މްއެންޔޫއިން ލ. ހުޅިމެންދޫގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރިސޯޓާއި ހޮޓެލްގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން -- ރައީސް އޮފީސް
ހަބަރު
21 Oct 2025 | 13:50
ގައުމީ ޔުނިވާސިޓީން ހުޅިމެންދޫގައި ހަދާ ރިސޯޓުގެ މަސައްކަތް އެމްއޭސީއެލްއަށް

އެމްއެންޔޫއިން ލ. ހުޅިމެންދޫގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރިސޯޓާއި ހޮޓެލް ސްކޫލްގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކުރުމަށް ދެ ފަރާތުގެ މެދުގައި ސޮއިކުރެވުނު އެއްބަސްވުމުގައި، އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ވައިސް ޗާންސެލަރު ރަހީމާ އަބްދުއްރަހީމެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު މާމެންދޫގައި ބޭއްވި ޖަލްސާގައެވެ.

ހުޅިމެންދޫގައި ރިސޯޓަކާއި ޓްރެއިނިން ސްކޫލެއް ތަރައްގީކުރުމަށް ޓޫރިޒަމް މިނިސްޓްރީން އެމްއެންޔޫއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހުއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ މަގުސަދަކީ ޓޫރިސްޓުންނަށް ޚިދުމަތް ދިނުމުގެ އިތުރުން، ހޮސްޕިޓަލިޓީ ދާއިރާއިން ފަންނީ މީހުން ބިނާކުރުމެވެ.

އަދި މި މަޝްރޫއުގެ ދަށުން ހުޅިމެންދޫގައި ތަރައްގީކުރާނީ ފަސްތަރީގެ ރިސޯޓެއް ކަމަށާއި، އެތަނުގައި ގާއިމުކުރާ ހޮޓެލް ސްކޫލަކީ ހޮސްޕިޓާލިޓީ ދާއިރާގެ ފަންނީ މީހުން ބިނާކުރުމަށް ތަރައްޤީކުރެވޭ އެންމެ މަތީ ފެންވަރުގެ ތަނަކަށް ވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.  ރައީސް މުއިއްޒު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ހުޅިމެންދޫއާއި ލ. އަތޮޅާއި މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ފައިދާކުރާނެއެވެ.

މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކުރުމަށް ނިންމާފައިވަނީ، އެ ކުންފުންޏަކީ މިހާރުވެސް މި ދާއިރާގެ މަސައްކަތްތައް ކުރަމުންދާ ކުންފުންޏަކަށް ވެފައި، މ. އަތޮޅުގައި ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓް ސާވިސަސް ކުންފުންޏާ ގުޅިގެން މަޑިފުށި ޕްރައިވެޓް އައިލެންޑް ރިސޯޓް ހިންގަމުން ގެންދާތީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.