އާންމުވެފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް --
ހަބަރު
12 Oct 2025 | 13:26
ކުޑަކުދީންތަކަކާއެކު މަސްތުވެގެން ތިބި ބަޔަކު ހައްޔަރުކުރި އޮޕަރޭޝަން: އާންމުވެފައިވާ ވީޑިއޯ ނެގީ ފުލުހުންނެއް ނޫން

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަަމުންދާ ފުލުހުން, ކުށުގެ ވެއްޓެއްގައި ހަރަކާތްތެރިވަމުންދާ މަންޒަރު ފެންނަ ވީޑިއޯއަކީ އެ ކުށުގެ ވެށީގައި ހަރަކާތްތެރިވި ފުލުހަކު ރެކޯޑްކޮށްފައިވާ ވީޑިއޯއެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނީ ކުޑަކުދީންތަކެއްގެ “ނާޖައިޒު” މަންފާ ނެގުމުގެ ތުހުމަތަށް ބަޔަކު ހައްޔަރު ކުރި މައްސަލައާ ގުޅުންހުރި ވީޑިއޯއެއް އާންމުވެފައިވާތީ އެވެ. ވީޑިއޯގައި ފުލުހުން ހަރަކާތްތެރިވަމުންދާތަން ފެނެ އެވެ.

އަދި ކުށުގެ ވެށީގައި އެވަގުތު ތިބި މީހުންނާއި ސުވާލު ކުރެ އެވެ. އުމުރުން 18 އަހަރުނުވާ ދެ ފިރިހެން ކުދީން އޭރު އެތަނުގައި ތިބިއިރު އެ ދެ ކުދީންގެ ނަން އޮޅުންފިލުވާ މަންޒަރު އާންމުވެފައިވާ ވީޑިއޯއިން ފެނެ އެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ބޮޑު ހަތަރު މީހުން މަޑުކޮށްލައިގެން ތިއްބާ ފެނެ އެވެ.

އޭރު އެ ތަނުގައި 17 އަހަރުގެ ދެ އަންހެން ކުދީން ވެސް ތިބި ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ މި ވީޑިއޯއަކީ އެ ކުށުގެ ވެށީގައި ހަރަކާތްތެރިވި ފުލުހަކު ރެކޯޑްކޮށްފައިވާ ވީޑިއޯއެއް ނޫން ކަމަށެވެ.

މައްސަަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުން --

މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ވެސް ވަނީ އާންމުކޮށްފަ އެވެ. ފުލުހުން ބުނީ އެ މީހުން ހައްޔަރު ކޮށްފައިވަނީ މާލޭގެ ހެންވޭރުގައި ހުރި ގެއެއް ބަލާ ފާސްކުރުމަަށް ފަހު ކަމަށެވެ. އެ ތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ފެނުނު ކަމަށާ އެ މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެެސް ވި ކަމަށެވެ.

މި މައްސަލާގައި އަނިޔާ ލިބުނީ 17 އަހަރުގެ ދެ އަންހެން ކުދީންނާއި 17 އަހަރުގެ ފިިރިހެން ކުއްޖަކާއި 16 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައި ވަނީ ވ. ރަކީދޫ, ސިލްވަސްޓާ ނާފިއު ރަޝީދު އާއި މ. އެތުމާ، އަލީ އަޝްރަފް އާއި ހ. ފިނިކުރި، އިބްރާހިމް ޝިނާން އަހްމަދުގެ އިތުރުން ގދ. ވާދޫ، ޕެރިސް، ލުހާން ސައީދު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.