ކ. ހުރާ -- ފޮޓޯ: ބުކިން.ކޮމް
ހަބަރު
20 Oct 2025 | 12:01
ހުރާގެ ސަރަޙައްދެއް ފުޑް ސެކިއުރިޓީއަށް ޚާއްސަ ކުރަނީ

ކ. ހުރާގެ ވަކި ސަރަހައްދެއް ފުޑް ސެކިއުރިޓީއަށް ޚާއްސަ ކުރުމަށްޓަކައި ދަނޑުވެރިކަމާއި ބެހޭ ވުޒާރާ އާއި ހުރާ ކައުންސިލާއި ދެމެދު މަޝްވަރާތައް ފެށިއްޖެއެވެ.

މިކަމާ ގުޅޭގޮތުން މިއަދު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ އާއި މިނިސްޓްރީގެ އިސް ވެރިންގެ އިތުރުން ހުރާ ކައުންސިލްގެ ރައީސާއި މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ފުޑް ސެކިއުރިޓީއަކީ މިއަދުގެ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާ ދާއިރާއެއް ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ހުއްދަތަކާއި އެހެނިހެން ކަންކަން ހަމަޖެއްސުމުގައި ސަރުކާރުގެ ހުރިހާ އިދާރާތަކުންވެސް އިސްކަންދީގެން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

މާލެ ސަރަހައްދުގައި ފުޑް ސެކިއުރިޓީއަށް ޚާއްސަ ބިމެއް އޮތުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި އިޤްތިޞާދަށް ވަރަށް ބޮޑު މަންފާއެއް ކުރާނެ ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި ބައްދަލުކުރެއްވުމުގައި ފުޑް ސެކިއުރިޓީއަށް ވަކި ސަރަހައްދެއް ގާއިމްކުރުމަކީ އެރަށު ކައުންސިލުންވެސް ޝައުގުވެރިކަން ހުރި ކަމެއް ކަމަށާއި، އެކަމަށް ދެވޭނެ ހުރިހާ އެއްބާރުލުމެއް ކައުންސިލްގެ ފަރާތުން މިނިސްޓްރީއަށް ދޭނެ ކަމަށް އެ ރަށު ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އަދި އެކަމަށް ބޭނުންވާ ބިމެއް ކަނޑައަޅައި، ކަމާގުޅޭ އިދާރާތަކުގެ ހުއްދަތަކަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށްވެސް އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
މަގުމަތި އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެ މުހިންމީ ކޮންކަމެއް؟
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ ހަމައެކަނި އުޅަނދު ދުއްވާ ފަރާތްތަކުގެ އެކަނި ޒިންމާއެއް ނޫނެވެ. އެއީ މަގު ބޭނުންކުރާ ހަމަ އެންމެންގެވެސް ޒިންމާއެކެވެ
08 Oct 2026
ފައިސަލް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފި
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، ރަނިންމޭޓަކަށް މޭޔަރު އާދަމް އާޒިމް ހަމަޖައްސަވައިފިއެވެ. ރައީސް ޞާލިޙްގެ ތާއީދު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
08 Oct 2026
އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
މިމަހުގެ 14 ވަނަ ދުވަހުގެ ރޭ މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ނިންމާފައިވާއިރު، ސިޓީގެ މައްޗަށް ދައުވާތައް ސާބިތުވި ދުވަހުވެސް ގާޑިއޯލާ ވަނީ އެ ކްލަބާއެކު ހުރިކަމަށް ބުނެފައެވެ.
08 Oct 2026
މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ
މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން އެއްޗަކަށްވާނެއެވެ. މި ތައްޔާރު ކޮށްލަންވެސް މާ ގިނަ ވަގުތެއް އަދި އެއްޗެއްވެސް ބޭނުމެއް ނުވާނެއެވެ.
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.