ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އޮފީސް -- ވޮއިސް ފޮޓޯ
ހަބަރު
14 Oct 2025 | 14:52
ފުލުހުންގެ ބޮޑީ ކެމް ގަންނަން ބިޑު ކެންސަލްކޮށް، ބަޔަކަށް 66 މިލިއަން ރުފިޔާ ދިން މައްސަލައެއް

ފުލުހުންނަށް ބޭނުންވާ ބޮޑީ ވޯން ކެމެރާ ނުވަތަ ބޮޑީ ކެމެރާ ގަތީ ބިޑަށް ލުމަށްފަހު ކެންސަލްކޮށް، ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުގެ ދަށުން ބަޔަކަށް 66 މިލިއަން ރުފިޔާ ދީގެން ކަމަށް މިއަދުގެ މާލިއްޔަކު ކޮމެޓީގައި ބުނެފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ)ގެ މަގާމުގައި މުހައްމަދު ހަމީދު ކުރިން ހުންނެވިއިރު ހިންގި މި މުއާމަލާތާއި ގުޅޭ ގޮތުން މިއަދުގެ މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ، ކޮމިޝަނަރުކަމުގައި ހަމީދު ހުންނެވިއިރު ފުލުހުންނަށް ބޮޑީ ވޯން ކެމެރާ ގަންނަން ހަވާލުކުރީ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުގެ ދަށުން ކަމަށާއި، އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރި 66 މިލިއަން ރުފިޔާއަށް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ)ގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު 

އެ މުއާމާލާތުގައި ޝައްކުތަކެއް ހުރެގެން އެ މައްސަލަ ބެލި ކަމާށާއި، އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ކުރިން ކަނޑައަޅައިފައިވީ ނަމަވެސް އެ މައްސަލަ އަނެއްކާ ވެސް ފެންމަތިވީ އޭރު އެ ބޮޑީ ކެމްތައް ގަންނަން ހަވާލުކުރި ކުންފުނީގެ މަގާމަކަށް، ފުލުހުންގެ މަގާމުން ރިޓަޔާކުރެއްވުމަށް ފަހު އޭރުގެ ސީޕީ ހަމީދު ވަޑައިގެންނެވުމުންނެވެ. 

އެހެންވީމާ އެ މަގާމުގައި ހުންނެވިއިރު އެވާޑްކުރި ކޮންޓްރެކްޓެއް ލިބުނު ކުންފުންޏަކަށް ވަޒީފާއަށް ވަޑައިގެން އެ ޕްރޮޑަކްޓްތައް ޕްރޮމޯޓްކުރުމުގައި އުޅުއްވާތީ ހުށަހަޅާފައި އޮތް މައްސަލައެއް މި މައްސަލައަކީ

 ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް

ނާޒިމް ވަނީ އެހެންކަމުން އެ މުއާމަލާތުގައި ޕްރޮފެޝަނަލް މިސްކޮންޑަކްޓް ނޫނީ މޯރަލް އިޝޫސް ހުރި ކަމަށް ބެލެވޭ ކަމަށް ފާހަގަކުރައްވައި، އެކަމަކީ  ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އިތުރަށް ބަލަންޖެހޭ މައްސަލައެއް ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ސީޕީ ހަމީދު، ދިވެހި ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއި އެކު ރިޓަޔާކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެެވެ. ފުލުހުންގެ ޚިދުމަތަށް ބޮޑީ ކެމް ތައާރަފްކޮށްފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.