ކެނެޑާގެ ޚާރިޖީ ވަޒީރު އަނީތާ
ދުނިޔެ
11 Oct 2025 | 12:20
ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާއަށް

ކެނެޑާގެ ޚާރިޖީ ވަޒީރު އަނީތާ އާނަންދު މި ފެށޭ ހަފްތާގައި އިންޑިއާއަށް ވަޑައިގަންނަވާނެއެވެ.

މިއީ މިއަހަރު ކުރީކޮޅު މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު އެކަމަނާ އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ ކެނެޑާއާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވުމަށްފަހު، މަޑުމަޑުން ރަނގަޅުވާން ފަށާފައިވާ ދަނޑިވަޅެއްގައި އެކަމަނާ ކުރައްވާ ދަތުރުފުޅެއްވެސް މެއެވެ.

ނިމުނު ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު. އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ނިއުޔޯކުގައި އަނީތާ އާނަންދު ވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ދެގައުމުން އަނެއްކާވެސް ސަފީރުން ކަނޑައެޅުމަށް ނިންމި ނިންމުމަކީ ގުޅުން ރަނގަޅުވަމުންދާ ކަމުގެ ހެއްކެއްކަމަށް ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

ޖޫން މަހު ޖީ-7 ގެ ބައްދަލުވުމުގެ ތެރެއިން ދެގައުމުގެ ބޮޑުވަޒީރުންވެސް ވަނީ ބައްދަލުކުރައްވާފައެވެ. އަދި މިދިޔަ މަހު، ކެނެޑާގެ ޚާރިޖީ ވަޒީރުގެ ނައިބު ޑޭވިޑް މޮރިސަން އާއި، ޤައުމީ ސަލާމަތާއި ބެހޭ މުޝީރު ނަތާލީ ޖީ. ޑްރޫއީން ވަނީ ދިއްލީއަށް ވަޑައިގެން، ދެގައުމުގެ ދެމެދުގައި ހުއްޓިފައިވާ މަޝްވަރާތައް އަލުން ފެށުމާއި ގުޅޭ މަސައްކަތް ކުރައްވާފައެވެ.

2023 ވަނަ އަހަރު އިންޑިއާއާއި ކެނެޑާގެ ގުޅުން ގޯސްވީ، އިންޑިއާއިން ޓެރަރިސްޓެއްކަމަށް ކަނޑައަޅާފައިވާ މީހަކަށް ކެނެޑާގައި ހަމަލާދީ މަރާލީ އިންޑިއާ އަޑީގައި އޮވެގެންކަމަށް ކެނެޑާގެ އޭރުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ތުހުމަތުކުރެއްވުމާއި ގުޅިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.