ސަރުކާރުން މާލޭގައި ތަރައްގީކުރި ފުރަތަމަ "ޒުވާނުންގެ ވެހި" ހުޅުވުން --
ހަބަރު
20 Nov 2025 | 18:27
މުލީއާގެ ގަރާޖު ޒުވާނުންނަށް، ޒުވާނުންގެ ވެހި ހުޅުވައިފި

ޒުވާނުންގެ ތާޑް ސްޕޭސް ނުވަތަ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކުރުވައި، މުޖުތަމައުގެ އެކި ފަރާތްތަކާއެކު އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ސަރުކާރުން މާލޭގައި ތަރައްގީކުރި ފުރަތަމަ "ޒުވާނުންގެ ވެހި" ހުޅުވައިފި އެވެ.

ލިލީމަގުގައި ހުންނަ، މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތާއި ގޯތި، ޒުވާނުންގެ ވެހީގެ ގޮތުގައި ތަރައްގީކޮށް ރަސްމީކޮށް އެތަން ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، އެވެ.

ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކަން ކުރިއެރުވުމަށް ފުރުސަތު ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅުތަކާ އެއްގޮތަށް، ގިނަ ފުރުސަތުތަކެއް ޒުވާނުންގެ ވެހިން ލިބެން ހުންނާނެ އެވެ. އެގޮތުން ކުރެހުންތެރިންނަށް ހާއްސަ ސަރަހައްދަކާއި، މިއުޒިކް ރެކޯޑިންގްއަށް ހާއްސަ ސަރަހައްދެއްގެ އިތުރުން، ހާއްސަ އިސްކަމެއްދެއްވައިގެން، ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ހިންގޭ ހެޕިނަސް ލައުންޖުގެ ހިދުމަތްތައް ވެ އެވެ. މީގެ އިތުރުންވެސް ޒުވާނުންނާ ގުޅުންހުރި ގިނަ ހިދުމަތްތަކަކާއި ފުރުސަތުތަކެއް، މި މަރުކަޒުން ލިބެން ހުންނާނެ އެވެ.

ސަރުކާރުން މާލޭގައި ތަރައްގީކުރި ފުރަތަމަ "ޒުވާނުންގެ ވެހި" ހުޅުވުން -- 

ޒުވާނުންގެ ވެހި ފަރުމާކޮށްފައި ވަނީ ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިވާގޮތަށް، ޒުވާނުންނާއި ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގަ އެވެ. މީގެ އިތުރުން، އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވާޗުއަލް ރިއަލިޓީ ޓްރެއިނިން، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ބޭއްވުމުގެ ފުރުސަތު ވެސް، ޒުވާނުންގެ ވެހިން ފަހިވެގެންދާނެ އެވެ. މުލިއާގޭ ވެހިކަލް ގަރާޖު ހުރި ސަރަހައްދަކީ ގިނަ ސްކޫލްތަކެއް ހުންނަ ސަރަހައްދަކަށްވާއިރު، އިތުރު ހަރަދަކާ ނުލައި، ސްޓޫޑަންޓް އައިޑީއާއެކު ޒުވާނުންގެ ވެހީގެ ސްޓަޑީ ހޯލްތަކުގެ ބޭނުން، ކިޔަވާ ކުދިންނަށްވެސް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފަ އެވެ.

ސަރުކާރުން މާލޭގައި ތަރައްގީކުރި ފުރަތަމަ "ޒުވާނުންގެ ވެހި" ހުޅުވުން -- 

ޒުވާނުންގެ ވެހި ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ މަރުކަޒު ބައްލަވާލައްވައި، އެކި ޚިދުމަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފަ އެވެ.

ސަރުކާރުން މާލޭގައި ތަރައްގީކުރި ފުރަތަމަ "ޒުވާނުންގެ ވެހި" ހުޅުވުން -- 

މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތާއި ގޯތި، މުޖުތަމައަށް ފައިދާހުރި ކަންތައްތަކެއް ކުރާ ތަނަކަށް ބަދަލުކުރުމަށް ނިންމަވައި، ޒުވާނުންނާ ގުޅޭ ހަރަކާތްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ޒުވާނުންގެ ތާޑް ސްޕޭސްގެ ގޮތުގައި އެ ސަރަހައްދު ތަރައްގީ ކުރެއްވުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
އެގްޒިމް ބޭންކުން ރާއްޖެއަށް ދޭން ނިންމި 506.58 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ބޭނުންކުރެވޭނެ
އެގްޒިމް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި މައި އެލް.އޯ.ސީގެ ދަށުން ފައިސާ ދޫކުރެވޭނީ މަޝްރޫޢުތައް ކަނޑައަޅައި، އެ މަޝްރޫޢުތަކަށް ވަކިވަކި ކްރެޑިޓް އެގްރީމަންޓްތަކެއްގައި ސޮއިކުރުމަށްފަހުގައެވެ.
24 Sep 2026
ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ.
24 Sep 2026
ކުރިއަލާ ވިސާ ނުނަގައި ދިވެހިންނަށް ބެލަރޫސްއަށް ދަތުރުކުރެވޭ އެއްބަސްވުމެއް ގާއިމްކޮށްފި
އަލަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، އެއް ފަހަރު ކުރާ ދަތުރެއްގައި 30 ދުވަހުގެ މުއްދަތަށް މަޑުކުރެވޭއިރު، ކަލަންޑަރު އަހަރެއްގެ ތެރޭގައި އެކި ފަހަރު މަތިން ޖުމްލަ 90 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ.
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
24 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް؛ ލައިސެންސް ނެތް ޒުވާނާ ހައްޔަރުކޮށްފި
އޭނާއަކީ ލައިސަންސް ނެތި ދުއްވައިގެން މިއަހަރުގެ ތެރޭގައިވެސް ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހިފަހައްޓައި، ޖޫރިމަނާކޮށްފައިވާ މީހެއްކަންވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
24 Sep 2026
ބްރިޖުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.