ދިރާގު ލިމިޓެއްނެތް ފައިބަރ ޕްރޮމޯޝަން-- ފޮޓޯ/ ދިރާގު
ހަބަރު
10 Jan 2026 | 15:53
ދިރާގު ލިމިޓެއްނެތް ފައިބަރ ޕްރޮމޯޝަން – ސްމާޓް ކެމެރާ އާއި އިތުރު އަގުހުރި އިނާމުތަކެއް

ދިރާގު ލިމިޓެއްނެތް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 8 އިން 31 ޖަނަވަރީ 2026ގެ ނިޔަލަށެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަން މެދުވެރިކޮށް ހިލޭ ސްމާޓް ކެމެރާ އާއިއެކު ކޮންމެ ހަފުތަކާއަކު 65 އިންޗީގެ ޓީވީއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެގޮތުން، ދިރާގު މި ޕްރޮމޯޝަނުގެ ޕެކޭޖްތައް މިހާރު ވެސް ބޭނުންކުރަމުންދާ ކަސްޓަމަރުންގެ ތެރެއިން ޕެކޭޖް އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށް އަދި އަލަށް މި ހިދުމަތް ހޯދާ ފަރާތްތަކަށް މި އަގު ހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ދިރާގުން ބުނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން، ލިމިޓެއްނެތް ފައިބަރ ބްރޯޑްބޭންޑްގެ 30 އެމް.ބީ.ޕީ.އެސް ނުވަތަ އެއަށްވުރެ މަތީ ސްޕީޑެއްގެ އައު ކަނެކްޝަނެއް ނަގާ ކަސްޓަމަރުންނަށް ހިލޭ 'އިންޑޯ ސްމާޓް ކެމެރާއެއް އަދި 50 އެމް.ބީ.ޕީ.އެސް އިން ފެށިގެން މަތީގެ ޕެކޭޖެއް ހިޔާރުކުރާ ފަރާތްތަކަށް 'އިންޑޯ އަދި އައުޓްޑޯ ސްމާޓް ކެމެރާ ބަންޑްލް' އެއް މުޅިން ހިލޭ ލިބިގެންދާނެކަމަށް ވެސް އެކުންފުނިން ބުނެއެވެ. 

މީގެ އިތުރުން، މި ޕްރޮމޯޝަންގެ މުއްދަތުގައި 30 އެމް.ބީ.ޕީ.އެސް ނުވަތަ އެއަށްވުރެ މަތީ ސްޕީޑަކަށް ކަނެކްޝަން އަޕްގްރޭޑް ކުރައްވާ ފަރާތްތަކަށް ވެސް 'އިންޑޯ އަދި އައުޓްޑޯ ސްމާޓް ކެމެރާ ބަންޑްލް' އެއް ހިލޭ ލިބޭނެކަމަށާއި، މިއީ ހަލުވި ސްޕީޑުގެ އިންޓަރނެޓާއެކު ގޭތެރޭގެ ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއްކަމަށްވެސް ދިރާގުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ދުނިޔޭގެ ކުލަ ގެއްލެނީތަ؟
ކުޑައިރު ސްކޫލް ގޯތިތެރޭގައި ކުޅެ ނިމިގެން ގެއަށް ދާއިރު ފެންނަ ގަދަ ނޫ އުޑާއި މަގުމަތީގައި ދުއްވާ ރީނދުލާއި ރަތް ކާރުތަކާއި ގޭގެ ސިޓިންރޫމުގެ ކުލަގަދަ ފާރާއި ސޯފާތައް ހަނދާން އެބަހުރި ހެއްޔެވެ؟ ނަމަވެސް، މިހާރު ބޭރަށް ނުކުމެ ބަލައިލީމާ ފެންނަ މަންޒަރު ތަފާތެއް ނޫން ހެއްޔެވެ؟ މި ތަފާތު އިޙްސާސް ކުރެވެނީ ހަމައެކަނި ތިބާއަކަށް ނޫނެވެ. ދިރާސާތައް ދައްކާ ގޮތުގައި ޙަޤީޤަތުގައިވެސް ދުނިޔޭގެ ކުލަ ދަނީ "ގެއްލެމުން" ނެވެ.
21 Sep 2026
އެއް ސައިކަލު ދުއްވަން އިން ޒުވާނާގެ ލައިސެންސްއެއް ނެތް: ފުލުހުން
މާލޭގެ ސޯސަންމަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.