ރަސްމާލެ ހިއްކުމުގެ މަަސައްކަތް ކުރަނީ --
ހަބަރު
18 Nov 2025 | 15:54
ރަސްމާލޭން ފުރަތަމަ ބުރުގައި 15،000 ގޯތި، ޖުމްލަ 25،000 ގޯތި ދޫކުރާނެ

ރަސްމާލެއިން 15،000 ގޯތި ފުރަތަމަ ބުރުގައި ދެއްވާނެ ކަމަށާއި، 1250 އަކަފޫޓުގެ ޖުމުލަ 25،000 ގޯތި ރަސްމާލޭން ދެއްވުމަށް ކަނޑައަޅާފައިވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ހޯމަދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫއު ވެގެންދާނީ މާލޭގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ރައްޔިތުންގެ އެންމެ ބޮޑު ކެކުޅުން ކަމުގައިވާ، ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމަށް ހައްލުކުރާ މަޝްރޫއަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޯހިޔާވަހިކަމަކީ މި ސަރުކާރުގެ އެންމެ މުހިއްމު ވައުދު ކަމަށާއި، ބޯހިޔާވަހިކަމާ ނުލައި އިޖުތިމާއީ މައްސަލަ އެއްވެސް އަދި އިގްތިސާދީ މައްސަލައެއްވެސް ހައްލު ނުވާނެ ކަމަށެވެ.

ހޯމަދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ސިފަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިސަރުކާރުން ގޯތި ދެއްވާނީ ކަނޑަކުން ނޫން ކަމަށާ ގޯތި ދެއްވާނީ ހިކިފަސް ތަނުން ކަމަށެވެ. އެގޮތުން، މި ސަރުކާރުގެ އަމާޒަކީ ޑިސެންބަރު މަހު ހިއްކަން ފަށާ ބިންތައް އަންނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ހިއްކާ ނިމެންވާއިރަށް ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ނިންމުން ކަމަށެވެ.

އަދި އުންމީދަކީ ހަ މަސް ދުވަސް ތެރޭގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރަސްމާލެއިން 15،000 ގޯތި ފުރަތަމަ ބުރުގައި ދެއްވާނެ ކަމަށާއި، 1250 އަކަފޫޓުގެ ޖުމުލަ 25،000 ގޯތި ރަސްމާލޭން ދެއްވުމަށް ކަނޑައަޅާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރަސްމާލެ ހިއްކުމުގެ މަަސައްކަތް ކުރަނީ --

މީގެ އިތުރުން، ބެންކް އޮފް މޯލްޑިވްސް އިން 3000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ފަށާފައިވާ ކަމަށާ ބޭރުގެ އެކި ގައުމުތަކުގެ ދީލަތި އެހީގައި 4500 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި، ރެންޓް ޓު އޯން މޮޑެލްގައި ކުރިއަށް ގެންދަވާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ދެއްވާ ތިން ކޮޓަރީގެ ފުލެޓުތަކުގެ ކުލި 10،000 ރުފިޔާއަށް ވުރެ ބޮޑު ނުވާނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތަފުސިލަށް ބައްލަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު 13 ރަށެއްގައި 825 ހައުސިން ޔުނިޓު އެޅުމަށް ސޮއިކުރެވިފައިވާނެ ކަމަށެވެ. އިތުރު މަޝްރޫއުތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާނެ ކަމަށެވެ. އެގޮތުން، ބޯހިޔާވަހިކަމާ ގުޅޭ ގޮތުން އެމަނިކުފާނު ރަށްރަށުގައި ވެވަޑައިގެންފައިވާ ކޮންމެ ވައުދެއް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ނިންމައި، ރައްޔިތުންނާ ހަވާލުކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވި އެވެ.

ރަސްމާލެ ހިއްކުމުގެ މަަސައްކަތް ކުރަނީ --

މާލޭގެ ބޯހިޔާވަހިކަމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފުރަތަމަ އަމާޒަކީ މި ސަރުކާރު ހަވާލުވިއިރު ފަށައި ނުނިމި ހުރި މަޝްރޫޢުތައް ނިންމައި ހަވާލުކުރުން ކަމަށާއި، އެ މަސައްކަތުގެ ތެރެއިން އެފްޑީސީގެ 4000 ފުލެޓު ލިބޭ 84 ފަރާތަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އަމާޒަކީ އަންނަ ރަމަޟާންމަހުގެ ކުރިން ހުރިހާ ފުލެޓުތަކެއް ނިންމައި ހަވާލުކުރުން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މާލޭގެ ގޯތީގެ މައްސަލައާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުޅުމާލެއާއި ގުޅިފަޅު ފަދަ ހިއްކާފައި އޮތް ބިންތަކުން ގޯތި ދެވިއްޖެ ކަމަށާއި، ގިރާވަރުފަޅާއި ހުޅުމާލެ ފޭސް ތިނެެއް ގައި ބިން ހިއްކާ ނިމުމުން ގޯތި ދެއްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.
25 Sep 2026
ބްރިޖުމަތިން ފުންމާލި މީހާ އެޑްމިޓްކޮށްފައި އޮއްވާ ހައްޔަރުކޮށްފި
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ބްރިޖުމަތިން މީހަކު ފުންމާލި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އެ ރޭ ދަންވަރު 00:44 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
25 Sep 2026
"ކޫލް" ބެލެނިވެރިއަކަށް ވުމަކީ ދަރިފުޅުގެ މުސްތަޤުބަލަށް އޮތް ހުރަހެއްތަ
ކޮންމެ މައެއް އަދި ބަފަޔަކީވެސް އެމީހުންގެ ދަރިންނާ އެކު ގާތް، އިތުބާރު ހިފޭ ގުޅުމެއް ބާއްވަން ބޭނުންވާނެ ބައެކެވެ. މި ޒަމާނުގައި ގިނަ ބެލެނިވެރިން މަސައްކަތް ކުރަނީ ދަރިންނަށް "ކޫލް" ނުވަތަ މާބޮޑަށް ދޫދޭ ރަހުމަތްތެރިއަކަށް ވާށެވެ. މިގޮތަށް ކަންތައް ކުރަނީ ހަރުކަށި އުސޫލުތައް ގެންގުޅުމުން ދަރިން ދުރުވެދާނެ ކަމަށް ނުވަތަ "ނޫނެކޭ" ބުނުމަކީ ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމަށް ހީކުރެވޭތީއެވެ. ނަމަވެސް، ކުޑަކުދިންގެ ނަފްސާނީ ކުރިއެރުމާ ބެހޭ އިލްމުވެރިން (ޑިވެލޮޕްމެންޓަލް ސައިކޮލޮޖިސްޓުން) ވިދާޅުވާ ގޮތުގައި، ދަރިންނަށް ލޯތްބާއި އޯގާތެރިކަމާ އެކު، ދިރިއުޅުމުގެ އިންތަކާއި، ހައްދުތަކެއް (ބައުންޑަރީތަކެއް) ވެސް ބޭނުންވެއެވެ.
25 Sep 2026
ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެކި ރަށްރަށުގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމީ ޢަޤީދާގެ މުހިންމުކަން" މި މައުޟޫޢުގެ މައްޗަށެވެ. ޚުތުބާގައި ފާހަގަކުރި ގޮތުގައި މާތް الله އަޅަކަށް ދެއްވާނެ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. އަދި އެއީ މުސްލިމެއްގެ ހުރިހައި ޢިބާދާތާއި ހެޔޮ ޢަމަލުތަކުގެ އިތުރުން، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ އަސާސެވެ.