ބާސެލޯނާގެ ތަޖުރިބާކާރު ޕޮލެންޑް ސްޓަރިކަރު ރޮބާޓް ލެވަންޑޯސްކީ --
ކުޅިވަރު
13 Oct 2025 | 14:06
ބާސެލޯނާއިން ލެވަންޑޯސްކީ ދޫކޮށްލަން ވިސްނަނީ

ބާސެލޯނާގެ ތަޖުރިބާކާރު ޕޮލެންޑް ސްޓަރިކަރު ރޮބާޓް ލެވަންޑޯސްކީ ދޫކޮށްލަން އެ ކުލަބުން ނިންމައިފިއެވެ.

2022 ވަނަ އަހަރު ބަޔަން މިއުނިކުން ބާސެލޯނާއަށް ބަދަލުވި ލެވަންޑޯސްކީ އަކީ ކްލަބުގެ އެޓޭކުގެ އެންމެ މުހިންމު އެއް ކުޅުންތެރިއާއެވެ. މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި 38 އަހަރުގެ މި ކުޅުންތެރިޔާގެ އެއްބަސްވުމުގައި އިތުރު މުއްދަތަކަށް އެއްބަސްވުން އިތުރުކުރެވޭނެ މާއްދާއެއް ހިމެނިފައިވީ ނަމަވެސް، ކްލަބުގެ މެނޭޖްމަންޓުން މިހާރު ވިސްނަމުންދަނީ އެ އެއްބަސްވުން އައު ނުކުރުމަށެވެ.

މި ނިންމުމަށް ވިސްނަން ޖެހުނު މައިގަނޑު ސަބަބަކީ ކްލަބުގެ ސްޓްރެޓެޖީއަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އެކު، ލެވަންޑޯސްކީގެ އުމުރުވެ. ބާސެލޯނާގެ އަމާޒަކީ ޓީމު އައުކޮށް، ޒުވާން އަދި ހަރަކާތްތެރި ސްޓްރައިކަރުންތަކެއް ގެނައުންކަމަށް ސްޕެއިންގެ ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ. ލެވަންޑޯސްކީ ކްލަބަށް ކުޅެފައިވާ 156 މެޗުން 105 ލަނޑު ޖަހާފައިވީ ނަމަވެސް، އޭނާގެ އުމުރާއެކު ކުރިން ކުޅުނު މޮޅު ކުޅުން ދައްކަން އޭނާއަށް ވަނީ އުނދަގޫ ވެފައެވެ. 

ލެވަންޑޯސްކީ އަކީ ބޮރޫސިއާ ޑޯޓްމަންޑް އާއި ބަޔަން މިއުނިކްގައި ކުޅެ، ދެ ފަހަރު ޔޫރަޕިއަން ގޯލްޑަން ބޫޓް ހޯދި، ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.

ކްލަބުން މި ނިންމުން ނިންމައިފިނަމަ، ޕޯލެންޑްގެ ކެޕްޓަންގެ ބަދަލުގައި ގެންނާނެ ދިގު މުއްދަތުގެ ހައްލެއް ހޯދުމަށް މަސައްކަތް ފަށަން ޖެހޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.