ތިލަމާލެ ބުރިޖުގެ މަސައްކަތުގައި މީހަކު ހަރަކާތްތެރިވަނީ -- ވޮއިސް ފޮޓޯ
ވިޔަފާރި
08 Nov 2025 | 13:12
ބަޖެޓު ފޯކާސްޓް: އިގްތިސާދު ކުރިއަރައި، ރަސްމީ ރިޒާވް 903.7 މިލިއަން ޑޮލަރަށް އިތުރުވާނެ

މި އަހަރަށް ވުރެ އަންނަ އަހަރު ނިމޭއިރު ރަސްމީ ރިޒާވް 55 މިލިއަން ޑޮލަރު ނުވަތަ 848.1 މިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ރިޕޯޓުގައި އަންދާޒާކޮށްފިއެވެ.

މި އަހަރު ނިމޭނެއިރު ދައުލަތުގެ ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކުރެވެނީ 848.6 މިލިއަން އެމެރިކާ ޑޮލަރުގައެވެ. އެއީ ހުސްވި އަހަރަށް ވުރެ ގާތްގަޑަކަށް 174.7 މިލިއަން ޑޮލަރު ނުވަތަ 25.9 އިންސައްތަ އިތުރު އަދަދެކެވެ.

އެގޮތުން 2020 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރި އަދަދުތަކަށް ބަލާއިރު:

- 2020 ވަނަ އަހަރު 984.9 މިލިއަން ޑޮލަރު 

- 2021 ވަނަ އަހަރު 805.8 މިލިއަން ޑޮލަރު

- 2022 ވަނަ އަހަރު 832.1 މިލިއަން ޑޮލަރު

- 2023 ވަނަ އަހަރު 590.5 މިލިއަން ޑޮލަރު

- 2024 ވަނަ އަހަރު 673.9 މިލިއަން ޑޮލަރު

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ފޮތް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާލީ ވުޒާރާގެ އަންދާޒާތަކުން ދައްކާ ގޮތުން، 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެވްރެޖް ގޮތެއްގައި 15 އިންސައްތައިގެ ކުރިއެރުމެއް ރިޒާވަށް ދަނީ ލިބެމުންނެވެ. އެގޮތުން ބަލާއިރު އަންނަ އަހަރު ވެސް 903.7 މިލިއަން ޑޮލަރު ނުވަތަ 13.93 ބިލިއަން ރުފިޔާއަށް ރަސްމީ ރިޒާވު އިތުރުވާނެ ކަމަށް މާލީ ވުޒާރާއިން ވަނީ އަންދާޒާކޮށްފައެވެ. 

އެގޮތުން މުޅި އިގްތިސާދަށް ބަލާއިރު، 2026 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 5.3 އިންސައްތައިގައި ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭއިރު، 2026 ވަނަ އަހަރާއި 2028 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް އަންދާޒާކުރެވެނީ 4.9 އިންސައްތައިގައި ކަމަށް ވެސް މާލީ ވުޒާރާއިން އަންދާޒާކުރެއެވެ.

އެގޮތުން ނޮމިނަލް ޖީޑީޕީ ނުވަތަ އެ ދުވަސްވަރެއްގެ ބާޒާރުގެ އަގުތަކަށް ބަލާއިރު އުފެއްދުންތެރިކަމުގެ މިންވަރު ހުންނާނެ ނިސްބަތަށް ބަލާއިރު، 2024 ވަނަ އަަހަރު މުޅިން އަލަށް ނޮމިނަލް ޖީޑީޕީ 100 ބިލިއަން ރުފިޔާ ހުރަސްކޮށްފައިވާއިރު، ކުރިޔަށް އޮތް އަހަރު ނޮމިނަލް ޖީޑީޕީ ގާތްގަޑަކަށް 15 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެއީ މި އަހަރާއި އަޅާބަލާއިރު ގާތްގަޑަކަށް ހަތް އިންސައްތައިގެ އިތުރުވުމެކެވެ. 

ނޮމިނަލް ޖީޑީޕީގެ ކުރިއެރުމުން ބަލާއިރު މި އަހަރު ޖީޑީޕީ ޑީފްލޭޓާ ނުވަތަ އިގްތިސާދީ ދާއިރާތަކުގެ އަގުތައް 1.6 އިންސައްތައިގައި ކުރިއަރާނެ ކަމަށް އަންދާޒާކުރާއިރު، މި އަންނަ އަހަރު ވެސް އެ މިންގަނޑު 1.6 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް ވެސް އެ ވުޒާރާއިން އަންދާޒާކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.