މަންފާ އެކަޑަމީގެ އެކްސް ކޯ --
ހަބަރު
19 Nov 2025 | 17:18
މަންފާ އެކަޑަމީގެ ހަރަކާތްތައް ފަށަނީ، ފުރަތަމަ ދަތުރު ހިރިލަންދޫއަށް

ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ އެކި މަސައްކަތްތަކުގައި ވަރަށް އިސް ދައުރެއް އަދާކުރަމުންދާ އަލީ ރަމީޒުގެ "މަންފާ" ޖަމިއްޔާ އިން ކުޅިވަރު އެކަޑަމީއެއް ވަނީ އުފައްދާފަ އެވެ. އެކަޑަމީގެ މަގާމުތަކަށް މެންބަރުން އިންތިހާބުކޮށް އެކަޑަމީގެ މަސައްކަތް ރަސްމީކޮށް މިހާރު ވަނީ ފަށާފަ އެވެ.

އެގޮތުން އެކަޑަމީގެ ފުރަތަމަ ދަތުރު ތ. ހިރިލަންދޫއަށް ކުރަން މިހާރު ވަނީ ނިންމާފަ އެވެ. 

މަންފާ އެކަޑަމީގެ މަގްސަދަކީ ދީނީ މިންގަނޑުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރުމެވެ. އެކަޑަމީގެ ޗެއާމަން އަދި މަންފާގެ ރައީސް އަލީ ރަމީޒު ވިދާޅުވި ގޮތުގައި އެކަޑަމީ ރަޖިސްޓްރީވެ އެކަޑަމީގެ މަގާމުތަކަށް މެންބަރުން އިންތިހާބުކޮށް މަަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އަދި ހިރިލަންދޫއަށް ކުރާ ދަތުރާއެކު އެކަޑަމީގެ މަސައްކަތްތައް ކުރިއަށް އޮތްތާ ފުޅާ ދާއިރާއެއްގައި މުޅި ރާއްޖޭގައި ހިންގާނެ އެވެ.

މަންފާ އެކަޑަމީގެ ޗެއާމަން އަދި މަންފާގެ ރައީސް އަލީ ރަމީޒު

"އަޅުގަނޑުމެންގެ މަގްސަދަކީ ދީނީ އިމުގެ ތެރޭގައި ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދެވޭނެ ކަން ބުނެދިނުން. އަދި އެކަޑަމީގައި ހިމެނޭ ކުޅިވަރުގެ ދާއިރާގެ ތަޖުރިބާކާރުންގެ އެހީތެރިކަމުގައި ކުޅިވަރުގެ ހުނަރުތައް ދަސްކޮށްދިނުން," އަލީ ރަމީޒު ވިދާޅުވި އެވެ.

މަންފާ އެކަޑަމީގެ ރައީސަކީ ވޮލީ ލެޖެންޑް މުހައްމަދު ސާޖިދު (ސާޖިދު ކޯޗް) އެވެ. ނާއިބު ރައީސުންގެ ގޮތުގަައި ފުޓްބޯޅަ ކޯޗް އަލީ ނިސްތާރު (ނިސްތާރު ކޯޗް) އާއި ކުޑަކުދީންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދީންގެ ހައްގުގައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ އިބްރާހިމް ރަމީޒު (އިބޭ) އާއި ޤުރުއާންގެ އިލްމުފެތުރުގައި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވާ މުހައްމަދު ތައުފީގް އަލީ (ތާއްޕެ ސަރ) ހިމެނެ އެވެ.

ވަކިވަކި ޕްރަގްރާމްތަކާއި މެއިން ޕްރަގްރާމްތައްވެސް ބޭއްވޭނެ

ވޮއިސްއާ ވާހަކަ ދަައްކަމުން މަންފާ އެކަޑަމީގެ ރައީސް މުހައްމަދު ސާޖިދު ވިދާޅުވީ ހިރިލަންދޫގައި ކުރިއަށް ގެންދާ ހަރަކާތަކީ އެކަޑަމީގެ ވަރަށް ގިނަ ހަަރަކާތްތައް ކުރިއަށް ގެންދާނެ ޕްރަގްރާމެއް ކަމަށެވެ. އެގޮތުން ކުޅިވަރުގެ އެކި ޕްރަގްރާމްތަކާއި އަޤީދާއާ ނަމާދު ވޯކްޝޮޕާއި ކުޑަކުދީންގެ އެކިއެކި އިވެންޓައްވެސް ހިމެނެ އެވެ.

މަންފާ އެކަޑަމީގެ ރައީސް މުހައްމަދު ސާޖިދު

އެ އިވެންޓްތަކާއި ގުޅޭ ތަފާތު އެކި މައުލޫމާތުތައް ދަތުރުގެ ތެރެއިން ހާމަކުރަމުން ގެންދާނެ ކަމަށް ސާޖިދު ވިދާޅުވި އެވެ.

ސާޖިދު ވިދާޅުވި ގޮތުގައި މަންފާ އެކަޑަމީގެ ހަރަކާތްތައް ބޭއްވުމުގެ ފުރުސަތު ހުރިހާ ރަށަކަށްވެސް އޮންނާނެ އެވެ. އަދި އަތޮޅުތަކަށްވެސް އެ ފުރުސަތު ފަހިކޮށްދޭނެ އެވެ. އަދި ރަށްރަށުން ބޭނުންވާނަމަ ވަކިވަކި ޕްރަގްރާމްތައްވެސް ހިންގައިދޭނެ އެވެ.

"މިސާލަކަށް ރަށަކުން ބޭނުންވެދާނެ މުޅި ޕްރަގްރާމް އެއްކޮށް ކުރިއަށް ގެންދަން. އެ ފުރުސަތު އޮންނާނެ. އަދި ވަކީން ފުޓްބޯޅަ ނުވަތަ ވޮލީ ނޫނީ ކަސްރަތު ޕްރަގްރާމެއް ކުރިއަށް ގެންދަން ބޭނުންނަމަ އެ ފުރުސަތުވެސް އޮންނާނެ. މިފަދަ ކޮންމެ ޕްރަގްރާމެއްގައި އަޅުގަނޑުމެންގެ ފަރާތުން ހިމަނާނެ އަޤީދާއާ ނަމާދު ވޯކްޝޮޕް," ސާޖިދު ވިދާޅުވި އެވެ.

މަންފާ އެކަޑަމީގެ ރައީސް މުހައްމަދު ސާޖިދުގެ ދެ ނާއިބު ރައީސުން --

ސާޖިދު ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަންފާ އެކަޑަމީއަށް އެކަން ހިއްސާކުރުމަށް އެދިފަ އެވެ.

މަންފާ އެކަޑަމީގެ މެއިލް އެޑްރެސް: [email protected]

މަންފާ - ހަގު ޖަމިއްޔާއެއް ނަމަވެސް މިހާރު އެއްވަނަ

ދީނީ ހޭލުންތެރިކަމަށް ވަރަށް ފުޅާކޮށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔަތުއްސަލަފު އުފެއްދުމުގައި އިސްކޮށް އުޅުއްވި އަދި އެ ޖަމިއްޔާގެ އިސް މަގާމުތަކެއް ފުރުއްވާ ދީނީ އެތައް މަސައްކަތްތަކެއް ކުރައްވާފައިވާ އަލީ ރަމީޒުގެ "މަންފާ" ޖަމިއްޔާ އިން ވަނީ އޭނާގެ ކުރީގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރައްވާފަ އެވެ.

އެ ޖަމިއްޔާ އަށް އަދި މިވީ އަށެއްކަ މަސް ދުވަހެވެ. ނަމަވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މަންފާ ވެފައިވަނީ ރާއްޖޭގެ ދައުވަތުގެ މައިދާނުގެ އެއްވަނަ އަށެވެ. ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށް ތަފާތު ޕްރަގްރާމްތައް ދަނީ ހިންގަމުންނެވެ. އެ ޕްރަގްރާމްތަކަށް ހުރިހާ ރަށަކުން ވެސް ބޮޑު ތަރުހީބެއް ލިބެމުން ދެ އެވެ.

މަންފާ އެކަޑަމީގެ އެގްޒެކްޓިން ކޮމެޓީގެ ބައްދަލްވުމެއް ކުރިއަށް ދަނީ 

އަދި ވަރަށް ގިނަ ރަށްރަށުން މަންފާއަށް ވަނީ ރިކްއެެސްްޓްތައް ލިބިފަ އެވެ. އަންނަ އަހަރުގެ ފެށުމާއި ހަމައަށްވެސް މިހާރު އޮތީ ފުލްކޮށެވެ.

ދިވެހީންގެ ވަރަށް ލޯބްތަކާއި އިހްތިރާމެއް އޮތް އަލީ ރަމީޒު ގެންދަނީ ދައުވަތުގެ މައިދާނުގައި ވަަރަށް މުހިންމު ދައުރެއް އަދާ ކުރަމުންނެވެ. އެ މަސައްކަތަށް ވިހި އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.
02 Aug 2026
އަމާން ޓަވަރުތައް ކައިރިން ކުނި ނަގަން 13.5 މިލިއަން ރުފިޔާ ހަރަދުވެއްޖެ
އެފްޑީސީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަމާން ޓަވަރުތަކުގެ އާއްމު ސަރަހައްދުތަކުން މިހާތަނަށް ޖުމްލަ 5,040 ޓަނުގެ ކުނި ވަނީ ނައްތާލެވިފައެވެ. މީގެ ތެރޭގައި ހިމެނެނީ އޮކްޓޯބަރު 2025 އިން މާރިޗު 2026 އަށް ނައްތާލެވުނު 3,178 ޓަނުގެ ކުނި އަދި މޭ 2026 އިން ޖޫން 2026 އަށް ނައްތާލެވުނު 1,862 ޓަނުގެ ކުނިއެވެ. އެފްޑީސީން ފާހަގަކުރި ގޮތުގައި އެއް ޓަނުގެ ކުނީގެ މިންވަރަކީ ގާތްގަނޑަކަށް 133 ކޮތަޅު ކުންޏެވެ.
02 Aug 2026
ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި
ލަކުޑި ޖެޓީއަށް ގެއްލުން ލިބުނު ހާދިސާއާ ގުޅިގެން، އެ ޖެޓީގެ ސްޓްރަކްޗަރަ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހެންކަމުން އެ ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ޖެޓީގެ އުތުރު ފާލަން ވަނީ މަރާމާތުގެ މަސައްކަތަށް ވަގުތީގޮތުން ބަންދުކުރެވިފައެވެ.
02 Aug 2026
ގެއްލުނު ދަރިފުޅު ފެނުނީ އިސްރާއީލު ސިފައިން އާންމުކުރި ފޮޓޯއަކުން
ފާއިތުވި 21 މަސްދުވަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ފަލަސްތީނުގެ ޒުވާނަކު، އިސްރާއީލު ސިފައިންގެ މީހަކު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކުން އޭނާގެ އާއިލާއަށް ފެނިއްޖެއެވެ.
02 Aug 2026
ޢުމްރާއިން އެނބުރި އަންނަ މީހުން ބަލިތަކުން ރައްކާތެރިވުމަށް
ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން، އަރިދަފުސް ރޯގާ އާއި ވައިރަލް ހުމުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
02 Aug 2026
ޖޫސްޕެޓީ ކޮތަޅަކަށް މަސްތުވާތަކެތި އަޅައިގެން އުޅެނިކޮށް ހައްޔަރު ކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުދަރެސް / ތ. ދިޔަމިގިލި، ރާޝިދު ޢަބްދުލްމަޖީދު (26އ) އެވެ.
02 Aug 2026
މީގެ 40 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި
ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.
02 Aug 2026
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.