އިންޑިއާގެ އައިޓީހަބް ބެންގަލޫރު... ފޮޓޯ: ވޮއިސް
ދުނިޔެ
10 Oct 2025 | 08:15
ކުރިއަރަމުން އަންނަ އެންމެ ބޮޑު އިޤްތިޞާދަކީ އިންޑިއާ: ވޯލްޑް ބޭންކް

ބޮޑެތި އިޤްތިޞާދުތަކުގެ ތެރެއިން އެންމެ ބާރަށް ކުރިއަރަމުން އަންނަ ޤައުމަކީ އިންޑިއާ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން އަންގާރަ ދުވަހު ނެރުނު ރިޕޯޓުގައި ބުނީ އަންނަ މާލީ އަހަރު އިންޑިއާގެ އިޤްތިޞާދު ކުރިން ހީކުރިވަރަށް ވުރެ ރަނގަޅަށް، 6.5 އިންސައްތަ ކުރިއަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ވޯލްޑް ބޭންކުން ކުރިން ލަފާކުރީ 6.3 އިންސައްތަ ކުރިއަރާނެކަމަށެވެ. އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކުރާ މިންވަރު މައްޗަށް ޖައްސާލާފައި މިވަނީ، އެތެރޭގެ ބާޒާރުގެ ވިޔަފާރި ރަނގަޅުވެ، ރަށްފުށު ސަރަހައްދުތަކުގެ ތަރައްޤީގެ ދުވެލި އަވަސްވުމުގެ އިތުރަށް ދާދިފަހުން ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއުލާންކުރެއްވި ޓެކްސް ރިފޯމްތަކާއި ގުޅިގެންނެވެ.

ވޯލްޑް ބޭންކުން ނެރުނު ދެކުނު އޭޝިއާގެ ތަރައްޤީގެ އަދާހަމައިގައި، މިސަރަހައްދުގެ އެކި ޤައުމުތަކުގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކުރަނީ އެކި މިންވަރަށެވެ. ބަންގްލަދޭޝްގެ އިޤްތިޞާދު 4.8 އިންސައްތަ ކުރިއަރާނެކަމަށް ލަފާކޮށްފައިވާއިރު، ބޫޓާންގެ ހައިޑްރޯޕަވަރ ޕްރޮޖެކްޓްތައް މަޑުޖެހިފައިވާތީ އިޤްތިޞާދު ކުރިއަރާނެކަމަށް ކުރިން ލަފާކުރި މިންވަރަށް ކުރިއަރާނެކަމަށް ލަފައެއް ނުކުރެއެވެ. އެހެންނަމަވެސް 2027 ވަނަ އަހަރު ކުރިއަރާނެކަމަށް ލަފާކުރެވެއެވެ.

ޖުމްލަކޮށް މިއަހަރު މި ސަރަހައްދުގެ އިޤްތިޞާދު 6.6 އިންސައްތަ ކުރިއަރާނެކަމަށް ލަފާކުރެވުނަސް، އަންނަ އަހަރު 5.8 އިންސައްތައަށް މަޑުޖެހިލާނެކަމަށް ވޯލްޑް ބޭންކުން އަންދާޒާކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.