މާލީ ވަޒީރު މޫސާ ޒަމީރު މީގެކުރިން މަޖިލީހުގައި... ފޮޓޯ: މަޖިލިސް
ހަބަރު
18 Nov 2025 | 11:40
އޮޑިޓަރ ޖެނެރަލް ދެއްވާ ލަފާ ބޮލާލާ ނުޖަހާނަން، މަސައްކަތްކުރާނީ އެކުގައި: މާލީ ވަޒީރު

ބަޖެޓާ ގުޅޭގޮތުންވިއަސް އަދި އެނޫންވެސް މާލީ މުއާމަލާތްތަކާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ދެއްވާ ރަޢުޔު ސަރުކާރުން އަޑުއަހާނޭކަމަށާއި، މާލީ ވުޒާރާއިން މަސައްކަތްކުރަމުންދާނީ އޮޑިޓަރ ޖެނެރަލް އަދި އެނޫންވެސް މިނިވަން މުއައްސަސާތަކާއެކުގައިކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގައި ބަޖެޓް ދިރާސާކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު މާލީ ވަޒީރު މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް ހާޒިރުވެ، މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދާރީވެ ވަޑައިގެން ވާހަކަދައްކަވާފައެވެ. މާލީ ވަޒީރު ވިދާޅުވީ ބަޖެޓާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ ހުރި ކަންބޮޑުވުންތައް ބަލައިގަނެ، އޮޑިޓަރ ޖެނެރަލްގެ ޓީމާއެކު މާލީވުޒާރާއިން މަސައްކަތް ކުރަމުންދާނޭކަމަށެވެ. 

ވަޒީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީން މަސައްކަތްކުރަމުންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދުތަކަށް އޮޑިޓަރ ޖެނެރަލްގެ ލަފާވެސް ހޯއްދަވައިގެންކަމަށެވެ.

އަޅުގަނޑުމެން ކުރާ ހުރިހާ މަސައްކަތެއްގަވެސް އެންމެ ގާތުން އެ މަސައްކަތް ކުރަނީ އޮޑިޓަރ ޖެނެރަލްއާ އެކުގައޭ ޖަވާބުދާރީ ވެވޭނެ ގޮތަކަށް

މާލީ ވަޒީރު މޫސާ ޒަމީރު 

މާލީ ވަޒީރު ވިދާޅުވީ ބަޖެޓް ކޮމިޓީއަށް އޮޑިޓަރ ޖެނެރަލް ވަޑައިގެން ދެއްވި ލަފާ އެކަމަށް ހާއްސަ ބައްދަލުވުންތަކެއް ބާއްވައިގެން ކުރިއަށްގެންދާނޭކަމަށެވެ. 

އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން މަޖިލީހަށް ދެއްވި ރައުޔުގައި ބުނެފައިވަނީ އާމްދަނީ އިތުރުކުރާނޭ ގޮތެއް އަދި ހަރަދުތައް ކުޑަކުރާނޭ ގޮތެއް ފެންނަން ނެތްކަމަށެވެ. ނަމަވެސް ބަޖެޓްގެ ބައެއް މުހިންމު އަންދާޒާތައް ރަނގަޅުކަން ވަނީ ފާހަގަކުރައްވާފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން، ސްކޫކާއި ބޮންޑު އަނބުރައި ދެއްކުމުގެ ޚަރަދުނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ ކަމަށް މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ، 64.2 ބިލިއަން ރުފިޔާގެ އެ ބަޖެޓުން 9.3 ބިލިއަން ރުފިޔާއަކީ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.