ޕީއެންސީގެ ޖަގަހަ ރަސްމީކޮށް ހުޅުވުމުގެ ތެރެއިން-- ފޮޓޯ/ވޮއިސް
ހަބަރު
08 Jan 2026 | 22:04
ޕީޕަލް ނެޝަނަލް ކޮންގްރެސްގެ މައި އޮފީސްހުޅުވައިފި

ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕިއެންސީ) ގެ މައި އޮފީސް މިރޭ ހުޅޫވައިފިއެވެ.

ހ. ވެޔޮވިލާގައި ގާއިމްކުރި ޕީއެންސީގެ އޮފީސް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސްޑރ.މުހައްމަދު މުއިއްޒެވެ.

ޕީއެންސީގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ޕީއެންސީ ގެ މައި އޮފީސް ވެގެންދާނީ، ޑިމޮކްރަސީގެ ރީތި އުސޫލުން ސިޔާސީ ޕާޓީއެއް ޒިންމާދާރުކަމާއެކު ހިންގުމަށް މުހިންމު ވަސީލަތަކަށް ކަމަށެވެ.

ރައީސް ވިދާޅުވީ މިއީ ކުރެވިގެންދިޔަ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، ޕީއެންސީ އޮފީސް އިމާރާތުގެ ބޭނުންތެރިކަން ވަރަށްބޮޑުކަމަށެވެ.


"އާދެ މި ޕާޓީ ދުވަހެއް ދުވަހަކަށް ބޮޑުވެ، ހަރަކާތްތެރިކަން އިތުރުވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ދުވެލި ހަލުވިވެ ބާރު ސްޕީޑުގައި ގެންދިއުމުގައި މިއަދު މިތަނުގައި މިރޭ އަޅުގަނޑުމެން މި ހުޅުވި މައި އޮފީސް އިރާދަކުރެއްވިއްޔާ ވެގެންދާނީ ޑިމޮކްރަސީގެ ރިވެތި އުޞޫލުގެ މަތިން ސިޔާސީ ޕާޓީއެއް އެންމެ ފުރިހަމައަށް އެންމެ ޒިންމާދާރުކަމާއެކީގައި ހިންގުމަށްޓަކައި ބޭނުންކުރެވިގެންދާނެ މުހިއްމު ވަސީލަތެއްގެ ގޮތުގައި"

 ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މި ހަފްލާގައި ވާހަކަދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވެސް ވިދާޅުވީ މި ޖަގަހައާއިއެކު އެ ޕާޓީގެ މެންބަރުންގެ ހަރަކާތްތަކަށް އިތުރު ހިތްވަރަކާއި ފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ. 

ހެންވޭރު އާޓިފިޝަލް ބީޗްކައިރި ހުޅުވި ޕީއެންސީ އޮފީސް އިމާރާތް ހަދައިފައިވަނީ 4 ފަންގިފިލާއަށެވެ. އެ ޕާޓީގެ އޮޮފީސް މީގެ ކުރިން ހިންގީ ހ. ސީޓްރެކްގެ ހަތްވަނަ ފްލޯގަ އެވެ.

ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ޕާޓިީއެވެ. އެގޮތުން އެޕާޓީގައި މިވަގުތު 74،000 އަށް ވުރެ ގިނަ މެމްބަރުން އެބަތިބިކަމަށް ފަލާހް ވަނީ މިރޭ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ