ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް
ހަބަރު
08 Oct 2025 | 13:27
2021 ވަނަ އަހަރު ދޫކުރި ސުކޫކަކަށް ދައްކަންޖެހުނު 24.6 މިލިއަން ޑޮލަރު އަދާކޮށްފި

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން 2021 ވަނަ އަހަރު ދޫކުރި ސުކޫކެއްގެ ޕޭމަންޓަކަށްވާ 24.6 މިލިއަން ޑޮލަރު ދައްކައިފިކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. 

ފިނޭންސުން ބުނީ މި ޕޭމަންޓަކީ 2021 ވަނަ އަހަރު ސަރުކާރުން ދޫކުރި 500 މިލިއަން ޑޮލަރުގެ ތެރެއިން އޮކްޓޯބަރުމަހު ދައްކަންޖެހުނު އަދަދެއް ކަމަށެވެ. މި ސުކޫކުގެ ކޫޕަން ފައިސާ ދައްކަންޖެހެނީ ކޮންމެ އަހަރެއްގެ އޭޕްރިލް އަދި އޮކްޓޯބަރު މަހުއެވެ. ސަރުކާރުން ދޫކޮށްފައިވާ 500 މިލިއަން ޑޮލަރުގެ މި ސުކޫކުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުެގ އޭޕްރިލްމަހުކަމަށް ފުނޭންސުން ބުންޏެވެ.

ދިވެހި ސަރުކާރުން ތާވަލާ އެއްގޮތަށް ސުކޫކު އަނބުރާ ފައިސާ ދެއްކުމަށް، އެންމެފަހުގެ ކޫޕަން ފައިސާ ގޮތުގައި 25 މިލިއަން އެމެރިކާ ޑޮލަރާއި، މުޅި އަދަދުކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރު އަންނަ އަހަރުގެ  އޭޕްރިލްމަހު މުއްދަތު ހަމަވާއިރު ދައްކައި ނިންމާނެ ކަމަށް ފިންނޭންސް މިނިސްޓްރީން ބުނެއެވެ. އެގޮތުން މިހާތަނަށްވެސް ފިނޭންސް މިނިސްޓްރީން ގެންދަނީ އޭރު ސަރުކާރުން ނެގި ސޫކޫކަށް ދައްކަންޖެހޭ ކޫޕަން ޕޭމަންޓުތައް ގަވާއިދުން ދައްކަމުންކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފނޭންސުން ބުނީ ދަރަނީގެ ޒިންމާތައް ވަގުތުން ވަގުތަށް އަދާކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިހިނގާ އޮކްޓޯބަރ މަހު ދައްކަންޖެހޭ ކޫޕަން ފައިސާ ކާމިޔާބުކަމާއެކު ދެއްކުމުން ދައްކުވައިދެނީ ސަރުކާރުން މާލީ ޒިންމާތައް އަދާކުރުމަށް ކުރަމުންދާ މަސައްކަތާއި، ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތް ކަމަށް ސަރުކާރުން ބުނެއެވެ.

2021 ވަނަ އަހަރު ދޫކުރި ސްކޫކެއްގެ ފައިސާގެ އެއްބައި އަނބުރާ ދެއްކިއިރު އަންނަ އަހަރަކީ ރެކޯޑް އަދަދަށް ލޯނުތައް އަދާކުރަންޖެހޭނެ އަހަރެއްކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި އަދާކުރަންޖެހޭ ބޭރުގެ ދަރަނިތަކުގެ ޖުމްލަ 1 ބިލިއަން ޑޮލަރަށް އަރާކަމަށް ފިނޭންސުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.