ރައީސް ޑރ.މުއިއްޒު ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުން.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
23 Nov 2025 | 22:03
ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށާނަން: ރައީސް

އަންނަ އަހަރުގެ ތެރޭގައި ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް ފެށިގެންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އަންނަ އަހަަރު ވިލިމާލޭގައި ފެށިގެންދާނޭ އެންމެ މުހިންމު މަޝްރޫޢުއަކީ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ކަމަށެވެ. ރައީސް ވިދާޅުވީ މުޅި ރާއްޖޭގައި ޒުވާނުނަށް ކުޅިވަރުގެ އިންފްރާސްތަކްޗަރތައް ގާއިމްކޮށްދިނުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށާއި، އެ ސިޔާސަތުގެ ދަށުން ވިލިމާލޭގައި މިހާބޮޑު އާބާދީއެއް އޮންނައިރު ކަންކަން ބިނާވެފައި އޮންނަން ޖެހޭނީ އެ ބީދައިންކަމަށެވެ.

ރައީސް ވިދާޅުވީ ވިލިމާލޭގައި ތަރައްޤީކުރާ ސްޕޯޓްސް ކޮމްޕްލެކްސްގައި 1200 މީހުންނަށް ކުޅިބަލަން ތިބެވޭނެ ކަމަށާއި، އެތަން ފަރުމާކުރާނީ އެކިކަހަލަ އިންޑޯ ކުޅިވަރުތައް ކުޅެވޭ ގޮތަށްކަމަށެވެ.

އޭގެ އިތުރަށް މިހާރު އޮތް ފުޓްބޯޅަދަނޑު ފީފާގެ ސްޓޭންޑަރޑަށް ގެންދިއުމަށްޓަކައި ރޮސްޓަމް އަދި ލައިޓިން ވަސީލަތްތައް ގާއިމްކުރުން އޮތީ ހަމަޖެހިފައި

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ

މީގެ އިތުރުން ރައީސް ވިދާޅުވީ ވިލިމާލޭ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރުމަށް ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން ވިލިމާލޭ ހޮސްޕިޓަލް ވަގުތީގޮތުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިއަދު ފެށުނުކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވިލިމާލޭގައި ޑޮލަރު އޭޓީއެމެއް ބެހެއްޓުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފްލެޓް އެޅުމުގެ މަސައްކަތްތައްވެސް ކުރިއަށްއޮތްތަނުގައި ކުރިއަށްގެންދާނޭކަމަށް ރައީސް ވަނީ މިރޭ ވިދާޅުވެފައެވެ. މާލެސިޓީއެކޭ އެއްހަމަޔަކުން ތަރައްޤީގެ ކަންކަން ވިލިމާލޭގައިވެސް ކުރިއަށްގެންދިއުމަކީ މި ސަރުކާރުގެ އަމާޒުކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.