ޓިކްޓޮކްގައި މަޝްހޫރުވި އަމްޖޭ ކުއްލި ގޮތަކަށް ނިޔާވެއްޖެ

އަމްޖަދު --

ޓިކްޓޮކްގައި މަޝްހޫރުވި އަލީ އަމްޖަދު (އަމްޖޭ) ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވީ މީގެ ދޮޅުގަޑިއެއްހާއިރު ކުރީންނެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ މުދާ އުފުލާ ދޯންޏެއްގެ ކެޕްޓަނެއްގެ ގޮތުގަ އެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން ވޮއިސްއަށް ކިޔައިިދިން ގޮތުގައި މާލެއިން މުދާ ބަރުކޮށްގެން މިއަދު ދޯނި އޮތީ ފުރާ ގޮަަތަށެވެ. ނަމަވެސް ގަޑި ޖެހުނުއިރު ވެސް ދޯނި ނައްޓާނުލުމުން ދޯނީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒިފުން ގޮސް ބެލިއިރު އަމްޖަދު އޮތީ ވީލް ހައުސް ތެރެއަށް ވެއްޓިފަ އެވެ.

ށ. ފޯކައިދޫއަށް ނިސްބަތްވާ އަމްޖަދު, ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފަ އެވެ. އޭނާގެ ހަށިގަނޑު މިވަގުތު އޮތީ އައިޖީއެމްއެޗް ހޮސްޕިޓަލްގަ އެވެ.

ޓިކްޓިކްގައި ވަރަށް ގިނައިން ލައިވްތައް ޖައްސާ އަމްޖަދު ދިވެހީންގެ ތެރޭގައި މަޝްހޫރުވީ އެކި ލައިވްތަކުގައި އޭނާގެ ދިރިއުޅުމާއި ގުޅޭގޮތުން ދައްކަމުން ދިޔަ ވާހަކަތަކުގެ ސަބަބުންނެވެ. އޭގެ ފަހުން ޓިކްޓޮކްގައި މަޝްހޫރުވި އަންހެނަކާއި ކައިވެނިކުރުމުން އެ ދެ މީހުންގެ ވާހަކަ ވެސް ވަރަށް ބޮޑަށް ދެކެވުނެވެ.

ކޮމެންޓް