ރީކޯ މޫސާ މަނިކު --
ހަބަރު
08 Jan 2026 | 16:01
ތަކްފީރު ކުރުމުގެ ފިކުރު ފެތުރުމުގެ ކުށަކަށް ރީކޯ އަރައިގެންފި، ފިޔަވަޅު އަޅައިދީ: އިލްމުވެރީންގެ ގުޅުން

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު, ދީނީ ޢިލްމުވެރިންނަށް ނިސްބަތްކޮށް ތަކްފީރު ކުރުމާއި، ނަފުރަތު އުފެއްދުމުގެ އަމަލު ހިންގާފައިވާތީ އެކަން ބަލައި ފިޔަވަޅު އަޅައިދޭން އިލްމުވެރީންގެ ގުޅުމުން އެދިއްޖެ އެވެ.

އެ ގުޅުމުން މިކަމަށް އެދިފައިވަނީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީނަށް ފޮނުއްވި ސިޓީއެއްގަ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ދީނީ ޢިލްމުވެރީންނަށް ނިސްބަތް ކުރައްވައި، އެއީ މުރުތައްދުވެފައިވާ ބައެއް ކަމަށް ރީކޯ މޫސަ ބުނެފައިވާ މައްސަލައަކީ ވަރަށް ނުރައްކާތެރި ހައްސާސީ މައްސަލައެއް ކަަމަށެވެ.

އޭނާގެ ވާހަކަތަކަކީ އޭގެ ސަބަބުން ދިވެހިރާއްޖޭގައި އިސްލާމްދީންނާއި ދިވެހީންގެ ދީނީ ވަޙްދަތު ނެގަހެއްޓެވުގައި އެންމެ ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރައްވަމުންދާ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާ މެދު ނަފުރަތު އުފެއްދުމަށް ޓަކައި ކޮށްފައިވާ ނޭއްގާނީ ދަށުދަރަޖައިގެ ނުރައްކާތެރި, ޒިންމާދާރުކަމެއް ނެތް ޢަމަލެއް ކަމުގައި ދެކޭ ކަމަށް ބުނެފައިވެ އެވެ.

"...އަދި އެކަމަކީ ޑރ. އަފްރާޝީމް ޢަލީ އެކޭ އެއްފަދައިން މިހާރު ތިއްބެވި ދަންނަބޭކަލުންގެ ފުރާނަ ވެސް ނުރައްކަލަށް ހުށައެޅިގެން ދާން ހުޅުވިގެން ގޮސްދާނެ ދޮރެއް ކަމަށް، ތިޔަބޭފުޅުންގެ ސަމާލުކަމަށް ގެންނަމެވެ,"

އެގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހަރުކަށި ފިކުރު ފެތުރުމާއި، މީހުންނަށް އަނިޔާވެރިވުމަށް ހިތްވަރު ލިބޭ ގޮތަށް ތަކްފީރު ކުރުމުގެ ފިކުރު ފެތުރުމުގެ ކުށަކަށް މޫސާ މަނިކު އަރައިގެންފައިވާ ކަމުގައި ދެކޭ ކަމުގައިވެސް ވަނީ ބުނެފަ އެވެ.

އަދި އޭނާ އެވަނީ، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން މަނާކޮށްފައިވާ، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ އަދި މީހުންގެ މެދުގައި ފިތުނަ އުފެދޭ ފަދަ ގޮތަށް ވާހަކަ ދައްކާފައި ކަމަށް އިލްމުވެރީންގެ ސިޓީގައިވެ އެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، މީހަކާ މެދު ނަފުރަތު އުފެއްދުމުގެ ގަސްތުގައި މީހަކީ މުރުތައްދެއް ކަމަށް އާންމު ތަނެއްގައި ތުހުމަތުކުރުމަކީ ކުށެއް ކަމުގައި ކަނޑައަޅާފައިވާ ގާނޫނާ ވެސް އޭނާ ހިލާފުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެން ކަމުން މޫސާ މަނިކާއި، އޭނާގެ ވާހަކަ ލައިވްކޮށް ބްރޯޑްކާސްޓް ކުރި ޗެނަލްގެ ޒިންމާވާ ފަރާތްތަކާ މެދު ތަހުގީގު ހިންގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދޭން އެދިފައިވެ އެވެ.

ކޮމެންޓް
ހުސޭނުބެ
މޫސައަކީ އަބަދުވެސް އިސްލާމްދީނަށް ހަޖޫޖަހާ ދީނަށް އުޅޭ މީހުނަށް މަލާމާތްކޮށް ހާރުވާ މީހެކެވެ. މިމީހުން އިސްލާމްދީނަށް އޮންނަ ނަފުރަތު ކެތްނުކުރެވިގެން ގިނަފަހަރަށް އޮންނަނީ ދުލުން ބޭރުވެފައެވެ.
08 Jan 2026
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ