ރައްޔިތުންގެ މަޖިލީސް
ހަބަރު
04 Nov 2025 | 15:21
އެސްއީޒެޑް ޤާނޫނަށް ގެނައި އިސްލާހް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޤާނޫނަށް ސަރުކާރުގެ ފަރާތުން ގެނައި އިސްލާހްތައް މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން އެސްއީޒެޑް ޤާނޫނަށް އިސްލާހް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އެވެ. ބިލް ހުށަހަޅުއްވަމުން ސުޖާއު ވިދާޅުވެފައިވަނީ، މި ބިލް ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ސިނާއީ، އިޖްތިމާއީ، އިގްތިސާދީ މާލީ އަދި އުމްރާނީ ތަރައްގީއަށް ބޭރުގެ އިންވެސްޓުމެންޓުތައް އިތުރުކޮށް، އެ އިންވެސްޓުމެންޓުތަކުން ރާއްޖެއަށް ލިބޭ ބޭރު ފައިސާ އިތުރުކުރުންކަމަށެވެ.

ބިލުގެ އިބްތިދާއީ ބަހުސަށްފަހު، މި ބިލް ފޮނުވާފައިވަނީ ބޮޑެތި ކަންކަން ނިންމާ މުޅި މަޖިލީހުގެ ކޮމިޓީއަށެވެ. މުޅި މަޖިލީހުގެ ކޮމިޓީން ވަނީ މި ބިލް ފާސްކޮށްފައެވެ. ބިލް ފާްކުރީ 55 މެމްބަރުންގެ ވޯޓާއެކުއެވެ. ނުފެންނަކަމަށް ވޯޓު ދެއްވީ 9 މެމްބަރެކެވެ.

އެސްއީޒެޑް ޤާނޫނަށް ހުށަހެޅި އިސްލާހުގެ ދަށުން އެސްއީޒެޑް ގާނޫނުގެ ގިނަ މާއްދާތަކަކަށް ވަނީ ބަދަލު ގެނެސްފައެވެ. އޭގެ ތެރޭގައި އެސްއީޒެޑްގައި ހިންގާ އިންވެސްޓްމަންޓެއްގެ އަގު 500 މިލިއަން ޑޮލަރަށްވުރެ ކުޑަ ނުވާގޮތަށް ބަދަލުކުރުން ހިމެނެއެވެ. މީގެ އިތުރުން އެ ޤާނޫނުގެ ނުވަ ވަނަ މާއްދާ އަދި 17 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމާއި، 20 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމާއި، 22 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުން ހިމެނެއެވެ. އަދި "ވިޔަފާރި ފައިދާއިން ނަގާ ޓެކްސް" މި އިބާރާތް "ވިޔަފާރި އާމްދަނީއިން ނަގާ ޓެކްސް" އަށް ބަދަލުކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން މި ބިލް މިހާރު އޮތްގޮތުން ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުގައި އިންޓަރގްރޭޓެޑް ޓޫރިޒަމްގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރިވެސް ކުރެވޭނެއެވެ.

މި ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން ހަދަންޖެހޭ ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ގެޒެޓްކޮށް ޝާއިޢުކުރަންޖެހެއެވެ.

.


ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.