(އޭސީޕީ) މުހައްމަދު ދާއޫދު --
ހަބަރު
14 Oct 2025 | 14:29
އޭސީޕީ ދާއޫދުގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ފައިސާ ޖަމާވިކަމަށް ބެލެވޭ: މަޖިލީހުގެ ނައިބުރައީސް

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ދާއޫދުގެ އެކައުންޓަށް ފައިސާ ލިބުނު ގޮތް ކަށަވަރުނުވާ ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ ކަމަށާއި، އެ ފައިސާތައް ބޮޑަށް ބެލެެވެނީ އެމްއެމްޕީއާރްސީގެ ފައިސާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ކޮމެޓީގައި މިހާރު ކުރިޔަށްދާ ފުލުހުންގެ ބްލޫ ހައުސިންގެ އޮޑިޓު ރިޕޯޓުތައް ދިރާސާކުރަން އުފައްދައިފައިވާ ސަބް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، ފުލުހުންގެ ހައުސިންގެ މައްސަލައިގެ އިތުރަށް ވެސް އިތުރު ގިނަ މައްސަލަތަކެއްގެ ހެކި ވެސް ލިބިފައިވާ ކަމަށެވެ. 

ދާއޫދަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓުގައި ވެސް އޮތް ނަމެއްކަން ފާހަގަކުރައްވަމުން ނާޒިމް ވަނީ 2023 އަދި 2024 ވަނަ އަހަރާއި ދެމެދު ދާއޫދުގެ އެކައުންޓަށް އެކައުންޓަށް ފައިސާ ލިބުނު ގޮތް ކަށަވަރުނުވާ ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާކަމަށް ވިދާޅުވެފައެވެ.

އެގޮތުން ދާއޫދަކީ އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް އޭނާގެ އަމިއްލަ ނަމުގައި ކުރާ ފަރާތަކަށް ނުވާއިރު، މުޅި ޖުމްލަ 14.5 މިލިއަން ރުފިޔާގެ އެސެޓަށް އެނާ އިންވެސްޓްކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެގޮތުން މއ. ތަޅަމުދިގޭ ނަމަކަށް ކިޔުނު ގެއެއް، 10 ބުރިއަށް އިމާރަތްކުރަން 10.5 މިލިއަން ރުފިޔާ އަދި ހުޅުމާލޭގައި ހުންނަ އެފްޑަބްލިއު ރެސިޑެންސުން 4.1 މިލިއަން ރުފިޔާގެ އެޕާޓްމެންޓެއް އޭނާ ގަނެފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން އެ ގެ އިމާރަތްކޮށްފައިވަނީ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ހަބީބާއި ދާއޫދު ބައިވެރިވެގެން ދެ މީހުންގެ އަނބިންގެ ނަމުގައި ހަސަން ތައުފީގު ކިޔާ އަމިއްލަ މީހަކާ ގުޅިގެން ކަމަށާއި، އެކަން ސާބިތުވެފައިވަނީ  ނޮވެންބަރު 2016 އިން ފެށިގެން ތަޅަމުދިގޭގެ ކުލި ދާއޫދާއި އޭނާގެ އަނބިމީހާގެ އެކައުންޓަށް ޖަމާވެފައިވުމުން ކަމަށް ވެސް އެ ކޮމެޓީގައި ނާޒިމް ވިދާޅުވިއެވެ.

އަދި އެ އެޕާޓްމެންޓް ގަނެފައިވަނީ އާއިލާގެ މީހެއްގެ ނަންމަތީގައި ނަމަވެސް، ފަހުން އެތަން އެނާގެ ދަރިފުޅެއްގެ ނަން މައްޗަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

އެހެންކަމުން އެ ފައިސާއަކީ އެމްއެމްޕީއާރްސީގެ ފައިސާކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ފުލުހުންގެ ހެޑް އޮފް ރޯޑް ޕޮލިސްގެ މަގާމާއި ޑިޓެކްޓިވް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމުގައި ހުންނެވި ދާއޫދު އޭސީޕީއަކަށް އައްޔަނުކުރައްވައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެެންބަރު މަހުގެ ތެރޭގައެވެ.



ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.