ެމެސީ ބެކަމްގެ މަންމަ ސަންޑްރާއާއެކު --
ކުޅިވަރު
23 Oct 2025 | 14:42
ބެކަމްގެ މަންމަ މެސީއާ ފުރަތަމަ ފަހަރަށް ދިމާވެއްޖެ، ހުރީ އުފަލުން ފޮޅިފައި

އިނގިރޭސިވިލާތުގެ ލެޖެންޑު އަދި ވިޔަފާރިވެރިޔާ ޑޭވިޑް ބެކަމްގެ މަންމަ، ސަންޑްރާ ބެކަމް ފުރަތަމަ ފަހަރަށް ލިއޮނެލް މެސީއާއި ދިމާވެއްޖެއެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މެސީ އާއި ސަންޑްރާ ދިމާވީ، މިހާރު މެސީ ކުޅެމުންދާ އަދި ބެކަމްގެ ހިއްސާ އޮންނަ އިންޓަ މިއާމީގެ ފަރިތަކުރުންތަކެއްގެ ތެރެއިންނެވެ. އެ ޚާއްސަ ވަގުތުކޮޅުގެ ފޮޓޯއެއް ނަގައި ބެކަމް ވަނީ އެ ވަގުތުކޮޅު ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައެވެ.

އެ ފޮޓޯތަކުން ފެނަން ގޮތުން މެސީއާއި ދިމާވުމުން ބެކަމްގެ މަންމަ، ސަންޑްރާ ހުރީ ވަރަށް އުފަލުންނެވެ. އެ ޕޯސްޓަށް ކޮމެންޓުކުރި ފަރާތްތަކުން ވެސް ވަނީ ވަރަށް ބޮޑަށް އެކަން ފާހަގަކޮށްފައެވެ.

މެސީ އާއި ބެކަމް އަކީ 2004 ވަނަ އަހަރު މެސީ، ބާސެލޯނާގެ ސީނިއާ ޓީމަށް ކުޅެން ފެށިއިރު އެންމެ ވާދަވެރި ދެ ޓީމަށް ކުޅުނު ދެ ކުޅުންތެރިންނެވެ. އެގޮތުން އޭރު ބާސެލޯނާގެ އެންމެ ވާދަވެރި ރެއަލް މެޑްރިޑަށް ކުޅުނު ބެކަމް އާއި ދެކޮޅަށް އެންމެ ފޯރިގަދަ އެލްކްލެސިކޯގެ މެޗުތަކުގައި ދެ ކުޅުންތެރިން ވަނީ ކުޅެފައެވެ.

އޭގެ ތެރެއިން ވެސް އެންމެ ޚާއްސަވަނީ 07-2006 ސީޒަނުގައި ބާސެލޯނާއި މެޑްރިޑް ކުޅުނު މެޗު 3-3 އިން އެއްވަރުވި މެޗެވެ. އެއީ އެ ދެކުޅުންތެރިން އެންމެ ފަހުން އެއް މެޗަކުން ފެނުނު މެޗަށްވާއިރު، އެ މެޗުގައި މެސީ ވަނީ އޭނާގެ ފުރަތަމަ އެލްކްލެސިކޯގެ ހެޓްރިކް ހަދާފައެވެ. އޭރު މެސީގެ އުމުރުން 19 އަހަރެވެ.

އެއަށް ފަހު އޭރުގެ 31 އަހަރުގެ ބެކަމް، ރެއަލް މެޑްރިޑް ދޫކޮށް ބަދަލުވީ އެމެރިކާގެ އެލްއޭ ގެލެކްސީއަށެވެ. 

އޭގެ 16 އަހަރު ފަހުން 2023 ވަނަ އަހަރު މެސީ އިންޓަމިއާމީ އަށް ބަދަލުވިއިރު، އެ ޓްރާންސްފާގައި ވެސް ބެކަމްގެ ހިއްސާ ވަރަށް ބޮޑެވެ. މިހާރު މެސީ އަކީ އިންޓަމިއާމީ ކުޅޭ މޭޖާ ލީގު ސޮކާާ (އެމްއެލްއެސް)ގެ މި ސީޒަނުގައި އެންމެ ގިނަ ލަނޑާއި އެސިސްޓު ހެދި ކުޅުންތެރިޔާއެވެ. އަދި މިހާތަނަށް އޭނާ ވަނީ އިންޓަމިއާމީއަށް 71 ލަނޑާއި، 36 އެސިސްޓު ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.