އިންޑިއާއިން އަފްޢާނަށް އެހީ ހަވާލުކުރަނީ.. ފޮޓޯ: އިންޑިއާ ޓުޑޭ
ދުނިޔެ
12 Oct 2025 | 08:33
އަފްޣާނިސްތާނުގެ ސިއްހީ ނިޒާމް ހަރުދަނާކުރަން އިންޑިއާއިން ބޮޑު އެހީއެއް

ޒަމާންތަކެއް ވަންދެން ހިނގި ހަނގުރާމަތަކަށްފަހު ގައުމު އާރާސްތުކުރުމަށް އަފްޣާނިސްތާނުން ކުރަމުންދާ މަސައްކަތުގައި އެހީތެރިވެ، އެގައުމުގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް އެހީވުމަށް އިންޑިއާއިން އެއްބަސްވެއްޖެއެވެ.

ތާލިބާނުންގެ ޚާރިޖީ ވަޒީރު މައުލަވީ އާމިރް ޚާން މުއްތަޤީ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެކަމާ ގުޅޭ އެއްބަސްވުންތަކުގައި އިންޑިއާ ސަރުކާރާއެކު ވަނީ ސޮއިކުރައްވާފައެވެ.

އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމުގެ ތެރޭގައި ކާބުލްގައި ތެލަސީމިއާ ސެންޓަރަކާއި ޑައިގްނޯސްޓިކްސް ސެންޓަރެއް ގާއިމްކުރުމާއި، އިންދިރާގާންދީ އިންސްޓިޓިއުޓް އޮފް ޗައިލްޑް ހެލްތުގެ ހީޓިންގ ސިސްޓަމް ބަދަލުކުރުން ހިމެނެއެވެ. މީގެ އިތުރުން ކާބުލްގެ ބަގްރާމީ ޑިސްޓްރިކްޓްގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމާއި، ކާބުލްގައި ކެންސަރު ބަލީގެ މަރުކަޒަކާއި ޓްރޯމާ މަރުކަޒެއްގެ އިތުރުން އަފްޣާނިސްތާނުގެ 5 ސަރަހައްދެއްގައި 5 މެޓަރނިޓީ ހެލްތު ކްލިނިކްތަކެއް ގާއިމް ކުރަންވެސް އިންޑިއާއިން ވަނީ އެއްބަސްވެފައެވެ. ހަމައެއާއެކު އިންޑިއާއިން ވަނީ އަފްޣާނިސްތާނަށް 20 އެމްބިއުލާންސް ވެސް ހަދިޔާކޮށްފައެވެ.

އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު މުއްތަޤީގެ މި ދަތުރުފުޅަކީ ތާލިބާނުން އަލުން އަފްޣާނިސްތާނުގެ ވެރިކަން އަތުލިފަހުން އެގައުމުގެ އިސް އޮފިޝަލަކު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މުއްތަޤީގެ މި ދަތުރުފުޅުގައި ދެޤައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމަށް ޓްރޭޑް ކޮމިޓީއެއް އެކުލަވާލަންވެސް ވަނީ އެއްބަސްވެފައެވެ. އޭނާގެ މި ދަތުރުފުޅު މިމަހުގެ 16 ވަނަ ދުވަހާއި ހަމަޔަށް ދިގު ދެމިގެންދާނެއެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.