މާލީ ވަޒރު އަދި ފިނޭންސްގެ ބަޖެޓް އިސް އޮފިސަރުން ބަޖެޓް ދިރާސާކުރާ ކޮމިޓީގައި... ފޮޓޯ: މަޖިލިސް
ހަބަރު
10 Nov 2025 | 15:12
ޤައުމީ ދިފާއީބާރުގެ ބަޖެޓް ބޮޑުވި ސަބަބު މާލީ ވަޒީރު ސާފުކޮށްދެއްވައިފި

ކުރިއަށްއޮތް 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅިއިރު، ޤައުމީ ދިފާއީ ބާރުގެ ބަޖެޓް ބޮޑުވި ސަބަބު، މާލީ ވަޒީރު މޫސާ ޒަމީރު ސާފްކޮށްދެއްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި އިދިކޮޅު އެމްޑީޕީގެ މެމްބަރު ޢަބްދުލްޢަފޫރު މޫސާ (ގަޕޯ) މިއަދު ވަނީ  އެމްއެންޑީއެފާއި ފުލުހުންގެ ބަޖެޓް ބޮޑުކުރަންޖެހުނު ސަބަބާ ބެހޭގޮތުން ސުވާލުކުރައްވާފައެވެ. ގަޕޯގެ ސުވާލަށް ޖަވާބުދެއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ޤައުމީ ދިފާއީ ބާރާއި ފުލުހުންގެ ބަޖެޓް މައިގަނޑުގޮތެއްގައި ބޮޑުވެގެން ގޮސްފައިވަނީ މިފަހުން މުސާރަތަކަށް ގެނައި ބަދަލާ ގުޅިގެންކަމަށެވެ.

މީގެ އިތުރުން ނޭޝަނަލް ސަރވިސް ޕްރޮގްރާމް ފެށުމާއި، އެ ޕްރޮގްރާމްގެ ތެރެއިން ނިކުންނަ ބައެއް ކުދިން ޤައުމީ ދިފާއީ ބާރުން ވަޒީފާގެ ފުރުސަތު ލިބިގެންދާއިރު، އެކަމަށްވެސް ބަޖެޓްކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހޯދައި ދިނުމާއި އަދި ރާއްޖޭގެ މިހާރު ދިމާވެފައި އޮތް ޒުވާނުންނަށް ދިމާވެ މައްސަލަ ހައްލުކުރުމަށް ޓަކައި  އެމްއެންޑީއެފް މެދުވެރިކޮށް ޓްރެއިނިން ދިނުމާއި އަދި ޓްރެއިނިން ދޭ ކުދިންގެ ތެރެއިން ބައެއް ކުދިންނަށް އެމްއެންޑީއެފަށް ޖޮއިންކޮށް ޚިދުމަތްކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް އެހެންވީމާ އެއާ އެއްކޮށް އަންނަ ބައެއް ބަދަލުތައް އެބަހުރި

މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ

މީގެ އިތުރުން އެމްއެންޑީއެފާއި ފުލުހުންގެ ހިދުމަތަކީ އެ ދެ ދާއިރާގެ ގޮތުން ކުރާ ހަރަދުތައް ބަޖެޓް ފޮތުގައި ހިމެނިފައިނުވި ނަމަވެސް އޮންނަ އާއްމު އުސޫލުތަކުގެ ތެރެއިން ހަރަދުތައް ކުރެވޭނެ ދެ އިދާރާކަން ވަޒރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކުރި ބަޖެޓްގައި ޤައުމީ ދިފާއީ ބާރުގެ އިތުރުން ފުލުހުންނަށް ކަނޑައަޅާފައިވަނީ 2.8 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން 414.4 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ކެޕިޓަލް ހަރަދުގެ ގޮތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.