ކުޅުދުއްފުށި ތަރިޖެހިގެ-- ފޮޓޯ/މިހާރު
ހަބަރު
10 Jan 2026 | 17:00
ކުޅުދުއްފުށީގެ ތާރީޚީ ’ތަރިޖެހިގެ‘ ސިޓީ ކައުންސިލުން ހިމާޔަތްކުރަނީ

ކުޅުދުއްފުށީ ސިޓީއަށް ޒިޔާރަތްކުރާ މީހުންގެ ސަމާލުކަން ލިބިފައިވާ, އެރަށުގެ ތާރީހީ ބިނާއެއްކަމަށްވާ 'ތަރިޖެހިގެ' އަށް އެހެން ދިމާލަކުން ބިމެއްދީ، ދައުލަތުގެ ބެލުމުގެ ދަށަށް އެ ގެ ގެނެސް، ހިމާޔަތްކުރަން އެސިޓީ ކައުންސިލުން ނިންމައިފިއެވެ.

ކުޅުދުއްފުށީގެ ހަނި ޖާގަތަކުގައި ހުރި ގޯތިތައް ހުސްކޮށް، އެ ގޯތިތައް އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން ވަރަށް ހަނި ގޮތަކަށް އެކި ގޯތިތަކުގެ މެދަށްވާ ގޮތަށް ހުރި ތަރިޖެހިގެ ބަދަލުކުރަން ނިންމާފައިވަނީ, އެރަށު އިސްރަށްވެހިންގެ ޕާކްގެ އިރުމަތިން އޮތް ހުސް ބިމަށެވެ. ސިޓީ ކައުންސިލުން ނިންމާފައިވަނީ ތަރިޖެހިގޭގެ ބަދަލުގައި އެހެން ބިމެއް ދިނުމަށް ފަހު، މިހާރު ހުރި މުސްކުޅި ގެ ހިމާޔަތް ކުރުމަށެވެ.

ތަރިޖެހިގެ އަކީ މިހާރު 90 އަހަރާ ގާތްކޮށްފައިވާ އަލީ މުހައްމަދު (އަލިބެ) ދިރިއުޅޭ ގެ އެވެ. ގާތްގަނޑަކަށް މީގެ ގަރުނެއް ކުރިން ބިނާކޮށްފައިވާ މި ގެއަކީ އަލިބެގެ މައިންބަފައިންގެ ދުވަސްވީ ގެއެވެ. މި ގޭގައި މިހާރު އުޅެމުންދަނި އަލިބެ އެކަންޏެވެ. އެ ގެ އަދިވެސް ހުރީ އެންމެ އިހު ޒަމާނުގެ ގޮތަށެވެ. ވަރަށް ޒަމާންވީ އާސާރީ ތަރިކަތަކެއް މިގޭގައި އަދިވެސް ފެންނަން އެބަހުއްޓެވެ. އެގޮތުން އިހުގެ ދިމާ އެނދާއި، ތާރައާއި، މަލާފަތް ފަދަ ތަކެތި އަދިވެސް އެ ގޭގައި އެބަހުއްޓެވެ. މި ގެ ބިނާކޮށްފައިވަނީ ވެސް އެންމެ އިހުގައި ދިވެހިން ގެދޮރު އަޅައި އުޅުނު ފަރުމާއަށެވެ. އެހެންކަމުން އެ ޒަމާނުގެ މީހުންގެ ދިރިއުޅުމާއި ގެންގުޅުނު ތަކެތި ދައްކުވައިދޭ ތަރިޖެހިގެ އަކީ މިހާރު ކުޅުދުއްފުއްޓަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ވަރަށްވެސް މަގުބޫލު ތަނެކެވެ. 

ތަރިޖެހިގޭގައި އަލިބެ މަސައްކަތް ކުރަމުންދަނީ-- ފޮޓޯ/ ވިސިޓް ކުޅުދުއްފުށި 

ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފު ވިދާޅުވީ، ތަރިޖެހިގެ ހިމާޔަތްކުރަން ސިޓީ ކައުންސިލުން ނިންމީ ރަށުގެ ސަގާފަތާއި ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ. އަދި މިއީ އިހުޒަމާނުގައި ދިވެހީންގެ ދިރިއުޅުން ބިނާވެފައި އޮތް ގޮތާއި، ދިވެހީންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަން ވަރަށް ފުރިހަމައަށް ދައްކުވައިދޭ ބިނާއެއްކަން މޭޔަރު ފާހަގަކުރެއްވިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ މި ތާރީޚީ ބިނާ ދައުލަތަށް ނެގުމަށް ފަހު ބަދަލެއްގެ ގޮތުން އެ ގޭގެ ކޮންމެ ވާރުތަވެރިއަކަށް ގޯއްޗެއް ދިނުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި