އިންޑިއާގެ އެއާޕޯޓެއްގައި ފްލައިޓަކަށް ޖެޓްފިއުލް އަޅަނީ.. ފޮޓޯ: ފިން އެއާ
ދުނިޔެ
17 Nov 2025 | 15:37
އިންޑިއާއިން ޖެޓްފިއުލް އެކްސްޕޯޓްކުރަނީ


އިންޑިއާއިން ފުރަތަމަ ފަހަރަށް އެކްސްޕޯޓްކުރާ ޖެޓް ފިއުލް ކާގޯ ޝިޕްމަންޓް އެމެރިކާއަށް ފޮނުވައިފިއެވެ.

ޝެވްރޮން ކުންފުންޏަށް އިންޑިއާއިން ޖެޓް ފިއުލް ޝިޕްމަންޓެއް ވިއްކަން ޖެހުނީ، އެމެރިކާގެ ހުޅަނގު ސަރަހައްދުތަކުގައި ޖެޓް ފިއުލް ލިބުން ދަތިވެގެންނެވެ. މިދަތިކަން ކުރިމަތިވީ އޮކްޓޯބަރު މަހު ކެލިފޯނިއާގައި ހުންނަ ޝެވްރޯން ކުންފުނީގެ ތެޔޮ ސާފުކުރާ ކާރުޚާނާގައި ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން، އެ ކާރުޚާނާގެ ޕްރޮޑަކްޝަން ދަށްވުމުންނެވެ. އެތަނަކީ ދުވާލަކު 285،000 ފީފާގެ ތެޔޮ ސާފުކުރަމުން އައި ތަނެކެވެ. އެ ކާރުޚާނާ މަރާމާތު ކުރެވެންދެން އެމެރިކާގެ ހުޅަނގު ފަޅީގައި ޖެޓް ފިއުލްގެ ތާށިކަން އުޅޭނެކަމަށް މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އޮކްޓޯބަރު މަހު ފަހުކޮޅު އިންޑިއާގެ ރިލަޔަންސް ކުންފުނީގެ ތެޔޮ ސާފުކުރާ ކާރުޚާނާއަކުން 60،000 މެޓްރިކް ޓަނުގެ ޖެޓްފިއުލް ޕެނެމެކްސް ކުންފުނީގެ ޓޭންކަރަކަށް ބަރުކޮށްފައެވެ. މި ޓޭންކަރު އަންނަ ޑިސެމްބަރު މަހު ކުރީކޮޅަށް ލޮސް އެންޖަލިސްއަށް ބަނދަރުކުރާނެ ކަމަށް ލަފާކުރެވެއެވެ.

އިންޑިއާގެ ޝިޕްމަންޓެއް އެމެރިކާއަށް ފޮނުވިނަމަވެސް، ޖެޓް ފިއުލްގެ ދަތިކަން ފިލުވަން އިންޑިއާއަށް ބަރޯސާ ވެވޭނެކަމަށް ނުބެލެވެއެވެ. ސަބަބަކީ އެމެރިކާގެ ހުޅަނގު ބިތަށް އިންޑިއާއިން އަންނަ ޓޭންކަރުތައް ގެނައުމަށް ނަގާ ވަގުތާއި ހޭދަވާ އަދަދު ބޮޑުވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް