ރައީސް ޑރ.މުއިއްޒު
ހަބަރު
08 Jan 2026 | 21:45
މަސްދުވަހުގެ ތެރޭގައި 104 މަސާޖުޕާލާ ބަންދުކޮށްފިން: ރައީސް

ގަވާއިދާ ހިލާފަށް ހުއްދަނެތި ހިންގާ މަސާޖްޕާލާތައް ބަންދުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި 104 މަސާޖު ޕާލާއެއް ބަންދުކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި މިރޭ ޕީއެންސީ ޖަގަހަ ހުޅުވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި މުޖުތަމައުގައި ހުރި ނޭދެވޭ އެތައް ކަންތައްތަކެއް ރައްޔިތުންގެ ހިޔާލާ މަޝްވަރާއާއެކު ނައްތާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށެވެ.

އިސްލާމްދީނުގެ އުސޫލްތަކާ ހިލާފަށް އަދި ޤާނޫނީ އިމުން ބޭރުން ހިންގަމުންދާ މަސާޖްޕާލާތައް ބަންދުކުރުމަކީ އެކަމަށް ގިނަ އަދަދެއްގެ ރައްޔިތުންވެސް އެދެމުންދާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެފަދަ މަސާޖްޕާލާތައް ބަންދުކުރުމުގެ މަސައްކަތް ފެށިފަހުން މިވީ މަސްދުވަހުގެ ތެރޭގައި 104 މަސާޖުޕާލާ ބަންދުކުރެވިފައިވާކަމަށެވެ.

މިކަމަކީ މީގެ ކުރީ ސަރުކާރުތަކުންވެސް ކުރަން ފެށި ކަމެއްކަމަށާއި، އެހެންނަމަވެސް އެއްވެސްގޮތަކަށް އަމަލީސިފަ އައިސްފައިނުވާ ކަމެއްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ 104 މަސާޖުޕާލާ ހަމައެކަނި މާލެސިޓީން އެކަނި ބަންދުކޮށްފައިވާއިރު، މިއީ ވަރަށް ބޮޑު އަދަދެއް ކަމަށާއި، އެތަންތަން އެގޮތަށް ހިންގަމުން ގެންގޮސްފައިވަނީ އެކަން ކުރަން ފުރުސަތު އޮތުމުންކަމަށެވެ. 

ރައީސް ވިދާޅުވީ މުޖުތަމައުގައި ހުރި އެފަދަ ނުބައި ކަންކަން ނައްތާލުމުގެ ރޫހު އަށަގަންނަ ބަޔަކަށް އަޅުގަނޑުމެން އެންމެން ވާންޖެހޭކަމަށާއި، ޤައުމެއްގެ ކަންކަން އިސްލާހްވާނީ، އެ ޤައުމެއްގައި އުޅޭ ރައްޔިތުންގެ ހިތްތަކުގައި އެފަދަ ކަންކަން ރަނގަޅުކުރުމުގެ ރޫހު އަށަގަނެގެންކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ