މެމްބަރު ނާޒިމް.. ފޮޓޯ: މަޖިލިސް
ހަބަރު
04 Nov 2025 | 11:40
ހެކި ވަޒަން ނުކުރެވި ކުށްވެރިން މިނިވަންވެގެންދޭ: ނާޒިމް

ކޯޓުތަކަށް ހުށަހެޅޭ އެކި މައްސަލަތަކުގައި ހެކި ވަޒަން ނުކުރެވި ކުށްވެރިން މިނިވަންވެގެންދާ މައްސަލަ ބޮޑުަކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ހެތްކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު އަސްލަމް ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން މެމްބަރު ނާޒިމް ވިދާޅުވީ، ހެތްކާ ގުޅޭ އެކިއެކި ކަންތައްތަކުގެ ސަބަބުން ކުށްވެރިން މިނިވަންވެގެންދާ ތަން އިތުރުވަމުންދާކަމަށެވެ. ހެތްކާބެހޭ ޤާނޫނު އައިފަހުންވެސް މިކަން އެމަގުން ހިނގަމުންދާކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ ހެކި ބަލައިގަތުމުގެ މައްސަލަތަކާއި ހެކި ވަޒަންކުރުމުގެ މައްސަލަތައް ފާހަގަ ކުރެވޭކަމަށެވެ.

ނާޒިމް ވިދާޅުވީ ޓެކްނޮލޮޖީއަށް މިހާރު އައިސްފައިވާ ބަދަލުތަކާއެކުވެސް ހެތްކާބެހޭ ޤާނޫނަށް އިސްލާހް ގެންނަން ޖެހޭކަމަށާއި، އިލެކްޓްރޯނިކަލީ ހެކި ބަލައިގަތުމާއި އަދި ހެކި ގެންގުޅެންވާ ގޮތާއި ޗެއިން އޮފް ކަސްޓަޑީއާއި މި ކަންތައްތަކަށް ބަލާއިރުވެސް ހެތްކާބެހޭ ޤާނޫނަށް ބަދަލު ގެންނަން ޖެހޭކަމަށެވެ.

މިމޭރުމުން ވާހަކަދައްކަވަމުން ނާޒިމް ވަނީ ދާދިފަހަކުން ކޯޓުތަކުގައި ހިނގާދިޔަ މިފަދަ ބައެއް މައްސަލަތައް ފާހަގަކުރައްވާފައެވެ. އެގޮތުން ބޭންކްތަކުގެ ބައެއް ޑޮކިއުމެންޓްތަކުގައި ސައްޙަކަން ކަށަވަރުކުރުމާ ބެހޭ ބައެއް ކަންތައްތަކުގައި އަދި ސުޕްރީމް ކޯޓު ދާދި ފަހުން ނެރުނު ހުކުމެއްގައި ވެސް ބޭންކުގެ އޮޑިޓަލް ތައްގަނޑު އޭގައި ޖަހާފައި އެއީ ބޭންކުން ޖެހި ތައްގަނޑެއް ނޫން ކަމަށް ބޭންކުން ބުނި މައްސަލަ ފާހަގަކޮށްލެވެއެވެ.

ކުރީގެ ޕޮރޮސެކިއުޓަރ ޖެނެރަލްއަށް ހަމަލާދިން ފަރާތްތައް ވެސް މިނިވެގެން ދިޔައީ، ސީސީޓީވީ ފުޓޭޖު ފެނޭ އެކަމަކު ސީސީޓީވީގެ ގަޑި އެ ސްކްރީނުން ފެންނަން އޮންނަ ގަޑި ދިމާނުވެގެން

ނާޒިމް ވިދާޅުވިއެވެ

ހެތްކާ ބެހޭ ބިލަށް ހުށަހެޅިފައިވާ އިސްލާހަށް ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޢަފޫރު ވިދާޅުވީ ހެއްކާ ބެހޭ ގާނޫނަކީ މިހާރު ވެސް ވަރަށް ފުރިހަމައަށް ތައްޔާރުކުރެވިފައިވާ ގާނޫނެއް ކަމަށާއި، އެ ގާނޫނު ތައްޔާރުކުރީ ކަމާބެހޭ ފަރާތްތައް މި މަޖިލީހަށް ގެނެސްގެން ކަމަށެވެ. ޒަމާނާ އެއްވަރަށް ޤާނޫނުތައްވެސް ބަދަލުވާންޖެހޭނެކަން ގަބޫލުކުރައްވާަކަން ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް ހުރިހާ ކަމަކީ ގާނޫނު މައްސަލައެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެގޮތުން ފަނޑިޔާރުންވެސް އަދުލުވެރިވާންޖެހޭކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.

ބައެއް ފަނޑިޔާރުން ފައިސާ ހޯދުމަށް އެ މައްސަލައިގައި ސަލާމަތްވޭނެ ގޮތްތައް ކިޔައިދޭ މަންޒަރު ވެސް އަޅުގަނޑު މެންނަށް ބައެއް ފަހަރަށް ފެނޭ. އަޅުގަނޑު މި ދަންނަވަނީ ރާއްޖޭގެ މަސައްކަތް ކުރާ ހުރިހާ ފަނޑިޔާރުންނަކީ ގޯސް ފަނޑިޔާރުނެއް ނޫން އެހެންނަމަވެސް ހަމަ އެކަށީގެންވާ ގޯސް ހަދާފައި ފަނޑިޔާރުން އެބަ އުޅޭ 

ޤަފޫރު ވިިދާޅުވިއެވެ

މެމްބަރު އިތުރަށް ވިދާޅުވީ މަޖިލީހުން ފަނޑިޔާރުންގެ އިނާޔަތްތަކާ ކަންކަން އެބޭފުޅުން އެދޭގޮތަށް ރަނގަޅުކޮށްދެމުންދާއިރު، ފަނޑިޔާރުންގެ ފަރާތުން އަދުލުވެރިކަމާއެކު މަސައްކަތް ކުރާތަން ފެންނަންޖެހޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.