ކަސްޓަމްސް
ހަބަރު
28 Oct 2025 | 18:50
ކަސްޓަމަށް ލިބެންޖެހި ނުލިބިވާ ފައިސާ: ލިސްޓްގެ އެންމެކުރީގައި ސަލްޓަންސް

މޯލްޑިވްސް ކަސްޓަމްސްއަށް ފައިސާ ދައްކަންޖެހި މިހާތަނަށް އެ ފައިސާ ނުދައްކައި ދިގުލައިގެންދިޔަ ފަރާތްތަކުގެ ލިސްޓް އާއްމުކޮށްފިއެވެ.

ކަސްޓަމްސްއިން އާއްމުކުރި މި ލިސްޓްގައި އެތައް އަހަރެންވަންދެން އެ އިދާރާއަށް ފައިސާ ދައްކަންޖެހި ނުދައްކާ ފަރާތްތައް ހިމެނެއެވެ. މި ލިސްޓަށް ބަލާއިރު އެންމެ ކުރީގައި އޮތީ، މިފަދަ މައްސަލަ ތަކުގައި މަޝްހޫރު ކުންފުންޏެއްކަމަށްވާ ސަލްޓަންސް އޮފް ދަ ސީސްއެވެ. އެކުންފުނިން ކަސްޓަމްސްއަށް 110 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހެއެވެެ. އޭގެ ތެރޭގައި އިމްޕޯޓް ޑިއުޓީ އާއި ކަސްޓަމްސްގެ ގަވާއިދުތަކަށް އިހުމާލުވުމުން ދައްކަންޖެހޭ ފައިސާ ހިމެނެއެވެ.

ސަލްޓަންސްގެ މި 110 މިލިއަން ރުފިޔާއަކީ އެކުންފުނިން އޮޅުވާލައިގެން ދެ ލޯންޗެއް އެތެރެކުރުމުން އިމްޕޯޓް ޑިއުޓީ އާއި ޖޫރިމަނާގެ ގޮތުގައި ދައުލަތައް ދައްކަންޖެހުނު ފައިސާއެވެ. މި މައްސަލަ 2020 ވަނަ އަހަރު ސްޕްރީމް ކޯޓުން ބެލުމަށްފަހު އެ ކޯޓުން ވަނީ އެއީ ސަލްޓަންސް ކުންފުނިން ދައްކަންޖެހޭ ފައިސާއެއްކަމަށް ހުކުމްކޮށްފައެވެ. އެ ލޯންޗުތައް އެކުންފުނިން ގެނެސްފައިވަނީ 2007 އަދި 2008 ވަނަ އަހަރުގެ ތެރޭގައިކަން ކޯޓުގެ ގަޒިއްޔާތަކުން އެނގެއެވެ.

ސަލްޓަންސްގެ އިތުރުން ދެން އެންމެ ގިނައިން ކަސްޓަމަށް ފައިސާ ދައްކަންޖެހެނީ ވޭޕް އެތެރެކުރުމުގެ މައްސަލާގައި ޖޫރިމަނާކުރި މާފިނިވާގޭ އަޝްރަފް ރަޝީދެވެ. އޭނާ ދައްކަންޖެހޭ އަދަދަކީ 72.2 މިލިއަން ރުފިޔާއެވެ. 

ކަސްޓަމްސްގެ މި ލިސްޓްގައި 600 އަށްވުރެ ގިނަ މީހުން ހިމެނޭއިރު، މީގެ ތެރޭގައި ގިނައީ އިމްޕޯޓް ޑިއުޓީ ނުދައްކާ މީހުންގެ އިތުރުން ދުންފަތާއި ވޭޕްގެ އުފެއްދުންތައް އެތެރެކުރުމުން ކޮށްފައިވާ ޖޫރިމަނާ ދައްކަންޖެހޭ މީހުންނެވެ. މީގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިންގެ އާއިލާއަށް ނިސްބަތްވާ ފަރާތްތަކާއި ރާއްޖެއިން ބޭރުގެ މީހުން ހިމެނެއެވެ.

ކަސްޓަމްސްއިން އެކުލަވާލި އުސޫލުގެ ދަށުން ކޮންމެ ދެމަހަކުން އެއްފަހަރު އެ އޮތޯރިޓީއަށް ފައިސާ ނުދައްކާ މީހުންގެ ލިސްޓް އާއްމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކަސްޓަމަށް ފައިސާ ނުދައްކައިގެން އާއްމުކުރި ލިސްޓް:

https://customs.gov.mv/News/List

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
24 Sep 2026
މަގުތައް ހެދުމުގެ މަޝްރޫއުއާ ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ޗައިނާ ސަފީރު
އެގޮތުން މި ދެ މަޝްރޫއު ވެސް މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
24 Sep 2026
އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
24 Sep 2026
ސްކޭމްތަކުގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޖެހުނު
ސްކޭމްތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި މިހާތަނަށް 1580 މީހުން ޖެހުނުއިރު، 15.06 މިލިއަން ރުފިޔާ ފޭރިގަތްކަމަށެވެ.
24 Sep 2026
ސީއެޗްއެސްސީ މީޑިއާ ކްލަބްގެ ކުރު ފިލްމް ފެސްޓިވަލް މިރޭ؛ ކުރީގެ މަޝްހޫރު ބަތަލާ ޝީރީންގެ ފެނިލުމެއް
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ރަޔާން ބުނީ، އޭނާގެ މައިގަނޑު އަމާޒަކީ އުމުރަކީ އިންސާނެއްގެ ހުނަރާއި ޝައުގުވެރިކަން ހުއްޓުވޭނެ ކަމެއް ނޫންކަން ހާމަކޮށްދިނުން ކަމަށެވެ. އަދި ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އިންސާނާގެ ކިބައިގައިވާ ހުނަރު ދެމިއޮންނަކަން ދައްކުވައިދިނުމަކީ ވެސް މި ފިލްމު އުފެއްދުމުގެ ބޮޑު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ