ރައްޔިތުންގެ މަޖިލިސް --
ހަބަރު
29 Oct 2025 | 12:43
ޝަރުއީ ކޯޓުތަކުން ރައްޔިތުންނާއި މެދު ތަފާތުކުރާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ޝަރުއީ ކޯޓުތަކުން ރައްޔިތުންނާއި މެދު ތަފާތުކުރާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ގަސްތުގައި އެކި މީހުން ތަފާތުކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްއެވެ.

އެ މައްސަލައިގައި ބުނީ އެއްވެސް މީހަކާ މެދު ތަފާތުކޮށްގެން ނުވާނެކަން ގާނޫނުއަސާސީން ވަރަށް ސާފުކޮށް އެނގެން އޮތް ނަމަވެސް، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ގަސްތުގައި އެކި މީހުން ތަފާތުކުރާކަން މި ފަހުން ފާހަގަކުރެވިފައިވާ ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް --

އަދި ޖިނާއީ ބޮޑެތި ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންނަށް ކުރު މުއްދަތެއް އަދި ކުދިކުދި މައްސަލަތަކުގައި ހިމެނޭ މީހުންނަށް ދިގު މުއްދަތެއް ޖަހާކަމުގެ ކަންބޮޑުވުން އެ މައްސަލައިގައި މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން މައްސަލައިގައި މެންބަރު ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި:

- އެމްޑީޕީގެ ލޫޓުވައިފި އެއްވުމުން ހައްޔަރުކުރި މީހުން 15 ދުވަހަށް ބަންދުކުރި ނަމަވެސް، އޭޕްރީލް 18 ގައި ހިނގި ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހިމެނޭ ރައުދު އަޙްމަދު ޒިލާލު ތިން ދުވަހަށް ބަންދުކުރުމާއި

- އެއާޕޯޓުން ޑޮލަރުތައް ފޭރިގެން މައްސަލައިގައި ހައްޔަރުކުރި މީހުން އެންމެ ފަސް ދުވަހަށް ބަންދުކުރި ނަމަވެސް، ކެފޭއަކުން ކެއުމަށް ފަހު ފައިސާ ނުދައްކާ ދާން އުޅުނު މީހަކު 10 ދުވަހަށް ބަންދުކުރުމެވެ.

އެހެންކަމުން އެ ތަފާތުކުރުންތަކެއްގެ ގޮތުގައި ފާހަގަކުރައްވައި މެންބަރު ވަނީ އެ މައްސަލަ ހުށަހެޅުއްވީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ.

އެހެން ނަމަވެސް ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލައަކީ ކުއްލި މައްސަލައެއްގެ ޝަރުތު ފުރިހަމަވާ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ، އެ މައްސަލަ މަޖިލީހުން ބޭރުކުރައްވައިފައެވެ.

ކޮމެންޓް
ކަބަލުން
ބޭރުކުރާނެ ނިކަމެތި މީހާ ހުރިހާ ސަރުކާރަކުން ނިކަމެތި ކުރަނީ.
29 Oct 2025
ގުޅޭ ލިޔުންތައް
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.
25 Sep 2026
ބްރިޖުމަތިން ފުންމާލި މީހާ އެޑްމިޓްކޮށްފައި އޮއްވާ ހައްޔަރުކޮށްފި
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ބްރިޖުމަތިން މީހަކު ފުންމާލި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އެ ރޭ ދަންވަރު 00:44 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
25 Sep 2026
"ކޫލް" ބެލެނިވެރިއަކަށް ވުމަކީ ދަރިފުޅުގެ މުސްތަޤުބަލަށް އޮތް ހުރަހެއްތަ
ކޮންމެ މައެއް އަދި ބަފަޔަކީވެސް އެމީހުންގެ ދަރިންނާ އެކު ގާތް، އިތުބާރު ހިފޭ ގުޅުމެއް ބާއްވަން ބޭނުންވާނެ ބައެކެވެ. މި ޒަމާނުގައި ގިނަ ބެލެނިވެރިން މަސައްކަތް ކުރަނީ ދަރިންނަށް "ކޫލް" ނުވަތަ މާބޮޑަށް ދޫދޭ ރަހުމަތްތެރިއަކަށް ވާށެވެ. މިގޮތަށް ކަންތައް ކުރަނީ ހަރުކަށި އުސޫލުތައް ގެންގުޅުމުން ދަރިން ދުރުވެދާނެ ކަމަށް ނުވަތަ "ނޫނެކޭ" ބުނުމަކީ ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމަށް ހީކުރެވޭތީއެވެ. ނަމަވެސް، ކުޑަކުދިންގެ ނަފްސާނީ ކުރިއެރުމާ ބެހޭ އިލްމުވެރިން (ޑިވެލޮޕްމެންޓަލް ސައިކޮލޮޖިސްޓުން) ވިދާޅުވާ ގޮތުގައި، ދަރިންނަށް ލޯތްބާއި އޯގާތެރިކަމާ އެކު، ދިރިއުޅުމުގެ އިންތަކާއި، ހައްދުތަކެއް (ބައުންޑަރީތަކެއް) ވެސް ބޭނުންވެއެވެ.