ދިއްފުށީގައި އާކްއިން ކުރިޔަށްގެންދިޔަ ކޭމްޕުގެ ތެރެއިން -- ފޮޓޯ: އާކް/ފޭސްބުކް
ހަބަރު
24 Nov 2025 | 15:15
ކުޑަކުދިންގެ ދުވަހާއި ގުޅިގެން އާކް އިން ދިއްފުށީގައި ޚާއްސަ ކޭމްޕެއް ކުރިޔަށްގެންގޮސްފި

އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން، ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ.ދިއްފުށީގައި ޚާއްސަ ކޭމްޕެއް ކުރިޔަށްގެންގޮސްފިއެވެ.

ދިއްފުށި ކައުންސިލްއާއި އަލޯހާ އުފާ ޖަމިއްޔާއާއި ގުޅިގެން އެ ރަށުގައި އާކްއިން ބޭއްވީ "ޔަންގް އެކްސްޕްލޯރާ ކޭމްޕް"ގެ ނަމުގައި ބޭއްވި ކޭމްޕެކެވެ. ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި ތިމާވެއްޓަށް އިޙްތިރާމްކުރުމަށް އަމާޒުކޮށްގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ގްރޭޑް 1-10ގެ 100 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާ ކަމަށް އާކްއިން މައުލޫމާތުދެއެވެ.

އާކް އިން ބުނި ގޮތުގައި އެ ކޭމްޕުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމާއި، އެކި އިޙްސާސްތަކާ ކުރިމަތިލާނެ ގޮތްތައް ދަސްކޮށްދިނުމެވެ.

މިގޮތުން، ވާހަކަފޮތް ކިޔައިދިނުމުގެ ތެރެއިން ރުޅިވެރިކަމާއި، ލަދުވެތިކަމާއި، ކަންބޮޑުވުން އަދި ހާސްވުންފަދަ އިޙްސާސްތައް ދެނެގަނެ، އެ އިޙްސާސްތަކާއި ކުރިމަތިލާނެ ގޮތްތައް ކިޔައިދިނުމުގެ ސެޝަންތައް ކުރިއަށް ގެންދިޔަ ކަމަށް އާކްއިން ބުންޏެވެ.

ދިއްފުށީގައި އާކްއިން ކުރިޔަށްގެންދިޔަ ކޭމްޕުގެ ތެރެއިން -- ފޮޓޯ: އާކް/ފޭސްބުކް

އަދި "އެކްސްޕްރެސިން އިމޯޝަންސް ތްރޫ އާޓް ވޯކްޝޮޕްގެ" ތެރެއިން ކުދިންގެ އެކިކަހަލަ އިޙްސާސްތައް ދެނެގަނެ، ކުރެހުމުގެ ތެރެއިން އެ އިޙްސާސްތައް ފާޅުކުރުމަށް ދަސްކޮށްދެވުނުކަމަށާއި، އޭގެ އިތުރަށް މައިންޑްފުލް މޫވްމަންޓް ސެޝަންތަކުގެ ތެރެއިން ކުދިން ނުތަވަނަވަސްވެ ހާސްވާ ވަގުތުތަކުގައި، ހަމަޖެހުން ގެނައުމަށްޓަކައި ފުންކޮށް ނޭވާލުމާއި ގްރައުންޑިންގް ޓެކްނިކްސް ކިޔާދެވުނު ކަމަށް ވެސް އާކްއިން ބުންޏެވެ.

އަދި ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ސިއްޙަތަށް ފައިދާހުރި ކާނާ ތައްޔާރުކުރުމުގެ ހުނަރު ދަސްކޮށްދޭ ސެޝަންތައް ވެސް ކުރިއަށް ގެންދިޔަ ކަމަށް އާކްއިން ބުންޏެވެ.

އެ ކޭމްޕުގެ ތެރެއިން ތިމާވެއްޓާ ގުޅުންހުރި ހަރަކާތްތަކެއް ވެސް ވަނީ ކުރިޔަށްގެންގޮސްފައެވެ. އެގޮތުން ޕްލާސްޓިކް ޕޮލިއުޝަންއާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް ޚާއްސަ ހަރަކާތްތަކެއް ކުރިޔަށްގެންދިޔައިރު، މައިކްރޯ ޕްލާސްޓިކްއަށް އަހުލުވެރިކުރުމަށް ނަޑަލް ހަންޓް ހަރަކާތްތަކެއް ވަނީ ކުރިޔަށްގެންގޮސްފައެވެ.

އަދި ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގައިފައިވާއިރު، އެ ހަރަކާތުގައި ދަރިވަރުން ވަނީ އާންމު ކުންޏާއި، ޕްލާސްޓިކް ވަކިކޮށް، 30 އަށްވުރެ ގިނަ ކޮތަޅުގެ ކުނި އެއްކޮށްފައެވެ. މި ހަރަކާތުގެ ތެރެއިން ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރާއި، ކުނި މެނޭޖުކުރުމުގެ މުހިންމުކަން ދަރިވަރުންނަށް ކިޔައިދީފައިވާ ކަމަށް ވެސް އާކްއިން ބުންޏެވެ.

މީގެ އިތުރުން، ކުދިންނަށް ފަރުތަކާއި ފަޅުތައް ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައުލޫމާތު ދިނުމުގެ އިތުރުން ފީނުމުގެ ހަރަކާތްތަކެއް ވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މި ކޭމްޕް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށް ދިއްފުށީ ކައުންސިލް އިދާރާއާއި، ދިއްފުށީ ހެލްތް ސެންޓަރާއި، ފެސިލިޓޭޓަރުނާއި، ވޮލަންޓިޔަރުންނާއި ބެލެނިވެރިން ދެއްވި އެއްބާރުލުމަށްޓަކައި އާކްގެ ޓީމްގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.