ކްރިމިނަލް ކޯޓު
ހަބަރު
23 Oct 2025 | 09:48
ކްރިމިނަލް ކޯޓުގެ ޣާޒީ ފާއިޒް 60 ދުވަހަށް ސަސްޕެންޑްކޮށްފި

ކްރިމިނަލް ކޯޓުގެ ޤާޒީ ހުސައިން ފާއިޒް ރަޝާދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ ދެ މައްސަލައެއްގައި އޭނާ އިއްޔެ 60 ދުވަހުގެ މުއްދަތަށް ސަސްޕެންޑްކޮށްފިއެވެ.

މިއީ ފަނޑިޔާރެއް ސަސްޕެންޑްކުރެވޭ އެންމެ ދިގު މުއްދަތުކަމުގައި ވާއިރު، މައްސަލަ ބެލި ނިމެންދެން ފާއިޒް މަސައްކަތުން ދުރުކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ އޭނާގެ ފަރާތުން ނިންމާފައިވާ ބަންދުގެ ދެ މައްސަލައަކާ ގުޅިގެންނެވެ.

އެނގިފައިވާ ގޮތުގައި، ޤާޒީ ފާއިޒް ސަސްޕެންޑްކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމުގެ ތުހުމަތުކުރެވޭ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާއި، ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާގެ ބަންދާ މެދު އަމަލުކުރި ގޮތުގެ މައްސަލަތަކަކާ ގުޅިގެންނެވެ. މި ދެ މައްސަލާގައި ވެސް ޤާޒީ ފާއިޒްގެ ނިންމެވުންތަކާ މެދު ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު

ޚާއްޞަކޮށް ލަމްހާގެ މައްސަލައިގައި ޤާޒީ ފާއިޒް ވަނީ މީގެ ކުރިން ވެސް ދެ ފަހަރަކު އޭނާ ބަންދުން ދޫކޮށްލައިފަ އެވެ. އެ ދެ ފަހަރު ވެސް ހައި ކޯޓުން ވަނީ އެ ނިންމުންތައް ބާތިލުކޮށްފަ އެވެ. އެންމެ ފަހުން މި މަހުގެ ކުރީކޮޅު ވެސް ލަމްހާ ބަންދުން ދޫކޮށްލުމަށް ފާއިޒް ނިންމެވުމުން، ދައުލަތުން ހައި ކޯޓަށް ހުށަހެޅީ ހައި ކޯޓުން ވަނީ އަލުން ބަންދާ މެދު ގޮތެއް ނިންމަން އަމުރުކޮށްފަ އެވެ. 

ފާއިޒްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް 2019 ވަނަ އަހަރު ހުކުމްކުރި ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރެކެވެ. އޭނާ ވަނީ މީގެ ކުރިން ވެސް 2021 ވަނަ އަހަރު ސަސްޕެންޑްކުރެވިފަ އެވެ.

އެފަހަރު ސަސްޕެންޑްކުރީ ފަނޑިޔާރުން މީހަކާ އެކު ދައްކާފައިވާ ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވި މައްސަލައަކާ ގުޅިގެންނެވެ. އެހެންނަމަވެސް، އެ މައްސަލައިގެ ތަހުގީގަށް ފަހު، އޯޑިއޯތައް ސައްހަ ނޫން ކަމަށް ޖޭއެސްސީން ނިންމުމަށް ފަހު، އޭނާގެ ސަސްޕެންޝަން އުވާލައިއެކު މަގާމަށް ވަޑައިގެންނެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.