ޒަހްރާން މަމްދާނީ... ފޮޓޯ: ނިއުޔޯކް ޓައިމްސް
ދުނިޔެ
04 Nov 2025 | 08:30
ނިއުޔޯކް ސިޓީގެ މޭޔަރުކަމަށް މަމްދާނީ އިންތިހާބުވެއްޖެނަމަ ދަތިކުރާނަން: ޓްރަމްޕް

ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ މަގާމް ޑިމޮކްރެޓިކްގެ ކެނޑިޑޭޓް ޒަހްރާން މަމްދާނީ ކާމިޔާބުކުރައްވައިފިނަމަ، ނިއުޔޯކަށް ދަތިކުރާނޭކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ.

ނިއުޔޯކްގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބު ކުޑަތަންވެގެން އަންނައިރު، ހިޔާލު ހޯދުމުގެ ނަތީޖާތައް ދައްކާގޮތުން މޭޔަރުކަމަށް އިންތިހާބުވުން އެންމެ ގާތީ ރިޕަބްލިކަންގެ ކެނޑިޑޭޓެއްގެ ގޮތުގައި ހުންނެވި އުމުރުން 34 އަހަރުގެ މަމްދާނީއެވެ. ނިއުޔޯކްގެ މޭޔަރުކަމުގެ މަޤާމަށް މަމްދާނީ ކުރިމަތިލައްވާނޭކަން އިއުލާނުކުރި ހިސާބުން ފެށިގެން ޓްރަމްޕް އަންނަނީ އޭނާއާ ދެކޮޅަށް ފާޅުގައި އިންޒާރުތައް ދެއްވަމުންނެވެ.

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވިދާޅުވެފައިވަނީ އެމެރިކާގެ ނިއުޔޯކް ސިޓީގެ މޭޔަރުކަމަށް މަމްދާނީ އިންތިހާބު ވެއްޖެނަމަ، އެ ސިޓީއަށްދޭ މާލީ އެހީ ވަރަށްބޮޑަށް މަދުކުރާނޭކަމަށެވެ. ފެޑަރަލް ފަންޑުން ނިއުޔޯކް ސިޓީއަށް މިހިނގާ އަހަރު 7.4 ބިލިއަން ޑޮލަރު ދީފައިވާއިރު، ޓްރަމްޕް ގަބޫލުކުރައްވާގޮތުގައި މަމްދާނީއަކީ ކޮމިޔުނިސްޓް ވިސްނުން ގެންގުޅުއްވާ ބޭފުޅެކެވެ. އެހެންކަމުން އެފަދަ ބޭފުޅެއްގެ ދަށުގައި ނިއުޔޯކް ސިޓީ ހިންގަމުންދާނަމަ، އެފައިސާ ދިނުމުގެ ބޭނުމެއްނެތްކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މުސްލިމް އާއިލާއަކަށް ނިސްބަތްވާ މަމްދާނީއަކީ ޔުގެންޑާއިން އެމެރިކާއަށް ހިޖުރަކުރި އިންޑިއާ ދަރިކޮޅުގެ މީހެކެވެ. މަމްދާނީއަކީ ފާޅުގައި ފަލަސްތީނަށް ތާއީދުކުރާ އިސްރާއީލާ ދެކޮޅު ބޭފުޅެކެވެ. ޓްރަމްޕް މަމްދާނީ އާ ދެކޮޅުވުމުގެ އެންމެ ބޮޑު ސަބަބަކީ ސީދާ އެމެރިކާ ދަރިކޮޅުގެ މީހަކަށް ނުވުމާއި، މުސްލިމަކަށް ނިސްބަތްވުމުގެ އިތުރުން އޭނާގެ ސިޔާސަތުތައް އިސްރާއީލާ ދެކޮޅުވުމެވެ. އަދި އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ދިނުމާއި އަސްކަރީ ކަންކަމުގައި ވާގިވެރިވުމަކީވެސް މަމްދާނީ ފާޅުގައި ދެކޮޅު ހައްދަވަމުން އަންނަ ކަމެކެވެ.

ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނަށް ބަލާއިރު، އެންމެފަހުން ހިޔާލު ހޯދުމުގެ ނަތީޖާތައް ދައްކާގޮތުން އަދިވެސް ކުރީގައި އުޅެނީ މަމްދާނީއެވެ. ފަހުން އިންތިހާބަށް އަމިއްލަ ގޮތުން ނިކުންނެވި ކޫމޯ އަދި ރިޕަބްލިކަންގެ ކެނޑިޑޭޓް ކާޓިސް ސްލިވާ އުޅެނީ މަމްދާނީއަށްވުރެ މާބޮޑަށްވެސް ފަހަތުގައެވެ.

ހިޔާލުހޯދުމުގެ ޕޯލް: އޭޖޭ ލެބްސް/ނިއުސް އޭޖެންސީ

އެމެރިކާގެ ނިއުޔޯކްގެ މޭޔަރުކަމުގެ މަޤާމަށް އިދިކޮޅު ޑިމޮކްރެޓިކުން ވާދަކުރައްވާނޭ ބޭފުޅެއް ކަނޑައެޅުމަށް ނެގި ވޯޓު މަމްދާނީ ކާމިޔާބުކުރެއްވީ ނިއު ޔޯކް ސްޓޭޓްގެ ކުރީގެ ގަވަރުނަރު ކަމުގެ މަޤާމު ފުރުއްވާފައިވާ އެންޑްރޫ ކޫމޯ އާ ވާދަކޮށެވެ. އޭނާއަކީ އިސްރާއީލާއި އެމެރިކާގެ ބޮޑެތި ވިޔަފާރިވެރިންގެ ވަރަށްބޮޑު މަދަދުވެރިކަމެއް ލިބިގެން ނިކުތް ބޭފުޅެކެވެ.

ނިއުޔޯކް ސިޓީއަށް މޭޔަރަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ރާއްޖެގަޑިން މިއަދު ހަވީރެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް