ލަންކާ ސިފައިން އަތުލައިގަތް ޑްރަގް ބޯޓު
ހަބަރު
04 Nov 2025 | 11:42
ޑުރަގު ބޯޓާ ގުޅޭގޮތުން ލަންކާއިން ކުރި ތުހުމަތުތައް ދިވެހި ފުލުހުން ދޮގުކޮށްފި

އަވައްޓެރި ސްރީލަންކާ ސިފައިން އަތުލައިގަތް ޑްރަގް ބޯޓާ ގުޅޭގޮތުން އެޤައުމުން ކުރި ތުހުމަތުތައް ރާއްޖޭގެ ފުލުހުން ދޮގުކޮށްފިއެވެ.

ސްރީލަންކާގެ ސިފައިން ވަނީ އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ހިމެނޭ ބޯޓެއް އަތުލައުގަތްކަން ހާމަކޮށްފައެވެ. ސްރީލަންކާގެ ނޫސްތަކުން ބުނެފައިވަނީ އެ ބޯޓަށް މަސްތުވާތަކެތި ބަރުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުންކަމަށެވެ. އެކަން އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާކަމަށްވެސް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފައިވަނީ، އެއީ ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކޮށްގެން ދިޔަ ބޯޓެއް ނޫންކަމަށް ބުނެފައެވެ.

ޝްރީލަންކާގެ ރަސްމީ އިދާރާތަކުން ވަނީ، 355 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓަކީ، ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫން

މޯލްޑިވްސް ޕޮލިސް ސާވިސް

ސްރީލަންކާގެ ނޫސްތަނުން ރިޕޯޓްކޮށްފައިވާގޮތުން ސްރީ ދޭވީ ނަމަކަށްކިޔާ ބޯޓް ލަންކާ ނޭވީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އާދިއްތަދުވަހުން ފެށި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެ ބޯޓު އަތުލައިގަތުމަށްފަހު ވަނީ ލަންކާގެ އައްސޭރިފަށުގެ ބަނދަރެއްކަމަށްވާ ޑިކޮވިޓާއަށް ވައްދާފައެވެ.

މި ބޯޓުގައި 251 ކިލޯ 18 ގްރާމް ކްރިސްޓަލް މެތާއި 85 ކިލޯ ހެރޮއިން ހުރިކަމަށް ލަންކާގެ ނޫސްތަކުން ވަނީ ބުނެފައެވެ. މި މައްސަލާގައި ބޯޓުގައި ތިބި މީހުންގެ މުއްދަތު ޖަހާފައިވާއިރު، އޭގައި ތިބީ ކޮން ޤައުމުތަކަކަށް ނިސްބަތްވާ ބައެއްކަމެއް އަދި ހާމައެއް ނުކުރެއެވެ. މަސްވެރިކަމަށް ބޭނުންކުރި އުޅަނދެއް ނަމަވެސް ބޯޓު އަތުލައިގަތްއިރު މަސްވެރިކަމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ނެތްކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.