އެމެރިކާގައި ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ބޭއްވި މުޒާހަރާއެއް... ފޮޓޯ: ރޮއިޓާސް
ހަބަރު
22 Oct 2025 | 17:19
އެމެރިކާގެ މެޖޯރިޓީ މީހުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ބޭނުންވޭ

އެމެރިކާގެ މެޖޯރިޓީ މީހުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބޭނުންވާކަމަށް ރޮއިޓާސްއިން ނެގި ހިޔާލު ހޯދުމުގެ ޕޯލަކުން ދައްކައިފިއެވެ.

ރޮއިޓާސްއިން 6 ދުވަހުގެ މުއްދަތަށް ކުރިއަ މި ޕޯލްގެ ނަތީޖާއަށް ބަލާއިރު، ޕޯލްގައި ބައިވެރިވި 59 އިންސައްތަ މީހުން ބޭނުންވަނީ ފަލަސްތީނަށް މިނިވަން ދައުލަތެއްގެ މަގާމު ދޭށެވެ. މި ވޯޓުގައި ބައިވެރިވި 33 އިންސައްތަ މީހުން އެކަމަށް ދެކޮޅު ހެދިއިރު، ބާކީ މީހުން އެއްވެސް ކޮޅަކަށް ޖެހިފައެއް ނުވެއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ 53 އިންސައްތަ ފަލަސްތީނަށް މިނިވަން ދައުލަތެއްގެ މަގާމުދޭން ދެކޮޅުހަދާއިރު، 41 އިންސައްތަ މީހުން އެދެނީ ފަލަސްތީނަށް ފުރިހަމަ މިނިވަންކަން ދޭށެވެ.

މިދިޔަ ދުވަސްތަކުގައި އެމެރިކާ އާ އެންމެ ގާތް ޤައުމުތައްކަމަށްވާ، ފްރާންސް، އިނގިރޭސިވިލާތް، ކެނެޑާ އަދި އޮސްޓްރޭލިއާފަދަ ޤައުމުތަކުން ވަނީ ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމަށް ރުހޭކަމަށް ރަސްމީކޮށް ހާމަކޮށްފައެވެ. މިކަމާހެދި އިސްރާއީލުން ރުޅިގަނޑު ފަޅައިގެން ގޮސްފައިވާއިރު، ނަތަންޔާހޫގެ ސަރުކާރުން ވަނީ އެއީ ޒިއްމާދާރުކަން ކުޑަ ނިންމުމެއްކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.