ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ވޮއިސް ފޮޓޯ
ހަބަރު
14 Nov 2025 | 22:06
އިޒްރޭލު ފިޔަވައި ހުރިހާ ޤައުމަކާއި ރާއްޖެއިން ގާތް ގުޅުން ބާއްވާނެ: ރައީސް

އިޒްރޭލު ފިޔަވައި ހުރިހާ ޤައުމަކާއި ރާއްޖެއިން ގާތް ގުޅުން ބާއްވާނެ ކަމަށާއި، ފަލަސްތީނު ރައްޔިތުންނަށް އަނިޔާ ދޭހާ ހިނދަކު ރާއްޖެއިން އިޒްރޭލު މީހުންނަށް މަރުޙަބާ ނުކިޔާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިރޭ ޕީއެންސީގެ ޖަލްސާގައި ސަޕޯޓަރުންނާއި މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ އެކުވެރިކަމާއެކު ގުޅުން ބަދަހިކުރަން ބޭނުންވާ ހުރިހާ ޤައުމަކާއެކު ކުރިއަށް ދިޔުން ކަމަށެވެ. އެ ސިޔާސަތުގެ ދަށުން އެންމެ ކައިރީގެ ޤައުމުތަކާއި، އެންމެ ދުރު ޤައުމުތަކާ ވެސް ގުޅުން ބަދަހިކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

އެއީ އެންމެ ކައިރި ޤައުމުތައް ކަމުގައި ވިޔަސް، އެންމެ ދުރު ޤައުމުތައް ކަމުގައި ވިޔަސް، އެންމެ ކުދި ޤައުމުތައް ކަމުގައި ވިޔަސް، އެންމެ ބޮޑެތި ޤައުމުތައް ކަމުގައި ވިޔަސް އިޒްރޭލު ފިޔަވައި ހުރިހާ ޤައުމަކާއި މި ގައުމުން ގާތް ގުޅުން އޮންނާނެ. ފަލަސްތީނު ރައްޔިތުންނަށް ދޭ އަނިޔާ ދޭހާ ހިނދަކު މި ދިވެހިރާއްޖެއަކުން އިޒްރޭލު މީހުންނަކަށް ނެތް މަރުޙަބާ ކިޔުމެއް.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

އިޒްރޭލު ޕާސްޕޯޓު މަނާކުރެވުނީ ދިވެހި ރައްޔިތުން އެކަމަށް އެދޭތީ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުން އަނިޔާވެރިކަމާއެކު މަރާ މީހުން ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި މޫދުތައް ބޭނުންކުރާކަށް ދިވެހި ރައްޔިތުން ބޭނުން ނުވާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން އުޅުނުއިރު ޓޫރިޒަމަށް ގެއްލުންވާނެ ކަމަށް ބުނެ ގިނަ ފިއްތުންތަކެއް އެމަނިކުފާނަށް ކުރިމަތިވި ނަމަވެސް، މިއީ ޑިމޮކްރެސީއެއް ކަމުން، ޑިމޮކްރެސީގައި ކަންކަން ވާންޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑަށް ވަރަށް ގިނަ ފިއްތުންތައް އައި، ޕާސްޕޯޓު ބޭންކުރަން އުޅުނީމާ. ޓޫރިޒަމް ހަލާކުވާނޭ އެހެން ކަންތައްތައް ވާނޭ. އަޅުގަނޑު ޤަބޫލުކުރީ އެއީ އެކަން ވާނެ ގޮތް ނޫންކަމަށް، އެއީ މިއީ ޑިމޮކްރެސީއެއް، ޑިމޮކްރެސީގައި ކަންކަން ވާންޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތަށް. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް، އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އައުން މަނާކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އޭޕްރީލް މަހުގެ 15 ގައެވެ. ރައީސް މުޢިއްޒު ވަނީ ހަމަ އެދުވަހު އެ ބިލު ތަސްދީގުކުރައްވައިފައެވެ.

ރާއްޖޭގެ މި ނިންމުމަށް ބައިނަލްއަޤްވާމީ ގިނަ ޤައުމުތަކުން ވަނީ މަރުޙަބާ ކިޔައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.