ހަމަލާދިން ސަރަހައްދުގައި ފުލުހުން..
ދުނިޔެ
10 Nov 2025 | 20:28
ދިއްލީގެ ރެޑްފޯޓްގައި ބާރުގަދަ އެއްޗެއް ގޮއްވައި 10 މީހަކު މަރުވެ، އެތައްބަޔަކު ޒަހަމްވެއްޖެ

އިންޑިއާގެ ވެރިރަށް ދިއްލީގެ ރެޑް ފޯޓުގައި ބާރުގަދަ އެއްޗެއް ގޮވައި، 10 މީހަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.

މި ހަމަލާ ދީފައިވަނީ އިންޑިއާ ގަޑިން މިއަދު އިރުއޮއްސި 06:05 ހާއިރުއެވެ. ހަމަލާއަށްފަހު ޒަހަމްވި ގިނަ އަދަދެއްގެ މީހުން ވަނީ އެލްއެންޖޭޕީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަނިޔާވި ގިނަ މީހުންނަށް ސީރިއަސް ޒަހަމްތައް ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ދިއްލީގައި ގޮއްވާލި މި ހަމަލާ ބޮޑަށް ވައްތަރީ، ބަޔަކަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއަކާކަމަށް އެޤައުމުގެ މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ.

ހަމަލާއަށްފަހު އެ ސަރަހައްދުގެ ބައެއް މަންޒަރުތައް... ފޮޓޯ: އިންޑިއާ ޓުޑޭ

މި ހަމަލާއާއެކު މުޅި އިންޑިއާއަށް ކުއްލި ސިހުމެއް އައިސްފައިވާއިރު، ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ހަމަލާ ދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި ދާހިލީ ވަޒީރު އަމިތް ޝާހަށް ގުޅައި ކަމާގުޅޭގޮތުން މުއާމަލާތްތައް ކޮށްފައިކަަމަށް އެޤައުމުގެ ނޫސްތަކުން ވަނީ ބުނެފައެވެ. މި ހަމަލާއާއެކު ދިއްލީގެ އިތުރުން ބައެއް ސިޓީތައް ވަނީ އެލާޓަށް ގެނެސްފައެވެ. މިގޮތުން ދިއްލީގެ ބައެއް މާކެޓްތައް ވަގުތުން ބަންދުކޮށް ފުލުހުން ވަނީ މަގުތަކަށް ނިކުމެ ފޯރިމަރަން ފަށާފައެވެ.

އަދި ހާއްސަކޮށް ދީނީ އަޅުކަންތައް ކުރުމަށް ހާއްސަކޮށްފައި ހުންނަ ހިސާބުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ވަރުގަދަކޮށްފައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި އެ ހަމަލާ ދީފައިވަނީ ކާރެއްގައި ގޮވާތަކެތި ހަރުކޮށްގެންނެވެ. މި ހަމަލާގެ ތުހުމަތު އަދި އެއްވެސް ފަރާތަކަށް ކޮށްފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.