ހެޔޮ އަގުގައި އާންމުންނަށް ގެދޮރުވެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބީއެމްއެލްއިން އަޅާ ޔުނިޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަނީ -- ފޮޓޯ: ބީއެމްއެލް
ހަބަރު
13 Nov 2025 | 12:02
ބީއެމްއެލްގެ 3،000 ހައުސިން ޔުނިޓު އަޅާ ބިމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހެޔޮ އަގުގައި އާންމުންނަށް ގެދޮރުވެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ބޭންކުތަކުން އަޅަން ކަނޑައަޅައިފައިވާ ހައުސިން ޔުނިޓުތަކުގެ ތެރެއިން ބީއެމްއެލްގެ ޔުނިޓުތައް އަޅާނެ ބިން ސަރުކާރުން ހަވާލުކޮށްފިއެވެ.

މިއަދު އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ ބިން ހަވާލުކުރީ އެ މަސައްކަތަށް ބީއެމްއެލްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި ކަމުގައިވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން ޕްރަައިވެޓް ލިމިޓެޑް(ބީއެމްއެލްއޭ)އާއިއެވެ.

ބީއެމްއެލްއިން މިއަދު ސޮއިކުރި ހައުސިން ސްކީމަކީ އާންމުންނަށް ގެދޮރުވެރިކަން ފުޅާކޮށް، ހެޔޮ އަގުގައި ގެދޮރު ލިބޭނެ މަގު ފަހިކޮށްދިނުމަށް އެމްއެމްއޭއިން ތައާރަފްކޮށް، ލާޒިމުކޮށްފައިވާ ގަވާއިދުގެ ދަށުން ޤާއިމްކުރާ ސްކީމެކެވެ. މި ގަވާއިދުގެ ދަށުން ރާއްޖޭގެ ހުރިހާ ކޮމާޝަލް ބޭންކުތަކުން ޖުމްލަ ލޯން ޕޯޓްފޯލިއޯގެ 10 އިންސައްތަ އާއި 15 އިންސައްތަ ދެމެދުގެ އަދަދެއް މި ސްކީމަށް ޚާއްސަކުރަން ޖެހެއެވެ.

ބީއެމްއެލްއިން ވަނީ އެކަމާއި އެއްގޮތަށް، އެމްއެމްއޭގެ ހުއްދައާއެކު ޝަރީޢާގެ ހަމަތަކާ އެއްގޮތްވާ ގޮތަށް ހިންގާނެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑް އުފައްދާފައެވެ. މި ކުންފުނި އުފައްދާފައިވަނީ އައިއެންއޭއެޗް ގަވާއިދުގެ 4(އޭ)(1) ވަނަ މާއްދާގެ ދަށުންކަމަށް ބީއެމްއެލް އިން ބުންޏެވެ. 

އެގޮތުން އެ ބިމުގެ އެއްބަސްވުންތަކުގައި ސަރުކާރުން ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްއޭގެ އެމްޑީ ހަސަން ޝާމެވެ.

އެ އެއްބަސްވުމުގެ ދަށުން، ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގެ އިތުރުން، ވިލިމާލެއިން ވެސް ބިން ވަނީ ހަމަޖައްސައިފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގައި ބޭންކްތަކުން ދޫކޮށްފައިވާ ލޯނުގެ 52 އިންސައްތަ ހިއްސާކުރާ ބޭންކްގެ ހައިސިއްޔަތުން، އެ މަސައްކަތުގައި ބީއެމްއެލްގެ ޒިންމާ ވަރަށް ބޮޑުކަމަށެވެ. 

އެހެންކަމުން އެ މަސައްކަތަށް ކުރުމަށް ބީއެމްއެލްއޭ އުފައްދައި، އެ ކުންފުނި މެދުވެރުކޮށް އެ މަސައްކަތް ކުރިޔަށްގެންދިޔުމަށް ނިންމާފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި އެ ކުންފުނީގެ ބޭނުމަކީ ހައުސިން ޔުނިޓްތައް ތަރައްގީކުރުމަށްފަހު އެ ތަންތަން ކުއްޔަށްދީ، އެ ކުލީގެ މުއްދަތު ހަމަވުމުން އެ ފަރާތަކަށް އެތަން ހިބަކޮށްދިނުން ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.