އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ/ ޔަހޫނިއުސް
ދުނިޔެ
10 Jan 2026 | 15:28
ގްރީންލޭންޑުން އެއްބަސް ވިއަސް ނުވިއަސް އެގައުމު ހިފާނަން: ޓްރަންޕު

ގްރީންލޭންޑުން އެއްބަސްވިއަސް ނުވިއަސް އެމެރިކާއިން އެގައުމު ހިފާނެކަމުގެ ހަރުކަށި އިންޒާރު ޓްރަމްޕް ދީފިއެވެ. 

ތެއޮ ކުންފުނިތަކުގެ އިސްވެރިންނާ ވައިޓް ހައުސްގައި ބޭއްވި ބައްދަލުކުރެއްވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ގްރީންލޭންޑަކީ އާކްޓިކް ސަރަހައްދުގެ ސަލާމަތަށް ސްޓްރެޓީޖިކް ގޮތުން އިންތިހާއަށް މުހިންމު ތަނެއް ކަމަށެވެ. އެހެންކަމުން އެމެރިކާއިން އެތަން ހިފަން ބޭނުންވަނީ ރަޝިޔާ ނުވަތަ ޗައިނާއިން އެތަނަށް އަތްގަދަކުރުން ހުއްޓުވުމަށް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ގްރީންލޭންޑުން އެމެރިކާ އަށް ބޭނުންވާ އެއް ސަބަބެއް ކަމަށް ޓްރަމްޕް ވިދާޅުވީ، މިލިިޓަރީ އާލާތްތައް އުފެއްދުމުގައި ބޭނުންކުރާ މިނެރަލް އެ ތަނުގައި ގިނައިން ހުރުމެވެ. އަނެއް ސަބަބަކީ ވެސްޓާން ހެމިސްފިއާގައި އެމެރިކާގެ ނުފޫޒު އޮންނަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވާ ޤަބޫލުކުރެއްވުމެވެ.

އަހަރެމެން ބޭނުންވަނީ އެއްބަސްވުމަކުން، ފަސޭހަގޮތުގައި މިކަން ކުރަން. އެކަމު ފަސޭހަގޮތުގައި އެކަން ނުވެއްޖެއްޔާ އުނދަގޫ ގޮތުގައިވެސް އަހަރެމެން އެކަން ކުރާނަން

 އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާއިން ބުނެފައިވަނީ ގްރީންލަންޑްގެ ރައްޔިތުންނަށް ރިޝްވަތު ދީގެން ވިއަސް ނުވަތަ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ވީނަމަވެސް ގްރިންލޭންޑު އެޤައުމުގެ ބާރުގެ ދަށަށް ގެންނާނެކަމަށެވެ.

މިކަމާއި ގުޅިގެން ޑެންމާކުގެ ބޮޑުވަޒީރު މެޓޭ ފްރެޑްރިކްސަން ވަނީ، އެމެރިކާއިން ހަތިޔާރުގެ ބޭނުންކޮށްގެން ގްރީންލޭންޑް ހިފަން އުޅެފިނަމަ، އެއީ 'ނޭޓޯ' އިއްތިހާދު ރޫޅިގެންދާނެ ކަމެއް ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް، ޔޫރަޕްގައި ހުންނަ ނޭޓޯގެ ކޮމާންޑަރު، ޖެނެރަލް އެލެކްސަސް ގްރިންކެވިޗް ވިދާޅުވެފައިވަނީ، މިވަގުތު އިއްތިހާދުގެ ތެރޭގައި އެފަދަ ބިރުވެރިކަމެއް ނެތް ކަމަށާއި، އިއްތިހާދުގެ ކޮންމެ އިންޗިއެއް ދިފާއުކުރަން ވެސް އެމެރިކާ އޮތީ ތައްޔާރަށް ކަމަށެވެ. 

ޑެންމާކުގެ ދަށުން އަމިއްލަ އިހުތިޔާރު ލިބިގެންވާ ގްރީންލޭންޑް ވަށައިގެންވާ ކަނޑުގެ ސަރަހައްދު ރަނގަޅަށް ބެލެހެއްޓުމުގައި އެގައުމު ފެއިލްވެފައިވާ ކަމުގެ ތުހުމަތުވެސް ޓްރަންޕު ވަނީ ކޮށްފައެވެ.

މިކަމާ ގުޅިގެން ގްރީންލޭންޑުގެ ފޮރިން މިނިސްޓަރު ވިވިއަން މޮޓްޒްފެލްޑް ވިދާޅުވީ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ އެކު ބާއްވާ މަޝްވަރާތަކުގައި އިސްކޮށް އޮންނަންވާނީ ގްރީންލޭންޑް ކަމަށެވެ. އަދި ޑެންމާކާ ނުލައި އެމެރިކާއާ ސީދާ ވާހަކަ ދެއްކުމުގެ ފުރުސަތު ގްރީންލޭންޑަށް އޮންނަން ޖެހޭނެ ކަމަށެވެ. 

ގްރީންލޭންޑުގެ މަންޒަރެއް-- ފޮޓޯ/ ގެޓީއިމަޖެސް

އާބާދީގައި 57،000 މީހުން ދިރިއުޅެމުންދާ ގްރީންލަންޑުގެ ރައްޔިތުން ޑެންމާކުން ވަކިވެ، އެމެރިކާގެ ބަޔަކަށް ވާން ރުއްސުމަށް ޓަކައި އެ މީހުންނަށް، ބޮޑެތި އަދަދުތަކުން ފައިސާ ދޭން ވެސް އެމެރިކާގެ އޮފިޝަލުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެގޮތުން 10،000 ޑޮލަރާއި 100،000 ޑޮލަރާ ދެމެދުގެ އަދަދެއް، ގްރީލަންޑްގެ ކޮންމެ މީހަކަށް ދޭން މަޝްވަރާ ކޮށްފައިވާ ކަމަށް ރިޔާސީ ގަނޑުވަރުގެ އޮފިޝަލުން ހިމެނޭހެން އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. 

އެމެރިކާއިން ދާދި ފަހުން ވެނެޒުއޭލާއަށް ހަމަލާދީ، އެ ގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ އެމެރިކާގެ ބާރުގެ ދަށަށް ގެންދިޔަ ހާދިސާއާ ގުޅިގެން، ގްރީންލޭންޑް ހިފުމާއި މެދު ޓްރަމްޕް ގެންގުޅޭ މި ހަރުކަށި ވިސްނުމާ މެދު ބައިނަލްއަގުވާމީ މުޖުތަމައުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

އެގޮތުން ޑެންމާކާއި ޔޫރަޕިއަން ޔޫނިއަންގެ އެހެން ބައެއް ގައުމުތަކުން ވެސް ޓްރަމްޕްގެ އެ ސިޔާސަތާ ދެކޮޅު ހަދައި ބުނަމުން އަންނަނީ، ގްރީންލަންޑުގެ ކަންތައްތައް ނިންމާނީ އެޤައުމާއި ޑެންމާކުގެ ރައްޔިތުން ކަމަށެވެ. މި ދެ ޤައުމު ގުޅިގެން ވަނީ މިދިޔަ އަންގާރަ ދުވަހު ހާއްސަ ބަޔާނެއް ވެސް އެ މޭރުމުން ނެރެފަ އެވެ. 

އެމެރިކާގެ ސިޔާސަތާ ދެކޮޅު ހަދައި ގްރީންލޭންޑުގެ ސަަރަހައްދީ ސަރުކާރާއި ޑެންމާކުން ވެސް ބުނަމުން އަންނަނީ ގްރީންލޭންޑަކީ ވިއްކާ ތަނެއް ނޫން ކަމަށެވެ. އަދި ގްރީންލޭންޑުގެ ބޮޑުވަޒީރު ޖެންސް ފްރެޑެރިކް ނީލްސެން ވިދާޅުވީ އެޤައުމު ހޯދުމުގެ "ހިޔާލީ ފޮލާ" އެމެރިކާއިން ދޫކޮށްލަން ޖެހޭ ކަމަށެވެ. މިއާ ގުޅުވާ ގްރީންލޭންޑުގެ ފޮރިން މިނިސްޓަރު ވިދާޅުވެފައިވަނީ، ގްރީންލޭންޑަށް އެމެރިކާ ބޭނުންވާ ފަދައިން، އެމެރިކާއަށް ވެސް ގްރީންލޭންޑް ބޭނުންވާ ކަމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރު އަލުން ގާއިމުކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.
23 Jul 2026
ޕެންޝަން ފަންޑު މެދުވެރިކޮށް ޓީ-ބިލުގައި އިންވެސްޓް ކުރުމަކީ ފައިސާ ޗާޕުކުރުން
ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ގައި އިންވެސްޓްކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ އެ ނިންމުމުގެ ސަބަބުން ޤައުމުގެ މާލީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
23 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޭގެ ނިއުކްލިއިކް އެސިޑް ޓެސްޓިން ފަށައިފި
އެންއޭޓީ އަކީ ހަދިޔާކުރާ ލޭގައި އެޗްއައިވީ, ހެޕަޓައިޓިސް ބީ (އެޗްބީވީ) އަދި ހެޕަޓައިޓިސް ސީ (އެޗްސީވީ) ފަދަ ނުރައްކާތެރި ބަލިތައް ހުރިތޯ ބެލުމަށް ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީއެވެ. މި ޓެސްޓުގެ ޒަރީޢާއިން ކުރިން ބޭނުންކުރަމުން އައި ޓެސްޓު ކުރުމުގެ އުސޫލުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަޤީންކަމާ އެކު ބަލިތައް ދެނެގަނެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވެފައިވެއެވެ.
23 Jul 2026
ބަންގްލަދޭޝްގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
ބަންގްލަދޭޝްގެ އިރުދެކުނުގެ ހަތް ޑިސްޓްރިކްޓެއް ކަމަށްވާ ޗިޓަގޮންގް، ކޮކްސް ބާޒާރު، ބަންޑަރުބަން، ރަންގަމަތީ، ޚަގްރަޗާރީ، މޯލްވީބާޒާރު އަދި ހަބީގަންޖްގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުންވަނީ ހާލުގައި ޖެހިފައެވެ. މީގެ އިތުރުން 267,918 އާއިލާއެއް ވަނީ އެކަހެރިވެ، ކާބޯތަކެއްޗާއި ބޯފެނަށް ޖެހިފައެވެ.
23 Jul 2026
އެމެރިކާއާއި ސައޫދީ ޢަރަބިއްޔާއިން ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި
އެމެރިކާގެ ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ސައޫދީގެ ނިއުކްލިއާ ހަކަތައިގެ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ބޮޑު ފުރުޞަތެއް އެމެރިކާގެ ކުންފުނިތަކަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ނިއުކްލިއާ ހަތިޔާރު ނުފެތުރުމުގެ އުސޫލުތައް ހިމެނޭ ގޮތަށް، އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި "ދެ ފަރާތެއްގެ ސޭފްގާޑް އެއްބަސްވުމެއް" ގައި ވެސް ވަނީ ސޮއިކޮށްފައެވެ.
23 Jul 2026
ކިލޯއަކަށްވުގެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.