް ރަސްމީކޮށް ފަށާފަ އެވެ. އެ ގޮތުން އދ މަހިބަދޫގައި މިރޭ ވަނީ އައިޑީކާޑުގެ ހިދުމަތާއި ޕާސްޕޯޓްގެ ހިދުމަތް ފަށާފަ އެވެ. އެ ހިދުމަތް ފެށުމުގެ ގޮތުން ވަނީ އެ ރަށުގެ ރައްޔިތަކަށް ޕާސްޕޯޓް ދޫކޮށްފަ އެވެ.

ޕާސްޕޯޓް/އައިޑީކާޑު ހިދުމަތް ހުރިހާ އަތޮޅެއްގައި ފެށުން -- ފޮޓޯ: ރައީސް އޮފީސް

އެއާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ފެށިގެން ދިޔައީ އެވެ.

މަހިބަދޫގައި މިރޭ އޮތް ޖަލްސާއަކީ އދ އަތޮޅުގެ މީހުން ދިރިއުޅޭ 10 ރަށަށް ރައީސް އިއްޔެ ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މަހިބަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާ އެކެވެ.

ޕާސްޕޯޓް/އައިޑީކާޑު ހިދުމަތް ހުރިހާ އަތޮޅެއްގައި ފެށުން -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ފެށުން ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ވަނީ އެކަމުގެ ޚާއްސަ ފިލައެއް ވެސް އަރުވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.