ނިޔާވި ދެ މީހުން --
ރިޕޯޓް
23 Oct 2025 | 18:58
އިބްރާހިމާއި ފަރަހަނާޒްގެ ހަށިގަނޑު ހޮސްޕިޓަލްގައި, ވަޅުލެވޭނެ އިރެއް ނޭންގެ

އިއްޔެގެ ވަގުތެއްގައި ނިޔާވި އައްޑޫ ސިޓީ ހިތަދޫ ކްރޭންގޭ އިބްރާހިމް އަބްދުﷲ (60އ) އަދި މަރަދޫ ނާރެސް، ފަރުހަނާޒް ރަޝީދު (52އ) ގެ ހަށިގަނޑު އަދިވެސް އޮތީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގަ އެވެ.

އިބްރާހިމާއި ފަރުހަނާޒްއަކީ ދެމަފިރީންނެވެ. ހިތަދޫއަށް ދިރިއުޅުން ބަދަލުކުރީ ދާދި ފަހުންނެވެ. އަމިއްލަ ގެއަށް ދިރިއުޅުން ބަދަލުކުރި ފަހުން ވީ ވެސް ދެތީން ދުވަހެވެ. އެ ދެމަފިރީން އާ ގެއަށް ބަދަލުވީ ގޭގެ މަސައްކަތް މުޅީން ނުނިމެނީހެވެ. 

ހިތަދޫގައި ފިހާރައެއް ވެސް ހިންގާ އެ ދެމަފިރީންގެ ހަބަރެއް އެންމެ ފަހުން އަންގާރަ ދުވަހު އެވެ. އެ ދުވަހުގެ އިރުއޮއްސުނު ފަހުން ދެ ފަރާތު އާއިލާގެ އެއްވެސް މީހަކަށް ހަބަރެއް ނުވެ އެވެ. ފިހާރައެއް ނުހުޅުވަ އެވެ. ގޭގެ މަސައްކަތްތަކުގައި ބުރަކޮށް އުޅެން ޖެހުމުން ފިހާރަ ނުހުޅުވުނީ ކަމަށް ބައެއް މީހުން ހީކުރި އެވެ.

ނަމަވެސް ފޯނަށް ޖަވާބެއް ނުލިބި އިބްރާހިމާއި ފަރުހަނާޒްގެ އެއްވެސް ހަބަރެއް ނުވެގެން އާއިލާގެ ބަޔަކު އެ މީހުންގެ އައު ގެއަށް ދިޔަ އެވެ. ޓަކިޖަހާ, ގޮވާގޮވާ ބަލިވީއިރު ވެސް ހަބަރެއް ނުވި އެވެ. ކަމެއް ގޯސްވީ ކަމަށް ބަލާ ފުލުހަށް ރިޕޯޓް ކުރީ އެ ހިސާބުންނެވެ. އެގެއަށް ފުލުހުން ވަނީ ޓިނު ނަގައިގެންނެވެ.

ދެ މީހުން ނިޔާވެފައި އޮއްވާ ފެނުން

އިބްރާހިމާއި ފަރުހަނާޒް ވެއްޓިފައި އޮއްވާ ފެނުނީ އެ ގޭގެ ފާހާނާ ތެރެއަށެވެ. އެ ތަނުގައި މަސައްކަތް ކުރަން އުޅުނު ކަމުގެ ނިޝާން ފެންނަން ހުއްޓެވެ. އިބްރާހިމްގެ ބޯ އޮތީ ފެޅިފަ އެވެ. އެހެން ކަމުން ބެލެވެނީ އޭނާ ވެއްޓުނީ ކަމަށެވެ.

ކައިރީގައި އޮތް ފަރުހަނާގެ ހަށިގަނޑުން ވެސް ކޮންމެވެސް ވަރެއްގެ ކުދިކުދި ޒަހަމްތައް ފެންނަން ހުރި ކަމަށް އާއިލާ އިން ބުނެ އެވެ.

ފެނުނުއިރު ދެ މީހުން ވެސް އޮތީ ނިޔާވެފަ އެވެ. ބެލެވޭ ގޮތުން އިބްރާހިމް މަރުވިތާ އިރުތަކެއް / ގަޑިއިރުތަކެއް ވެއްޖެ އެވެ. ހަށިގަނޑު ހަރުވެފައި ވުމުން އެކަމަށް ހެކި ދެ އެވެ.

އިބްރާހިމާއި ފަރުހަނާޒް ނިޔާވި ސަބަބާއި ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ. އިއްޔެ ބުނިހާ ވެސް އެއްޗަކީ ޝައްކު ކުރެވޭ ފަދަ ކަމެއް ނެތެވެ. މާނަ އަކީ އެއީ މީހަކު ކުރި ކަމެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބުނެވޭނެ ހެއްކެތް ނެތް ކަމެވެ.

ގިނަ ބަޔަކު އިއްތިފާގުވާ ގޮތަކީ އެގެއަށް ކަރަންޓް ދިނުމަށް ގެނެސްފައި ހުރި އިންޖީނުން ދިމާވި ކަމަކުން ދެ މީހުން ވެސް ނިޔާވީ ކަމަށެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ދެ މީހުން ނިޔާވީ އިންޖީނުގެ ދުމުގެ ސަބަބުންނެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި އިބްރާހިމް ނިޔާވީ ކަރަންޓްގައި ޖެހިގެންނެވެ. 

ހަށިގަނޑު ހޮސްޕިޓަލްގައި, އާއިލާގެ އެދުމަކީ އަވަހަށް ވަޅުލުން

އިބްރާހިމާއި ފަރުހަނާޒްގެ ހަށިގަނޑު މިވަގުތު އޮތީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގަ އެވެ. ފިނިކޮށާރުގައި ބާއްވާފައި އޮތީ ފުލުހުންގެ ތަހުގީގަށެވެ. ނަމަވެސް މިހާރު ބަލަނީ ކޮންކޮން ކަންތައްތަކެއް ކަމެއް ފުލުހުން ނުބުނެ އެވެ.

ވޮއިސް އިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ފުލުހުން ވަކި ޖަވާބެއް އަދި ނުދެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ފުލުހުން ދަނީ ޕޯސްޓްމޯޓަމް ހެދުމާމެދު ގޮތެއް ނިންމަމުންނެވެ. ގޮތް ނޭންގޭ މަރުތަކާއި ގުޅިގެން ޕޯސްޓްމޯޓަމް ހެދުން މިހާރު ލާޒިމެވެ. ގޮތެއް ނިންމަނީ އެހެންވެ ކަމަށް ވެދާނެ އެވެ.

ނަމަވެސް އިބްރާހިމާއި ފަރުހަނާޒްގެ ހަށިގަނޑު ވަޅުނުލެވި މިހާ ބޮޑަށް ލަސްވުމަކީ އާއިލާގެ ކަންބޮޑުވުމެކެވެ. އާއިލާ އިން ވަނީ އެ ކަންބޮޑުވުން ފުލުހުންނާއި ވެސް ހިއްސާކޮށްފަ އެވެ. އާއިލާގެ އެދުމަކީ ވީހާވެސް އަވަހަށް އިބްރާހިމާއި ފަރުހަނާޒްގެ ހަށިގަނޑު ހަވާލުކޮށް ދިނުމެވެ. ޖަނާޒާގެ ކަންކަން ނިންމާ އަވަހަށް ވަޅުލެވޭނެ ގޮތެއް ނުވެ އެވެ. އެއީ ދެމަފިރީންނަށް އާއިލާއަށް ކޮށްދެވޭނެ އެންމެ ފަހުގެ އެންމެ މުހިންމު ކަމެވެ.

ނަމަވެސް ފުލުހުންގެ ވަކި ޖަވާބެއް އަދި ނުލިބޭތީ އިބްރާހިމާއި ފަރުހަނާޒްގެ ހަށިގަނޑު ވަޅުލެވޭނެ އިރެއް ނޭންގެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް