މަޖިލިސް.. ފޮޓޯ: މަޖިލީޙުގެ އިދާރާ
ހަބަރު
12 Nov 2025 | 13:00
ބަޖެޓް ކޮމިޓީ އޮތުމާއެކު މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި

ބަޖެޓް ކޮމިޓީގެ ބައްދަލުވުން މިއަދު އޮތުމާއެކު މިއަދަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލައިފިއެވެ.

މަޖިލީހުގެ ޖަލްސާ މިއަދު ނިންމާލިއިރު މެމްބަރުން ބަހުސްކުރައްވަމުން ގެންދެވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވބާ ބަޖެޓާ ގުޅޭގޮތުންނެވެ. މިއަދުގެ ޖަލްސާ ނިންމަވާލެއްވިއިރު ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވާހަކަދައްކަވަމުން ގެންދެވިއިރު ވަކި ހިސާބަކުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބުރައީސް އަހުމަދު ނާޒިމް ވަނީ މިއަދު 13:00 ގައި ބަޖެޓް ކޮމިޓީ ބައްދަލުވުމެއް ބޭއްވުަމަށް ހަމަޖެހިފައިވާތީވެ، ޖަލްސާ ހުއްޓާލިކަން އިއުލާނުކުރައްވާފައެވެ. އަދި ދެން ބަޖެޓް ބަހުސް އޮންނަ ދުވަހެއްގައި މަމްދޫހަށް ފުރުސަތު ދެއްވާނޭކަމަށް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މިމަހުގެ 16 ވާ އާދިއްތަދުވަހުގެ 09:00 ޖަހާއިރުއެވެ. އާއްމުގޮތެއްގައި އާދިއްތަދުވަހަކީ މަޖިލީހުގެ ޖަލްސާ ނޯންނަ ދުވަހެކެވެ. ނަމަވެސް މުހިންމު ކަމެއް އޮވެއްޖެނަމަ ޖަލްސާ ބާއްވައެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިހާރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރިއަށްދަނީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް ބަހުސްކުރުމެވެ. 

ބަޖެޓް ބަހުސް މިހާތަނަށް ދިޔައިރު އިދިކޮޅު މެމްބަރުން ވަނީ ބަޖެޓަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ދަނީ ބަޖެޓްގެ ދިފާއުގައި ވާހަކަދައްކަވަމުންނެވެ. 

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން، ސްކޫކާއި ބޮންޑު އަނބުރައި ދެއްކުމުގެ ޚަރަދުނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާއެވެ. ބަޖެޓް ހުށަހަޅައިދެއްވަމުން ވަޒީރު ވިދާޅުވީ، 64.2 ބިލިއަން ރުފިޔާގެ އެ ބަޖެޓުން 9.3 ބިލިއަން ރުފިޔާއަކީ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
މީގެ 40 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި
ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.
02 Aug 2026
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ